ރީތީގެ ރާނީ އަދި ބޮލީވުޑުގެ ބަތަލާ އައިޝްވާރްޔާ ރާއި ބައްޗަންގެ ބައްޕަ މިއަދު މެންދުރު މަރުވެއްޖެ އެވެ.

އައިޝްވާރްޔާގެ ބައްޕަ ކްރިޝްނާރާޖް ރާއި މަރުވެފައި ވަނީ ސިއްހީ ހާލު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރި ފަހުން ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ކްރިޝްނާރާޖް މަރުވި އިރު އަންބަކާއި ދެކުދިން ދުނިޔޭގައި އެބަތިއްބެވެ.