16 Mar 2017, 15:29
ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ އިންފުލުއެންޒާ ރޯގާ ފެތުރެމުންދާތީ، މާލޭގެ އެކި ސަރަހައްދުތަކުން ފުލޫ ކުލިނިކުގެ ހިދުމަތް ދިނުމަށް އޭޑީކޭ މޯބައިލް ފުލޫ ކުލިނިކް ތައާރަފްކޮށްފި އެވެ.
މާލޭގައި ހުންނަ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ އިން މިހާރު ވެސް ގެންދަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ސައިންސްގައި ވެސް ފުލޫ ކުލިނިކެއް ހުޅުވައި ހިދުމަތް ދެމުންނެވެ.
އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނީ، އެ ހޮސްޕިޓަލްގެ މޯބައިލް ފުލޫ ކުލިނިކުގެ ހިދުމަތް މިއަދު ދެ ތަނުން ދޭނެ ކަމަށެވެ.
އެގޮތުން މިއަދު ހަވީރު 4:00 އިން 6:00 އަށް މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލުން ފަރުވާ ދޭން ހަމަޖެހިފައިވާ އިރު، ރޭގަނޑު 8:00 އިން 10:00 އެ ހިދުމަތް ލިބޭނީ ލޯކަލް މާރުކޭޓުންނެވެ.
އެ ހޮސްޕިޓަލުން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ހިދުމަތް ދޭނެ ތަންތަނާއި ވަގުތުތައް ހާމަކުރާނެ ކަމަށެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް ސައިންސް ސޯސަން މަގުގައި ހުންނަ އޭޑީކޭ ފުލޫ ކުލިނިކުން ހިލޭ ޑޮކްޓަރަށް ދެއްކޭ އިރު، އިއްޔެ އެކަނި ވެސް އޭޑީކޭ އިން ވަނީ 254 މީހުންނަށް ފަރުވާ ދީފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިހާތަނަށް އިންފުލުއެންޒާއަށް 335 މީހަކު ވަނީ ޓެސްޓުކޮށްފަ އެވެ. އަދި އިއްޔެގެ ނިޔަލަށް އަށް އަރާފައިވާ ކަމަށް އެ އޭޖެންސީން ބުނެ އެވެ.