Last Updated:
9 year 8 month ago

އޭއެފްސީ ކަޕް (ފުލްޓައިމް): އަބަހާނީ 0-2 މާޒިޔާ

    ބުލޮގު ޚުލާސާ

    އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ދާކާ އަބަހާނީ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!

    މިއަދު ހަވީރު ބަނގްލަދޭޝްގެ ބަންގަބަންދު ސްޓޭޑިއަމްގައި ކުޅޭ އެ މެޗަށް ނުކުންނައިރު:

    • މެޗުގައި އެއްކޮޅުން ނުކުންނަ މާޒިޔާއަކީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން.

    • މާޒިޔާއާ ދެކޮޅަށް ނުކުންނަ އަބަހާނީއަކީ ބަންގާޅު ލީގުގެ ޗެމްޕިއަން.
    • މާޒިޔާއިން މެޗަށް ނުކުންނައިރު، އެޓީމު ވަނީ މިއަހަރު ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި މާލޭ ލީގުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެފައި.
    • މާޒިޔާއިން މާލޭ ލީގުގައި ކުޅުނު ދެ މެޗުގައި ވެސް އެޓީމު ކޮޅަށް އެއްވެސް ލަނޑެއް ވަދެފައެއް ނުވޭ.
    • މާލޭ ލީގުގައި މާޒިޔާއިން ވަނީ ކްލަބު އީގަލްސް އަދި ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފައި.
    • އޭއެފްސީ ކަޕަށް ތައްޔާރުވުމަށް އަބަހާނީ ވަނީ ބަނގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި ވާދަކޮށްފައި.
    • އެ މުބާރާތުގައި އަބަހާނީއަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައިނުވާއިރު، ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު އަތުން ބަލިވެފައިވޭ. ޓީސީއަކީ އެ މުބާރާތުގެ ޗެމްޕިއަން.
    • އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި މާޒިޔާއާއި އަބަހާނީގެ އިތުރުން ހިމެނެނީ އިންޑިއާގެ ލީގު ޗެމްޕިއަން އަދި މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ރަނަރަޕް ބެންގަލޫރު އެފްސީއާއި އިންޑިއާގެ ލީގު ރަނަރަޕް މޯހަން ބަގާން.
    19:02

    މެޗުގެ ކުޅުން ނިންމާލައިފި. މެޗުގެ ކުޅުން ނިމިގެންދިޔައީ، 2-0 ލަނޑުން މާޒިޔާ ކުރީގައި އޮވެގެން.

    19:01

    މާޒިޔާގެ ފަހު ބަދަލު. އުމައިރުގެ ބަދަލުގައި ކުޅެން ނުކުތީ ސައްމާމް ގާސިމް.

    19:00

    '+90- ރަކިޗް ދިން ބޯޅައަކުން އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަސައްކޮ ފޮނުވާލި ހަމަލާ، ކީޕަރު ސަހިދުލް މަތަކޮށްފި.

    18:59

    ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓްގެ ކުޅުން ދައްކައިފި.

    18:56

    މާޒިޔާއަށް އެލަނޑު ކާމިޔާބުކޮށްދިނީ އަސައްކޮ. އޭނާ އެލަނޑު ކާމިޔާބުކުރީ އަޑުބަރޭ ދިން ބޯޅައެއް ހިފައިގެން އަބަހާނީ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން.

    18:55

    '86-މާޒިޔާއިން އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފި.

    18:48

    '78- އަބަހާނީއަށް ލަނޑުޖަހާނެ ދެ ފުރުސަތެއް. ސޮހެލް ރަނާ ފޮނުވާލި ފުރަތަމަ ހަމަލާ، މާޒިޔާގެ ކުޅުންތެރިއެއް ގައިގައި ޖެހިފައި ބްލޮކްވިއިރު، ރީބައުންސް ބޯޅައިން އޭނާ އުފެއްދި ދެވަނަ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް.

    18:46

    '77- މާޒިޔާއަށް ރަނގަޅު ފުރުސަތެއް. އަސައްކޮ ދިން ބޯޅައަކުން އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުމައިރު ފޮނުވާލި ބާރު ހަމަލާ، ކީޕަރު ސަހިދުލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

    18:44

    '75- އަބަހާނީގެ އިތުރު ހަމަލާއެއް. މާޒިޔާ ޕެނަލްޓީ އޭރިޔާ ބޭރުން ރުބެލް މިއާ ފޮނުވާލި ހަމަލާ، މާޒިޔާގެ ޑިފެންޑަރެއް ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

    18:42

    '74- އަބަހާނީއަށް ރަނގަޅު ފުރުސަތެއް. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ސޮހެލް ރަނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.

    18:41

    '72- މާޒިޔާއަށް ހުސް ފުރުސަތެއް. އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، ބޮކުރީ ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު ސަހިދުލްގެ އަތަށް.

    18:41

    '71- މާޒިޔާގެ އިތުރު ބަދަލެއް. އާއްކޮގެ ބަދަލުގައި ކުޅެން ނުކުތީ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ).

    18:39

    '70- އަބަހާނީއަށް ފުރުސަތެއް. ހުރަހަކުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރި، އެމެކާ އޮނުއޮހާ ބޮލުގައި ރަނގަޅަށް ބޯޅަ ލައްވާލާފައެއް ނުވޭ.

    18:37

    '68- މާޒިޔާއިން ބަދަލެއް. ޔަސްފާދުގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު އިރުފާން (އިރޭ).

    18:36

    މާޒިޔާގެ ރަކިޗް ފޮނުވާލި ހިލޭ ޖެހުން އަބަހާނީގެ ކީޕަރު ސަހިދުލް ހޯދައިފި. އޭނާ ފޮނުވާލި ހަމަލާގައި ބާރެއް ނެތް.

    18:35

    '61- އަބަހާނީގެ ހާފްގެ ތެރެއިން އުމައިރުއަށް އެމޮން މަހްމޫދު ކުރި ފައުލާ ގުޅިގެން މާޒިޔާއަށް ހިލޭ ޖެހުމެއް.

    18:34

    '65- އަސައްކޮ ދިން ބޯޅައަކުން އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަންނަން ޔަސްފާދު މަސައްކަތްކުރަނިކޮށް، އޭނާ އަތުން އަބަހާނީގެ ޑިފެންޑަރެއް ބޯޅަ ހޯދައިފި.

    18:32

    ބޯޅަ ނެތިސް ޔަސްފާދުއަށް ހަމަލާ ދިނުމުން އަބަހާނީގެ ސޮހެލް ރަނާއަށް ރީނދޫ ކާޑެއް ދައްކައިފި.

    18:31

    '62-މާޒިޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް.އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުމައިރު ދިން ބޯޅައަކުން އާއްކޮ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް. އޭނާއަށް ބޯޅަ ލިބުނުއިރު، އަބަހާނީގެ ޕެނަލްޓީ އޭރިޔާތެރޭ ހުރީ ވަރަށް ހުސްކޮށް.

    18:30

    '60- މާޒިޔާގެ އުމައިރު ނަގައިދިން ކޯނަރު، އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ޑިފެންޑަރުން ދިފާއުކޮށްފި. މިވަގުތު ރަނގަޅަށް ކުޅެމުންދަނީ މާޒިޔާއިން.

    18:25

    ފަރުވާއަށް ފަހު މިހާރު ދަނޑަށް ނުކުމެ، އާއްކޮ ދަނީ ކުޅުމުގައި ބައިވެރިވަމުން.

    18:20

    '51- މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރުބެލް މިއާ ފޮނުވާލި ހަމަލާ، ކީޕަރު މަޓިއާޝް ފަސޭހަކަމާއެކު ހޯދައިފި. ރުބެލް ފޮނުވާލި ހަމަލާގައި ބާރެއް ވެސް ނެތް.

    18:19

    '50- އާއްކޮއަށް އަނިޔާވެގެން އިތުރު ފަރުވާއަށް ދަނޑުން ބާލައިފި.

    18:14

    މެޗުގެ ދެވަނަ ހާފްގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ މާޒިޔާއިން.

    17:59

    ފުރަތަމަ ހާފް:

    • މެޗުގެ ފަސްވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ހޯދައިދިނީ މުހައްމަދު އުމައިރު.

    • އެ ލަނޑަށްފަހު އަބަހާނީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދިޔަ ނަމަވެސް، މާޒިޔާގެ ޑިފެންސް ލައިން އަދި ކީޕަރު ޕަވެލް މަޓިއާޝްއަށް ނުރައްކާ ކުރެވިފައެއް ނުވޭ.
    • މެޗުގައި މާޒިޔާގެ ފޯވަޑް ލައިންގެ ނުރައްކަލާ ވެސް އަބަހާނީއަށް ކުރިމަތިލާން ޖެހުނު. އުމައިރުގެ ލަނޑަށްފަހު، މެޗުގައި މާޒިޔާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ އަސައްކޮއަށް ލިބުނު ފުރުސަތު. އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު ސަހިދުލް އަލަމްގެ އަތަށް.
    17:58

    މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ލަނޑުން މާޒިޔާ ކުރީގައި އޮވެގެން.

    17:57

    ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ގޮތުގައި އެއް މިނެޓްގެ ކުޅުން ދައްކައިފި.

    17:54

    '42- އުމައިރުއަށް އެމެކާ ކުރި ފައުލާ ގުޅިގެން އަބަހާނީގެ ހާފްގެ ތެރެއިން މާޒިޔާއަށް ހިލޭ ޖެހުމެއް. އުމައިރު ނަގައިދިން ހިލޭ ޖެހުމުން އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކޮވަސެވިޗް ޖައްސާލި ބޯޅަ، ކީޕަރު ސަހިދުލް ވަނީ ފަސޭހަކަމާއެކު ހޯދާފައި.

    17:53

    '40- އަސައްކޮއަށް ޔޫސުފް ސަމަދު ކުރި ފައުލާ ގުޅިގެން އަބަހާނީގެ ހާފްގެ ތެރެއިން މާޒިޔާއަށް ހިލޭ ޖެހުމެއް. އުމައިރު ނަގައިދިން ހިލޭ ޖެހުން އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއިން މާމުލް މިއާ، އެ ބޯޅަ ދިފާއުކޮށްފި.

    17:51

    '39- މާޒިޔާގެ ހާފްގެ ތެރެއިން ޔަސްފާދުއަށް އަބަހާނީގެ ރެއިހާން ކުރި ފައުލާ ގުޅިގެން މާޒިޔާއަށް ހިލޭ ޖެހުމެއް.

    17:50

    '37- މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް މާމުން މިއާ ނަގައިދޭން މަސައްކަތްކުރި ހުރަސް ގޯލްކިކްއަކަށް ބޭރުވެއްޖެ.

    17:49

    '36- އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އަސައްކޮ ނަގައިދިން ހުރަސް، ރަކިޗްއަށް ލިބުމުގެ ކުރިން އަބަހާނީގެ ޑިފެންޑަރެއް އެ ބޯޅަ ދިފާއުކޮށްފި.

    މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮވްސްކީ

    މަމިޗްއަށް އެނގޭނީ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން ކުރިން ދެއްކި ކުޅުން. އަހަރެން އުންމީދުކުރަނީ މެޗުގައި އޭރު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން މިހާރު ތަފާތު ކުޅުމެއް ދައްކާނެ ކަމަށް.
    17:44

    އަބަހާނީގެ ކޯޗަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ޑްރާގޯ މަމިޗް. އޭނާ ވަނީ ރާއްޖެއަށް އޭއެފްސީ ޗެލެންޖް ކަޕް 2014ގެ ތިންވަނަ ހޯދައިދީފައި. އޭނާ ގައުމީ ޓީމަށް އިރުޝާދު ދޭން ފެށީ 2014 ވަނަ އަހަރު. އޭނާ މަގާމުން ދުރުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި.

    17:41

    '29- އަބަހާނީއަށް ލިބުނު ކޯނަރުން ފައިސަލް ނަގައިދިން ހުރަސް، މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރު މަޓިއަޝް ހޯދައިފި. އަބަހާނީއަށް ލިބުނު ތިން ކޯނަރުން ވެސް އެޓީމަށް ނުރައްކާ ކުރެވިފައެއް ނުވޭ.

    17:39

    '26- އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އަސައްކޮ ނަގައިދިން ހުރަސް، އާއްކޮއަށް ލިބުމުގެ ކުރިން ކީޕަރު ސަހިދުލް އެ ބޯޅަ ހޯދައިފި.

    17:38

    މެޗުގައި އަބަހާނީން އަރިމަތިން ގިނަ ހުރަސްތަކެއް ނަގަމުންދިޔަ ނަމަވެސް، އަބަހާނީއަށް އެ ހުރަސްތަކުން މާޒިޔާގެ ގޯލަށް ނުރައްކާކުރެވިފައެއް ނުވޭ.

    17:36

    24'މާޒިޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް.އުމައިރު ދިން ބޯޅައަކުން އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަރިމަތިން އަސައްކޮ ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު ސަހިދުލް އަލަމްގެ އަތަށް.

    17:35

    '23- މާޒިޔާއަށް އިތުރު ކޯނަރެއް. އުމައިރު ނަގައިދިން ކޯނަރު، އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއިން މާމުން ދިފާއުކޮށްފި.

    17:35

    '22- މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް މާމުން ނަގައިދިން ހުރަސް، ކޮވަސެވިޗް ދިފާއުކޮށްފި.

    17:33

    '20- އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ރަކިޗް ނަގައިދިން ހުރަސް، ޔޫސުފް ދިފާއުކޮށް، ކޯނަރަކަށް ބޭރުކޮށްލައިފި. މާޒިޔާއިން ނެގި ކޯނަރުގައި ނުރައްކަލެއް ނެތް.

    17:31

    މެޗުގެ 15 މިނެޓްގެ ކުޅުން ނިމުނުއިރު، މާޒިޔާއަށް ލިބިފައިވާ އެންމެ ހުސް ފުރުސަތުން އެޓީމު ވަނީ ލަނޑުޖަހާފައި. އޭގެ ފަހުން މާޒިޔާއަށް އަދި ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

    17:30

    ފަރުވާއަށް ފަހު އަޑުބަރޭއާއި ކޯޑޯސް ވެސް އެނބުރި ދަނޑަށް އަރައި، މިހާރު ދަނީ ކުޅުމުގައި ބައިވެރިވަމުން.

    17:27

    '15- އަޑުބަރޭއަށް އަނިޔާވެގެން ފަރުވާއަށް ދަނޑުމަތިން ފާބައިފި. ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އޭނާގެ ބޮލަށް ވަނީ އަނިޔާވެފައި. މާޒިޔާގެ ކޯޑޯސްއަށް ވެސް އަނިޔާވެފައިވޭ. އަނިޔާވެފައިވަނީ އެ ދެކުޅުންތެރިން ޖެހިގެން.

    17:25

    '13- މާމުންއަށް މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރަނގަޅު ބޯޅައެއް ލިބުނު ނަމަވެސް، މާޒިޔާގެ ޑިފެންޑަރުން ކައިރީގައި ވިއްދާފައި ހުރުމުގެ ސަބަބުން އޭނާއަށް ނުރައްކާ ކުރެވިފައެއް ނުވޭ.

    17:24

    '11- މެޗުގެ ފުރަތަމަ ކޯނަރުން އަބަހާނީއަށް ނުރައްކަލެއް ނުކުރެވުނު. އަބަހާނީގެ އެ ކޯނަރު، މާޒިޔާގެ ކީޕަރު ވަނީ ފަސޭހަކަމާއެކު ހޯދާފައި.

    17:22

    10' އާއްކޮއަށް މާމުން ކުރި ފައުލަކާ ގުޅިގެން އަބަހާނީގެ ހާފްގެ ތެރެއިން މާޒިޔާއަށް ހިލޭ ޖެހުމެއް. މާޒިޔާއިން ފޮނުވާލި ހިލޭ ޖެހުން ހަމަލާ ގޯލާ އަމާޒެއްނުވި.

    17:18

    އާއްކޮ ދިން ރީތި ބޯޅައަކުން މާޒިޔާއަށް ލީޑު ހޯދައިދިނީ އުމައިރު. އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުމައިރު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށް.

    17:17

    '5-މާޒިޔާއިން ލީޑު ހޯދައިފި.

    17:16

    މާޒިޔާގެ ފުރަތަމަ 11:

    • ޕަވެލް މަޓިއާޝް - ގޯލްކީޕަރު

    • މިލޮސް ކޮވަސެވިޗް
    • އަމްދާން އަލީ (އެންޑީ)
    • އަންދްރޭ ކޯޑޮސް
    • އަހްމަދު އިމާޒް (އާއްކޮ)
    • އަސަދުﷲ އަބްދުﷲ (އަސައްކޮ) - ކެޕްޓަން
    • އެލެކްސެންޑާ ރަކިޗް
    • އަޝްއަދު އަލީ (އަޑުބަރޭ)
    • ސަމޫހު އަލީ (ސަމުއްޓޭ)
    • ޔަސްފާދު ހަބީބް (މުލަކޭ)
    • މުހައްމަދު އުމައިރު
    17:13

    އަބަހާނީގެ ފުރަތަމަ 11:

    • ސަހިދުލް އަލަމް - ގޯލްކީޕަރު

    • ވަލީފް ފައިސަލް
    • ޔޫސުފް ސަމަދު
    • އެމޮން މަހްމޫދު
    • ސޮހެލް ރަނާ
    • މަމޫން މިއާ
    • ރޭހާން ހަސަން
    • ޖޮނަތަން ބްރައުން
    • ޔޭސިން ޚާން
    • އެމެކާ އޮނުއޮހާ
    • ރުބެލް މިއާ
    17:12

    މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އަބަހާނީން.