18 Mar 2017, 13:53
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ހިއްސާ ގަތުމަށް ޗައިނާގެ ޒޯންޝެން ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ޓީއެމްއޭއަކީ ރާއްޖޭގައި، އަދި މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ޚިދުމަތް ދޭ އެއާލައިނެވެ. އަދި 45 އެއާކްރާފްޓާ އެކު، މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓު އޮންނަނީ ޓީއެމްއޭގަ އެވެ. އެކުންފުއްޏަކީ އެމެރިކާގެ ބުލެކް ސުޓޯން އާއި ރާއްޖޭގެ ކާސާ ހޯލްޑިންގެ ސިއްހާ އޮންނަ ކުންފުންޏެކެވެ.
ޗައިނާ ޑެއިލީގައި ބުނެފައި ވަނީ ޖަނަރޭޓަރާއި އިންޖީނު އުފައްދާ ޒޯންޝެން ކުންފުނިން ބޭނުންވަނީ ދުނިޔޭގެ އެންމެ ފުޅާ ސީޕްލޭން ކުންފުނީގެ ހިއްސާގަތުމަށް ކަމަށާއި އެކަމަށް އެތައް ބިލިއަން ޔުއާންއެއް ހަރަދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެކުންފުނިން ހުށައެޅީ ކިތައް ޕަސެންޓް ހިއްސާ ގަތުމަށް ކަމެއް ނޫހުގައެއް ނުބުނެ އެވެ.
އެމެރިކާގެ ކެންމޯ އެއާލައިންގެ ހިއްސާ ވެސް ގަންނަން އެކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.