ސުވައިން ފުލޫއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތުމަދު އިބްރާހިމް ބައްސަވަމުން ގެންދަވާ ބޭސްތަކަކީ އެސްޓީއޯ އިން ގަނެގެން ބައްސަވާ އެއްޗެހިތަކެއް ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

މިހާރު ހަލުވި ކަމާ އެކު ރޯގާ ފެތުރެމުންދާތީ ފާތުމަތު އިބްރާހިމް އިސްވެ ވަނީ ރޯގާއަށް ބޭނުންކުރާ ބޭހާއި މާސްކް ފަދަ ތަކެތި ބައްސަވަން ފައްޓަވައިފަ އެވެ. ދައުލަތުގެ އިމާރާތެއް ކަމަށްވާ މުލިއާގޭގައި އެ މަސައްކަތްކުރަނީ މަޖިލިސް މެމްބަރުންތަކެކެވެ.

ޕީޕީއެމްއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިފާއު(ބޮޗޭ) މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ބޭސް ހަދިޔާ ކުރަމުންދަނީ އެސްޓީއޯ އިން ގަނެގެން ކަމަށެވެ.

އެޓުވީޓާ އެކު ބޭހަށް ފައިސާ ދެއްކި ރަސީދު ބޮޗޭ ވަނީ ޓުވީޓުކޮށްފަ އެވެ. އެރަސީދުގައި ބުނާ ގޮތުން މިއަދު ފައިސާ ދެއްކި އެބޭސްތަކަށް 61،788 ރުފިޔާ ވަނީ ދައްކައިފަ އެވެ.

ގަނެފައިވާ ބޭސްތަކަކީ ޕެނަޑޯލް ސިރަޕާއި ޕެނަޑޯލް ގުޅަބޭހާއި ޕާމޯލް އެވެ.

ބާރު މިނެއްގައި ހުމެއް ރާއްޖޭގައި ފުތުރި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވަނީ ބާރުބޮޑުވެފަ އެވެ. މިހާތަނަށް 114 މީހަކަށް ސްވައިން ފުލޫ ޖެހިފައިވާ އިރު ދެ މީހަކު ވަނީ މަރުވެފަ އެވެ.