03 Jul 2011, 12:17
އަލިފާން ފަރުބަދަތަކުން ނުކުންނަ ކާރބަން އަށްވުރެ އިންސާނުންގެ ހަށިތަކުން ބޭރުވާ ކަރބަންގެ މިންވަރު މާމަތި
އަލިފާން ފަރުބަދަތައް ގޮވަމުންދާ ދުވަސްވަރު އެފަރުބަދަތަކުން ނުކުންނަ ކާބަން އަށްވުރެ އިންސާނުންގެ ހަށިތަކުން ބޭރުވާ ކާބަންގެ މިންވަރު މާމަތިކަމަށް ސައެންސް ވެރިން ބުނެފި އެވެ.
އެމެރިކާގެ ސައެންސްވެރިން ކުރި ދިރާސާއަކުން ހާމަވިގޮތުގައި ދުނިޔޭގައިވާ ހުރިހާ އަލިފާން ފަރުބަދަތަކުން އެއްއަހަރު ދުވަހުގެ ތެރޭގައި ނުކުންނަ ކަރބަންއަށްވުރެ ތިން ދުވަހާއި ފަސްދުވަހުގެ ތެރޭގައި އިންސާނުންގެ ހަށިތަކުން ބޭރުވާ ކަރބަންގެ މިންވަރު މާ އިތުރެވެ.
މި ދިރާސާގައި ބައިވެރިވި، އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭ ގައި މަސައްކަތްކުރާ ސައެންސްވެރިއެއް ކަމަށްވާ ޓެރެންސް ގާލަޗް ވިދާޅުވިގޮތުގައި އަލިފާން ފަރުބަދަތައް ގޮވަމުންދާ ދުވަސްވަރު އެވްރެޖްކޮށް އެފަރުބަދަތަކުން ނުކުންނަނީ 0.13 ބިލިޔަން މެޓްރިކްޓަނާއި 0.44 މެޓްރިކް ޓަނާ ދެމެދުގެ މިންވަރެއްގެ ކަރބަން ޑޮއޮކްސައިޑެވެ.
ނަމަވެސް އިންސާނުންގެ ހަށިތަކުން އަހަރަކު އެވްރެޖްކޮށް 33 ބިލިޔަން މެޓްރިކް ޓަނާއި 37 ބިލިޔަން ބިލިޔަން މެޓްރިކް ޓަނުގެ ކާރބަން ޑައޮކްސައިޑް ނުކުންނަކަން އެމެރިކާގެ ސައެންސްވެރިންގެ ދިރާސާތަކުން ހާމަވެފައިވެއެވެ.
މިގޮތުން 2010 ވަނަ އަހަރު (ވޭތުވެދިޔަ އަހަރު) އިންސާނުންގެ ހަށިތަކުން 35 ބިލިޔަން މެޓްރިކް ޓަނުގެ ކާރބަން ޑޮއޮކްސައިޑް ނުކުމެފައިވާކަން ކަމާބެހޭ ދިރާސާއަކުން ހާމަވެފައިވާ ކަމަށް ޓެރެންސް ގާލަޗް އާ ޙަވަލާދީ ލައިފް ސައެންސް ވެބްސައިޓް ބުނެއެވެ. -- ޔޫބީއައި