17 Mar 2017, 10:04
ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން އޭޝިއަން ކަޕްގެ ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ނުކުންނަ ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑު އިއުލާންކޮށްފިއެވެ.
އަލަށް ޓީމުން ޖާގަދިން ޒުވާން ކުޅުންތެރިންގެ ތެރޭގައި ޓީސީ ސްޕޯޓްސް ކްލަބުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ)އާއި، ކްލަބު އީގަލްސްގެ ރިހާމް އަބްދުލްޣަނީ (ބޮބީ) އަދި ކްލަބު ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފް ހިމެނެއެވެ.
މިމަހުގެ 28 ވަނަ ދުވަހު ރާއްޖޭގައި ކުޅޭ އެ މެޗަށް ނެގި ގައުމީ ޓީމުގެ ސްކޮޑުން ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ފައިނަލުގައި ޓީސީއަށް މޮޅު ކުޅުމެއް ދެއްކި މުހައްމަދު އައްޒާމްއާއި މާލޭ ލީގުގައި ގްރީން ސްޓްރީޓްސްއަށް ރަނގަޅު ކުޅުމެއް ދައްކަމުންދާ އަހްމަދު ނިޒާމް (ނިޒާމްބެ)އަށް ފުރުސަތުދިން އިރު، ގައުމީ ޓީމުގައި ކުރިން ވެސް ހިމެނުނު ޒުވާން ކުޅުންތެރިންތަކަކަށްވެސް ޓީމުން ޖާގަ ދީފައިވެއެވެ.
ގައުމީ ކޯޗު ޑަރެން ސްޓެވާޓް ނެގި ގައުމީ ސްކޮޑުގައި އެންމެ ގިނައީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކުޅުންތެރިންނެވެ. އެ ކްލަބުގެ ނުވަ ކުޅުންތެރިންނަށް ޖާގަދީފައިވާއިރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހަތަރު ކުޅުންތެރިޔަކަށް ޖާގަ ދީފައިވެއެވެ. ދެން ސްކޮޑުގައި ހިމެނެނީ ޓީސީގެ ތިން ކުޅުންތެރިންނާއި، ކްލަބު ވެލެންސިއާގެ ތިން ކުޅުންތެރިންނާއި، އީގަލްސްގެ ތިން ކުޅުންތެރިންނާއި، ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ދެ ކުޅުންތެރިން އަދި ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިންނެވެ.
މާޒިޔާ
އަމްދާން އަލީ (އެންޑީ)
- އަހްމަދު އިމާޒް (އާއްކޮ)
- އަސަދުﷲ އަބްދުﷲ (އަސައްކޮ)
- އަސްހަދު އަލީ (އަޑުބަރޭ)
- މުހައްމަދު އުމައިރު
- ޔަސްފާދު ހަބީބު (މުލަކޭ)
- ގާސިމް ސައްމާމް (ސައްމޭ)
- ސަމޫހު އަލީ (ސަމުއްޓޭ)
- ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)
ޓީސީ
މުހައްމަދު އައްޒާމް
- ހަސަން ނާއިޒް (ދާދު)
- އިބްރާހިމް ވަހީދު ހަސަން (އިއްބެ)
ވެލެންސިއާ
ޝާފިއު އަހްމަދު (ޝާފީ)
- މުހައްމަދު ފައިސަލް – ގޯލްކީޕަރު
- ހިސާމް ސަލީމް
އީގަލްސް
އިމްރާން ނަޝީދު
- އަހްމަދު ޒާދު
- ރިހާމް އަބްދުލްޣަނީ (ބޮބީ)
ވިކްޓަރީ
މުހައްމަދު އިމްރާން – ގޯލްކީޕަރު
- އިސްމާއިލް އީސާ (މެސީ)
ނިއު ރޭޑިއަންޓް
ހަމްޒާ މުހައްމަދު (ހަމްޕު)
- މުހައްމަދު ރަޝީދު (ހޮކޭ)
- އަލީ ފާސިރު (ސެންޓޭ)
- އަހްމަދު އަބްދުﷲ (ލިލީ)
ގްރީން ސްޓްރީޓްސް
މުހައްމަދު ސާއިފް
- އަހްމަދު ނިޒާމް (ނިޒާމްބެ)