Back
Nov 23, 2025 SUN
SUN

އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް ފަސްކުރަން ނިންމައިފި

އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް ފަސްކުރަން ނިންމައިފި
Lead photo

މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް، ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ރޯގާގެ ސަބަބުން ފަސް ކުރަން ނިންމައިފިއެވެ.

މިގޮތައް ނިންމާފައިވަނީ ދާދި ދެންމެއަކު ބޭއްވި ބެޑްމިންޓަން އެސޯސިއޭޝަންގެ އެކްސްކޯ ބައްދަލުވުމަކަށް ފަހުގައެވެ.

އެ އެސޯސިއޭޝަނުން ބުނީ މުބާރާތް ދެން ބޭއްވޭނ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު ވިދާޅުވީ، މާދަމާ ފެށުމަށް ހަމަޖެހިފައިވާ މުބާރާތް ފަސްކުރުމަށް އެކްސްކޯއިން ނިންމާފައިވާކަމަށާއި އެކަން ސްކޫލުތަކަށް އެންގުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މާދަމާ މުބާރަތް ފަށާތީ މުބާރާތުގައި ބައިވެރިވާ، އަތޮޅުތެރޭގެ ގިނަ ސްކޫލުތަކުން މާލެ އައިސްފައިވާއިރު އިޝްފާން ވިދާޅުވީ، އެ ދަރިވަރުންނަށް ދެން ހަމަޖައްސައިދެވޭނީ ކޮން ގޮތެއްތޯ ޔޫތު މިނިސްޓްރީއާ އެޑިޔުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރާނެ ކަމަށެވެ.

" މާދަން މުބާރާތް ފަށާތީ މިވަގުތު 7 ރަށެއްގެ ސްކޫލު ޓީމުތައް މާލެ އައިސް މިވަނީ، ދެން ބަލަމުން މިދަނީ އެ ދަރިވަރުންނަށް ކޮން ކަންތައްތަކެއްތޯ ަަހަމަޖައްސައިދެވޭނީ މުބާރާތް ލަސްވުމާއި ގުޅިގެން،" އިޝްފާން ވިދާޅުވިއެވެ.

އިޝްފާން ވިދާޅުވީ، މިހާރު ފެތުރެމުންދާ އިންފްލުއެންޒާއާ ގުޅިގެން އެކުވެނީގައި ހުންނަ ބެޑްމިންޓަން ކޯޓު ވެސް ހާލަތު ރަނަގަޅު ވަންދެން ބަންދު ކުރުމަށް ނިންމާފައިވާކަމަށެވެ.

މިއަހަރުގެ އިންޓަރ ސްކޫލު ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓުގައި ޖުމުލަ 17 ސްކޫލަކުން 43 ޓީމް ވަނީ ބައިވެރިވެފައެވެ. އަދި މީގެެ ތެރެއިން 20 ޓީމަކީ އަތޮޅުތެރެއަށް ނިސްބަތްވާ ޓީމުތަކެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics