ސުވައިން ފުލޫއަށް ދޭ ވެކްސިނާއި ބޭސް ބޭނުންވާ ވަރަށް އެބަހުރި ކަމަށާއި ޑޮކްޓަރުންގެ ލަފާގެ މަތިން ވެކްސިން ވެސް ދެމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ސަން އަށް ވިދާޅުވީ ސުވައިން ފުލ ޫއަށް ޖަހާ ވެކްސިނާއި ބޭސް އެބަހުރި، ކަމަށާއި އިތުރަށް ގެންނަން ޖެހޭ ނަމަ ގެނައުމުގެ ތައްޔާރީތައް ވެސް ދަނީ ވަމުން ކަމަށެވެ.

"ވެކްސިން އެބަހުރި، ޑޮކްޓަރުންގެ ލަފާގެ މަތިން މިދަނީ ޖަހަމުން. މިސާލަކަށް މާބަނޑު މީހުން ފަދަ މީހުންނަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އަށް މިހާތަނަށް ވެކްސިން ގެނެސްފައި ހުރީ ހައްޖަށާއި އުމުރާއަށް ދާ ފަރާތްތަކުގެ ގަޔަށް ޖެހުމަށެވެ.

އެވެކްސިނަކީ ސުވައިން ފުލޫ ޖެހުމުގެ ކުރިން ދޭ ވެކްސިނެކެވެ. އެބަލިން ރައްކާތެރިވުމަށް ކުރިއާލާ ވެކްސިން ދޭންޖެހެ އެވެ. ނަމަވެސް އެއީ ކުރިއާލާ އާންމުކޮށް އެންމެންގެ ގަޔަށް ޖަހާ އެއްޗެއްނޫނެވެ.

ރެއާއި ހަމައަށް އާންމުކުރި ތަފާސް ހިސާބްތަކަށް ބަލާ އިރު 51 ދިވެއްސަކަށް ވަނީ ސުވައިން ފުލޫ ޖެހިފަ އެވެ. މިހާތާނަށް އެ ހުމުގައި އެކަކު މަރުވެފައިވާ އިރު ގިނަ ބަޔަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.