16 Mar 2017, 15:22
މިޑްޓާމް ބަންދާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ނަގާފައި ހުރި ޓިކެޓްތައް ބައެއް ފަރާތްތަކުން ކެންސަލް ކުރަމުން އަންނަ ކަމަށް އެއެއާލައިން އިން ބުނެފި އެވެ.
ހެލްތު ޕުރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވަނީ މިހާރު ފެތުރޭ ރޯގާ އިތުރަށް ފެތުރުނަ ނުދިނުމަށް ޓަކައި އެއްތަނުން އަނެއް ތަނަށް ދަތުރު ނުކުރުމަށާއި ގޭގައި ތިބުމަށް އިލްތިމާސްކޮށްފަ އެވެ.
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު "ސަން" އަށް ވިދާޅުވީ، މިފަހަރު ޗުއްޓީއާއި ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ޓިކެޓު ނެގި ކަމަށާއި އޭގެ ތެރެއިން ބައެއް ފަރާތްތަކުން މިހާރު ޓިކެޓް ކެންސަލް ކުރަމުން އަންނަ ކަމަށެވެ.
"ބައެއް ޑޮމެސްޓިކް ދަތުރުތަކުން ބައެއް ފަރާތްތަކުން ދަތުރު ކެންސަލް އެބަކުރޭ، ބައެއް ފަރާތްތަކުން ދަނީ ރީފަންޑަށްވެސް އެދެމުން،" ނަޝާތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޮމެސްޓިކް ދަތުރުތައް ކެންސަލް ކުރިނަމަވެސް ޓުރިވަންޑުރަމްއަށް ކުރާ ދަތުރުތަކުގެ ބާރު ވަރަށް ބޮޑު ކަމަށެވެ.
މޯލްޑިވިއަންގެ ކެބިން ކުރޫއިން މާސްކް އަަޅައިގެން ހިދުމަތްދޭއިރު ފުލައިޓުން ދަތުރުކުރާ ބަލި މީހުންނަށް ވެސް މާސްކް އެޅުމަށް ދަނީ އަންގަމުންނެވެ.