ތައިލެންޑުގައި ކުރިއަށްދާ ގައުމީ ފިރިހެން ވޮލީ ޓީމުގެ ފަރިތަކަުރުންތައް ވަރަށް ކާމިޔާބު ކަމަށާއި ޓީމަށް ރަނގަޅު ކުރިއެރުމެއް އަންނަ ކަމަށް ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ބުނެފިއެވެ.

އަންނަ ބުދަ ދުވަހު ފަށާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ ޓީމުގެ ތަމްރީންތައް ކުރިއަށްދާ ގޮތާ މެދު ވާހަކަދައްކަމުން ޝަރަފް ބުނީ ތަމްރީންތައް ކުރިއަށް ދާ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށާއި ޓީމުގެ ފެންވަރު އެއް މެޗުން އަނެއް މެޗަށް ރަނަގަޅު ވަމުން އަންނަ ކަމަށެވެ.

ޝަރަފް ބުނީ މިފަހަރު ތައްޔާރު ވެނުނު މިންވަރާ އަޅައިބަލާއިރު ކާމިޔާބީ ނުހޯދެންވީ ސަބަބެއް ނެތް ކަމަށާއި މުބާރާތުގައި ވާދަ ކުރާ ޓީމުތަަކަކީ އެއްފެންވަރުގެ ޓީމު ތަކެއް ކަމަށެވެ. އަދި މީގެ ކުރިން ރާއްޖެ މި މުބާރާތުގެ ފައިނަލުގައި ދެފަަހަރު ކުޅެފައިވާއިރު އަމިއްލަ ގައުމުގައި ކުޅޭ މުބާރާތުން ރަނގަޅު ކާމިޔާބީއެއް ނުހޯދެންވީ ސަބަބެއް ނެތްކަމަށް، ރާއްޖެއަށް ފުރަތަމަ ރިހި މެޑަލް ހޯދައިދިން ކޯޗު ޝަރަފް ބުންޏެވެ.

އޭނާ ބުނީ އެންމެ މުހިއްމު އެއް ކަމަށްވާނީ ސަޕޯޓަރުންގެ ސަޕޯޓްކަމަށާއި ކުޅުންތެރިން ތިބީ މުބާރަތް ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފުރަތަަމަ މެޗުގައި އަންނަ ބުދަ ދުވަހު ބައްދަލުކުރާނީ ރާއްޖެއާ ކިރްގިސްތާނެވެ.

މުބާރާތުގެ ޝެޑިއުލް

  • 22 މާރިޗް 2017، ގަޑި 16:00 -ދިވެހިރާއްޖެ- ކިރްގިސްތާން
  • 23 މާރިޗް 2017، ގަޑި 16:00 - ނޭޕާލް - ތުރުކެމިނިސްތާން
  • 24 މާރިޗް 2017، ގަޑި 16:00 -ދިވެހިރާއްޖެ- ނޭޕާލް
  • 25 މާރިޗް 2017، ގަޑި 16:00 - ކިރްގިސްތާން- ތުރުކިމިނިސްތާން
  • 26 މާރިޗް 2017، ގަޑި 16:00 -ދިވެހިރާއްޖެ- ތުރުކެމިނިސްތާން
  • 27 މާރިޗް 2017، ގަޑި 16:00 - ކިރްގިސްތާން - ނޭޕާލް

އެ މުބާރާތުގެ ފައިނަލަށް އެއްކޮޅުން ދަތުރުު ކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެވެ. އަނެއް ކޮޅުން ފައިނަލުގައި ވާދަ ކުރާނެ ޓީމެއް ކަށަވަރު ވާނީ 2 ވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމާއި 3 ވަނަ އަށް އެންމެ ގޮނަ ޕޮއިންޓް ހޯދާ ޓީމު ކުޅެ މޮޅުވާޓީމެކެވެ. ފައިނަލު އޮންނާނީ މާރިޗް މަހުގެ 29ވަނަ ދުވަހުއެވެ.