މިރޭ 12 އިން ފެށިގެން ތިން ގަޑިއިރަށް ޕްރެޝަރުގައި ފެން ނުލިބިދާނެ ކަމަށް އެމްޑަބުލިއުއެސްސީން ބުނެފި އެވެ.

މާލޭ ފެންކުފުނިން މިއަދު ނެރުން ބަޔާނެއްގައި ބުނެފައި ވަނީ ފެނުގެ ޑިސްޓްރިބިއުޝަން ޕަންޕިންގް ސިސްޓަމް މަރާމާތު ކުރުމުގެ މަސައްކަތެއް މިރޭ 12 އިން ފެށިގެން ތިން ގަޑިއިރަށް ކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ މާލޭގެ ބައެއް ހިސާބުތަކަށް ޕްރެޝަރުގައި ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ފެން ކުންފުނިން ބުންޏެވެ.