މާބަލް ހޮޓެލްގައި އިން ރިސެޕްޝަނިސްޓަކަށް ކޯރާޑިން ބިރު ދެއްކުމަށްފަހު ފޭރިގަނެގެން ގެންދިޔަ ތިޖޫރީ ފެނުނު އިރު އޭގެތެރޭގައި އެއްވެސް ފައިސާއެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މާބަލް ހޮޓަލުގެ ތެރެއަށް ބަޔަކު ވަދެ ފޭރިގަނެގެން ގެންދިޔަ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކުރި ތިޖޫރީ އޭގެ އަނެއް ދުވަހުގެ ވަގުތެއްގައި ހެންވޭރުގެ ގެއެއްގެ ތެރޭގައި ހުއްޓާ ފުލުހުންނަށް ފެނުނުއިރު އެ ތިޖޫރީގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. ތިޖޫރީ ފެނުނީ ގެއްލުންތަކެއް ދިނުމަށްފަހު ދޮރު ހުޅުވާފައި ހުއްޓާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

މާބްލް ހޮޓެލްގެ އެ ތިޖޫރީގައި ހުރީ ކިހާ ފައިސާއެއް ކަމެއް ޝިޔާމް ވިދާޅެއް ނުވެ އެވެ.

މާފަންނު ކޮޅުގައި ހިންގާ މާބްލްއަށް ފޭރޭމީހުން ވަދެ، ތިޖޫރީ އާއި އަގު ބޮޑު އެހެނިހެން ސާމާނު ތަކެއް ވަނީ ގެންގޮސްފަ އެވެ.