ވޯލްޑް ކަޕް ކޮލިފައިންގައި މި މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ކުޅެންޖެހޭ މެޗަށް ތައްޔާރުވާން އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ސްކޮޑުން ކެޕްޓަން އަލީ އަޝްފާގު )ދަގަނޑޭ( އާއި އިތުރު ކުޅުންތެރިޔަކު ބާކީކޮށް އިތުރު ދެކުޅުންތެރިޔަކު ސްކޮޑަށް ނަގައިފި އެވެ.

އެފްއޭއެމް އިން މިއަދު ބުނީ، ޓީމްގެ ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އާއި ވެލެންސިޔާގެ އާދަމް ޝާހިރުގެ ނަން އުނިކުރުމަށްފަހު، ސްކޮޑުގައި ނިއުގެ ޑިފެންޑަރު ސޮބާހް މުޙައްމަދު (ސޮބާ) އާއި މާޒިޔާގެ ގޯލްކީޕަރު އަހުމަދު އާތިފް (އާތީ) ސްކޮޑުގައި ހިމަނާފައިވާ ކަމަށެވެ.

އެ ދެ ކުޅުން ތެރިން ސްކޮޑުން ވަކިކުރީ އަނިޔާގެ މައްސަލަތަކެއް އެކުޅުން ތެރިންނަށް ދިމާވެފައި ވާތީ ކަމަށް ވެސް އެފްއޭއެމް އިން މިއަދު ބުންޏެވެ. އަދި އިންޑިޔާ މެޗަށް ނުކުންނަ ސްކޮޑަކީ އިރާނާ ދެކޮޅަށް ދިވެހި ގައުމީ ޓީމް ނުކުންނަ ސްކޮޑް ނޫން ކަމަށް ވެސް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

އެފްއޭއެމް އިން އިއްޔެ އިއުލާން ކުރި ސްކޮޑުގައި ނިއުގެ ތަޖުރިބާކާރު ފޯވަޑް އަހުމަދު ތޯރިގު (ޓޮމް) އާއި އެ ޓީމުގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) ވަނީ ހިމަނާފަ އެވެ.

މި މަހުގެ 10 ވަނަ ދުވަހު އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ދިވެހި ޓީމު ކުޅޭ މެޗަށް ނެގި 24 ކުޅުންތެރިންގެ ސްކޮޑް:
ވީބީ ސްޕޯޓްސް ކްލަބް:

1 އިމްރާން މުހައްމަދު، ގޯލްކީޕަރު

2 ޝަމްވީލް ގާސިމް (ބޮންޑާ)
3 އަބްދުﷲ ހަނީފް (ބެންޖޯ)
4 އަސްއަދު އަލީ (އަޑުބަރޭ)
5 ފައިރޫޒް އާދަމް
6 އަހުމަދު ސައީދު (އައްމަޓީ)
7 އިސްމާއިލް މުހައްމަދު (އިއްސޭ)
8 މުހައްމަދު އާރިފް (ބަކާ)

ވިކްޓަރީ ސްޕޯޓްސް ކްލަބް

1 މުހައްމަދު ޝިފާން (ކުޑައްޓޭ)
2 އިބްރާހިމް ފަޒީލް (އޮއްޕޮ)
3 މުހައްމަދު ފައިސަލް، ގޯލްކީޕަރު
4 ޝާފިއު އަހުމަދު (ޝާފީ)
5 މުހުތާރު ނަސީރު (ޓޫކިލޯ)

ނިއު ރޭޑިއަންޓް:

1 އަހުމަދު ތޯރިގް (ޓޮމް)
2 މުހައްމަދު ޖަމީލް (ޖަމްބޭ)
3 އިބްރާހިމް ޝިޔާމް (ދޮނާ)
4 އަލީ ފާސިރު (ސެންޓޭ)
5 އިބްރާހިމް ސޮބާހް މުޙައްމަދު (ސޮބާ)

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން:

1 މުހައްމަދު ޔަމާން ، ގޯލްކީޕަރު
2 މުހައްމަދު އުމެއިރު
3 އަކުރަމް އަބްދުލް ގަނީ
4 ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ)
5 އަހުމަދު އާތީ (އާތީ) ގޯލްކީޕަރު

ކްލަބް ވެލެންސިއާ:

1 އައްސަދު އަބްދުލް ގަނީ