ސޮނީ ބްރޭންޑްތައް ރާއްޖެ އެތެރެކުރާ ރީފްސައިޑުން ސޮނީ "އިންޓަނެޓް ޓީވީ" ރާއްޖެއަށް ތައާރަފް ކޮށްފި އެވެ. މިދިއަ ބުރާސްފަތި ދުވަހު ރީފް ސައިޑްގެ ސޮނީ އިންޓަނެޓް ޓީވީ ތައާރަފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު މުހަންމަދު ޝިހާބެވެ.

ރީފްސައިޑުން ސޮނީ އިންޓަނެޓް ޓީވީ ރާއްޖެއަށް ތައާރަފް ކުރީ ސިންގަޕޫރުގައި ހުންނަ ސޮނީ ކުންފުޏާއި ރާއްޖޭގެ މީޑީއާ ނެޓާއި އިންޓެނެޓްގެ ހިދުމަށް ދޭ ރާއްޖެ އޮންލައިނާ ގުޅިގެނެވެ.

ރީފްސައިޑްގެ އެޑްވަޓައިޒިން މެނޭޖާ އިސްމާއިލް އާދިލް ވިދާޅުވި ގޮތުގައި ކޭބަލް ގުޅައިގެންނާއި ވައިފައި ބޭނުން ކޮށްގެން ސޮނީ ޓީވީން އިންޓަނެޓް ބޭނުން ކުރެވޭނެ ކަމަށާއި އައިފޯނާއި އައިޕެޑް ފަދަ ފޯނުތަކުން އިންޓަނެޓަށް ވަނުމަށްފަހު ވެސް މި ޓީވީ އާއި ގުޅާލެވޭނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ސޮނީ އިންޓެނެޓް ޓީވީގެ ސަބަބުން އާންމުނަ ގިނަގުނަ ފަސޭހަ ތަކެއްވެގެން އަންނާނެ ކަމަށެވެ.