އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް "އައްޑޫ އިންވެސްޓާސް ފޯރަމް" ބާއްވާ ތާރީޚު ފަސްކޮށްފި އެވެ.

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޮމްޕެނީ އިން ބާއްވާ އެ ފޯރަމަކީ އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން އައްޑޫގެ މެދު ފަންތީގެ ޓޫރިޒަމަށް ބެޑް ކެޕޭސިޓީ އިތުރުކޮށް، ޓޫރިޒަމް ދާއިރާ ފުޅާކުރެވޭނެ ގޮތްތައް ފަހިކުރުމެވެ.

އެ ފޯރަމް ބާއަވްނަ ހަމަޖައްސާފައި ވަނީ އައްޑޫ ސިޓީ ގަމުގައި ހުންނަ އީކްއޭޓަ ވިލެޖްގައި އެވެ.

އެމްއައިޓީޑީސީން ބުނީ، އެ ފޯރަމްގައި ބައިވެރާ ފަރާތްތަކަށް، ފޯރަމް ފަސްކޮށްފައިވާކަން އަންގާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އަންގާފައިވާނެ ކަމަށާއި ފޯރަމް ފަސްކުރީ ބައިވެރިވާ ބައެއް ފަރާތްތައް އެދުވަހަށް ފްރީ ނުވާތީ ކަމަށެވެ. އެއާ އެކި އަދި ވަކި ތާރީޚެއް ފައިނަލް ނުވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

މި ފޯރަމްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ބައިވެރިވާނެ ކަމަށް އެމްއައިޓީޑީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ބޭންކުތަކާއި ޓޫރިޒަމް ދާއިރާގެ ހަރަކާތްތެރިވާ މީހުން ހިމެނެ އެވެ.