19 Mar 2017, 10:42
ކ. ހިންމަފުށީ ދެ ގެއެއްގެ ދޮރަށްވަޒަންއެރި މައްސަލައިގެ ހަގީގަތް އަދިވެސް ނޭނގޭތީ އެރަށު ރައްޔިތުން ކަންބޮޑުވާ ކަމަށް ކައުންސިލްއިން ބުނެފި އެވެ.
ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ސަން އަށް މިއަދު ވިދާޅުވީ މިއަހަރު ކުރީކޮޅު އެ ރަށު ގެއެއްގެ ދޮރަށް އަރާފައި އިންދާ ފެނުނު ވަޒަނާއި ގުޅޭ ގޮތުން ތަހުގީގީ އިދާރާއަކުން އެއްވެސް އެއްޗެއް ހާމަނުކުރާ ކަމަށެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ގެއެއްގެ ދޮރަށް އެރިވަޒަނަކީ ސިފައިން ތަމްރީނުހަދާ ރަށް ގިރިފުށިން އައިވަޒަނެއްކަމަށް ސިފައިން ބުނިކަމަށް ޝާން ކުރިން ވިދާޅުވި އެވެ. ނަމަވެސް އެމްއެންޑީއެފްއިން އެކަން ދޮގުކުރެ އެވެ.

ހިންމަފުށީ ލިލީނައިޓް ގޭގެ ކުޑަދޮރަށް ވަޒަނެއް އަރާފައި ---
ސިފައިންނާއި ފުލުހުން ވެސް ބުނީ އެވަޒަނުގެ ތަހުގީގާއި ގުޅޭ ގޮތުން އެއްޗެއް ހާމަކުރެވެން ނެތް ކަމަށެވެ.
ހިންމަފުށީ ދެ ގެއެއްގެ ދޮރަށް ވަޒަން އަރާފައިވާއިރު އެ ރަށު މީހުން ބުނަނީ އެއީ އެ ރަށް ކައިރި އޮންނަ ސިފައިން ތަމްރީނު ހަދާ ރަށް ކަމަށްވާގިރިފުށިންއަންނަ ވަޒަންތަކެއް ކަމަށެވެ. ނަމަވެސް ސިފައިން އެކަން ދޮގުކުރެ އެވެ.
ދެން އޮތީ އެ ރަށުގައި ހަތިޔާރު ގެންގުޅެނީތޯ ކުރެވޭ ސުވާލެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން ވަނީ އެރަށުގައި ހަތިޔާރު ނުގެންގުޅޭކަން "ސަން"އަށް ކަށަވަރުކޮށްދީފަ އެވެ.