16 Mar 2017, 12:52
ޓެންޒޭނިއާ (މާޗް 16): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެންޒޭނިއާގެ ރައީސް ޖޯން މަގުފޫލީއަށް ތައުރީފު ކުރެއްވި ކަމަށް ބުނެ ލިޔުނު ހަބަރަކާ ގުޅިގެން ޓެންޒޭނިއާގެ ނުވަ ނޫސްވެރިއަކު ސަސްޕެންޑުކޮށްފި އެވެ.
ޓެންޒޭނިއާގެ ފޮކްސް ޗެނަލް ކިޔާ ނޫހެއްގައި މިދިޔަ ހަފްތާ ތެރޭގައި ލިޔުނު ހަބަރެއްގައިވާ ގޮތުން ރައީސް ޓްރަމްޕް ވަނީ، އެފްރިކާގެ އެހެން ލީޑަރުންނާ އަޅާ ކިޔާ އިރު ރައީސް މަގުފޫލީ އަކީ 'އެފްރިކާގެ ބަތަލެއް' ކަމަށް ވިދާޅުވެފަ އެވެ.
އަދި ރައީސް މަގުފޫލީ ސަރުކާރު ހިންގަވާ ގޮތާއި ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާ ހަނގުރާމައަކީ ނަމޫނާއެއް ކަމަށް ބަލައި، އެފްރިކާގެ އެހެން ލީޑަރުން ވެސް އެގޮތަށް އަމަލު ކުރެއްވުމަށް ރައީސް ޓްރަމްޕް ގޮވާލެއްވި ކަމަށް ރިޕޯޓްކޮށްފަ އެވެ.
ޓެންޒޭނިއާ ބްރޯޑްކާސްޓިން ކޯޕަރޭޝަން (ޓީބީސީ) އިން ވަނީ ހަބަރެއް ލިޔާ އިރު އެއީ ތެދުކަން ޔަގީން ކުރަން ޖެހޭ ކަމަށާއި ފޮކްސް ޗެނަލް އިން އެ ހަބަރު ޝާއިއު ކުރުމުގައި އެޑިޓޯރިއަލް ޕްރޮސީޖާތަކަށް އަމަލު ނުކުރާ ކަމަށް ބުނެފަ އެވެ. (ބީބީސީ)