މިމަހުގެ 22 ވަނަ ދުވަހު މާލޭގައި ބާއްވާ އޭއެފްސީ މީޑިއާ ވޯކްޝޮޕްގައި ބައިވެރިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ކްލަބުތަކުން ހަބަރު ފޯރުކޮށް ދޭ ފަރާތްތަކާއި އާންމުންނަށް ވެސް ވަނީ ހުޅުވާލައިފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނީ، އެ ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން އެ އިދާރާއަށް ހުށަހެޅުން އެދޭ ކަމަށާއި އެ ވޯކްޝޮޕްގައި މައުލޫމާތުދޭނީ އޭއެފްސީގެ އިންސްޓްރަކްޓަރުން ކަމަށެވެ.

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީން ބާއްވާ އެ ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފޯމް އެފްއޭއެމް އިދާރާގެ ކައުންޓަރުން ރަސްމީ ގަޑީގައި ލިބެން ހުންނާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ. އެ އިދާރާގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

ވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކުގެ ފެންވަރު ނުވަތަ ޝަރުތު:

  1. ދިވެއްސަކަށްވުން.

  2. ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ މީހަކަށްވުން.
  3. އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އެނގުން (އެންމެ ދަށްވެގެން ގްރޭޑް އަށެއްގެ ފެންވަރު).