ފެނަކަ ކޯޕަރޭޝަނުގެެ މުވައްޒަފުންގެ މުސާރަ ކުޑަކުރާ ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށް އެކުންފިނިން ބުނެފި އެވެ.

ފެނަކައިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ބައެއް މުވައްޒަފުން ވަކިކުރުމަށް ފެނަކައިގެ ބޯޑުން މަސައްކަތް ފަށާފައިވާ ކަމަށް ބުނެ ގެނެސްދީފައި ވަނީ ތެދު ޚަބަރެއް ނޫން ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، އެގޮތަށް ފަތުރާފައިވާ ޚަބަރަކީ މުވައްޒަފުންގެ މެދުގައި ކުންފުންޏާ މެދު ނުތަނަވަސްކަން އުފެދޭ ލިޔުމެއް ކަމަށެވެ. އަދި އެ ލިޔުމުގެ ސަބަބުން ކުންފުނި ބަދުނާމު ވެގެން ގޮސްފައިވާ ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

އެފަދަ މައުލޫމާތެއް މީޑިއާއަކުން ގެންނަ އިރު، އެ ގެނެސްދޭ މައުލުމާތަކީ ސައްހަ މައުލޫމާތެއްކަން ކަށަވަރު ކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.