Last Updated: 9 year 8 month ago

މިހާރު ރާއްޖޭގައި ފެތުރެމުންދާ އިންފުލުއެންޒާ ރޯގާއާ ގުޅޭގޮތުން، އާންމުންނަށް އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ސަން އިން ގެނެސްދޭ ހާއްސަ ކަވަރޭޖް.

އިންފްލުއެންޒާއާ ގުޅިގެން ސްކޫލްތައް ވަނީ ބަންދުކޮށްފައި
- އެޗްވަންއެންވަން ޖެހުނު މީހުންގެ އަދަދު 50އަށް ވުރެ މަތި
- ސްވައިން ފްލޫޖެހިގެން މިހާތަނަށް އެކަކު މަރުވެފައިވޭ
ގައުމީ ހެލްތު އެލާޓް ލެވެލް 3 އުވާލައިފި
ގައުމީ ހެލްތު އެލާޓް ލެވެލް 3 އުވާލައިފި
ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފުލޫ ރޯގާއާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރުނު އެލާޓް ލެވެލް ތިނެގެ ހާލަތެއް މިހާރު ނެތް ކަމަށާއ، މިހާރު އުޅެނީ އާންމު ރޯގާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި.

އާދިއްތަ ދުވަހުން ފެށިގެން ކުދިން ސުކޫލަށް ފޮނުވުން އެންމެ ރަނގަޅު ކަމަށް އެޗްޕީއޭއިން ބުނި.

އައިޖީއެމްއެޗުން ކުޑަކުދިންނަށް ފުލޫ ވެކްސިން ޖަހައިދެނީ
ކުޑަކުދިންނަށް އިންފުލުއެންޒާ ފުލޫ ވެކްސިން ޖަހައިދިނުމުގެ ހިދުމަތް އައިޖީއެމްއެޗް އިން ފަށައިފި އެވެ.

މީގެ ކުރިން އައިޖީއެމްއެޗް އިން އެވެކްސިން ޖަހައިދެމުން ދިޔައީ ހަމަ އެކަނި މާބަނޑު މީހުނަށެވެ. ނަމަވެސް މިހާރު އުމުރުން ހަ މަހާއި 35 މަހާ ދޭތެރޭގެ ކުޑަކުދިންނަށް ދަނީ އެހޮސްޕިޓަލުން ވެކްސިން ދެމުންނެވެ.

އައިޖީއެމްއެޗްއިން ކުޑަކުދިންނަށް ވެކްސިން ޖަހައިދެނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 2:00 އިން 4:00 އަށެވެ.


ބޭސް އެތެރެކުރާ ފަރާތްތަކަށް އިންފްލުއެންޒާ ވެކްސިން އެތެރެކުރެވޭ ގޮތަށް ހުޅުވާލައިފި
ބޭސް އެތެރެ ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ހުރިހާ ފަރާތްތަކަށް ވެސް އިންފްލުއެންޒާ ވެކްސިން އެތެރެ ކުރެވޭ ގޮތަށް ހެލްތު މިނިސްޓްރީން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މިވަގުތު ރާއްޖޭގައި މެދުވެރިވެފައިވާ ހާއްސަ ހާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ފޮ ނޭޝަނަލް ޕްރޮގްރާމްސް"ގެ ގޮތުގައި އެޕްރޫވްޑް ޑްރަގް ލިސްޓްގައި ގިންތިކުރެވިފައިވާ އިންފްލުއެންޒާ ވެކްސިން (P369) "ކޮންޓްރޯލްޑް ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން" (ކޮންޓްރޯލްޑް ޕީ އޯ އެމް) އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން ބޭސް އިމްޕޯޓް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށް، އެ ވެކްސިން އިމްޕޯޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާ ކަމަށާއި، ނަމަވެސް ވެކްސިން އިމްޕޯޓް ކުރުމުގެ ކުރިން، ޤަވާއިދާ އެއްގޮތަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ނަގަން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް ފަހު ރާއްޖެ އަށް އެނބުރި އަންނަ މީހުން، ރޯގާ އަދި ވައިރަލް ހުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މި ދުވަސްވަރަކީ އުމްރާގެ އަޅުކަން ނިންމުމަށް ފަހު މީހުން ރާއްޖެ އެނބުރި އަންނަ ދުވަސްވަރެވެ. އަދި މި ދުވަސްވަރު ރާއްޖޭގައި ދަނީ ހަލުވިކަމާ އެކު ވައިރަލް ހުމާއި ރޯފާ ފެތުރެމުންނެވެ. ރޯގާގެ ސަބަބުން މީހުން ވަނީ މަރުވެސް ވެފަ އެވެ.

ކުރިއަށް އޮތް ތިން ދުވަހަށް ސްކޫލުތައް ބަންދުކޮށްފި
އެޗްވަންއެންވަން ރޯގާގެ ނުރައްކަލާ ގުޅިގެން ސްކޫލުތަކަށް ދަރިވަރުން ފޮނުވުމަށް ބެލެނެވެރިން ދެކޮޅު ހަދަމުންދާތީ، ކުރިއަށް އޮތް ތިން ދުވަހަށް ސްކޫލު ބަންދު ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެއްސެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، ސްވައިން ފްލޫގެ އަޕްޑޭޓް މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އިން ދޭނެ ކަމަށާއި ބަންދު ކުރާނީ ރޯގާ ފެތުރޭ ސަރަހައްދުތަކުގެ ސްކޫލްތައް ކަމަށެވެ.

އެލާޓް ލެވެލް 3ގައި ހުރުމަކީ ސްކޫލު ބަންދުކުރުމާ ގުޅުން ހުރި ކަމެއް ނޫން: އެޗްޕީއޭ
އިންފްލުއެންޒާ އެޗްވަންއެންވަން ރޯގާއާ ގުޅިގެން ރާއްޖޭގެ ސިއްހީ އެލާޓް ލެވެލް ތިނެއްގައި ހުރުމަކސްކޫލު ބަންދު ކުރުމާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ފެތުރެމުންދާ އެ ރޯގާގެ ހާލަތު އަންނަނީ ރަނގަޅުވަމުން ކަމަށާއި، މިވަގުތު އެޗްވަން އެންވަންއަށް ޕޮޒިޓިވް ވެގެން ފަރުވާ ދެމުން އަންނަނީ 31 މީހަކަށް ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެގޮތުން މާލޭގައި އެ ރޯގާ ޖެހިގެން ފަރުވާ ދެމުން އަންނަނީ 26 މީހަކަށް ކަމަށާއި އަތޮޅު ތެރޭގައި ފަރުވާ ދެމުން އަންނަނީ ފަސް މީހުންނަށް ކަމަށް ބަޔާނުގައި ވެއެވެ.
ސްކޫލްތައް ހުޅުވިނަމަވެސް ކްލާސްތައް ހުސްކޮށް!
އެޗްވަންއެންވަން ރޯގާ ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ބަންދުކުރުމަށް ފަހު، ސްކޫލްތަކުގެ މިޑްޓަރމް ބްރޭކް ނިމި މިއަދު އަލުން ކިޔަވައިދިނުން ފެށި ނަމަވެސް ސްކޫލްތަކަށް ދިޔަ ކުދިންގެ އަދަދު ވަރަށް ބޮޑުތަން މަދުވެއްޖެއެވެ.
މާލޭގެ ޕްރީ ސުކޫލްތަކަށް ބަލާއިރު ބައެއް ސުކޫލްތަކަށް ދިޔައީ ވަރަށް މަދު ކުދީންކޮޅެކެވެ. އެގޮތުން އެއް ސްކޫލަކަށް އެންމެ ދަރިވަރަކު ހާޒިރުވިކަމަށްވެސް ސަންއަށް ވަނީ މައުލޫމާތު ލިބިފައެވެ.
"އަޅުގަނޑުމެންގެ ދެ ސުކޫލް ހުންނައިރު ކޮންމެ ސުކޫލަކަށްވެސް ދިޔައީ އެއް ކުއްޖެއް، ކިޔަވައެއް ނުދެން،" މާލޭގައި ފުޅާ ދާއިރާއެއްގައި ޕްރީ ސްކޫލް ތައުމީމު ފޯރުކޮށްދެމުންދާ ދޮންދޫނި ސްކޫލުން ބުންޏެވެ.
ބައެއް ޕްރީ ސްކޫލްތަކުން ވަނީ މިހަފްތާއަށް ބަންދުކުރިކަންވެސް ކުރިން އިއުލާންކޮށްފައެވެ. ނަމަވެސް ހުޅުވާގޮތަށް ނިންމީ ވަކިވަކި ސްކޫލްތަކަށް އެޑިއުކޭޝަނުން އެންގުމުންނެވެ.
ސްވައިން ފުލޫ ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
ސުވައިން ފުލޫ ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
އެއީ ސުވައިން ފުލޫ ޖެހިގެން ރާއްޖެއިން މަރުވި ހަތަރު ވަނަ މީހާ އެވެ. އޭނާ މަރުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް "ސަން"އަށް ވިދާޅުވީ ސުވައިން ފުލޫ ޖެހިގެން މަރުވީ 79 އަހަރުގެ މީހެއް ކަމަށެވެ. އެ މީހާ އައިޖީއެމްއެޗަށް ގެނެސްފައި ވަނީ އެހެން ބައްޔަކަށް ފަރުވާ ދިނުމަށް ކަމަށް މައުސޫމް ވިދާޅުވި އެވެ. ނަމަވެސް އެމީހާ އާ ބެހޭ އިތުރު ވަނަވަރެއް ހޮސްޕިޓަލަކުން ނުދެ އެވެ.
ޓެސްޓުތައް ހެދުމުން އެ މީހާ އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯއިން ރާއްޖެއަށް އެޗްވަންއެންވަންގެ 30،000 ޑޯޒު ވެކްސިން ހޯދައިދެނީ
ޑަބްލިއުއެޗްއޯއިން ރާއްޖެއަށް އެޗްވަންއެންވަންގެ 30،000 ޑޯޒު ވެކްސިން ހޯދައިދެނީ
ފެތުރެމުންދާ އެޗްވަންއެންވަން ވައިރަހުން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ ވެކްސިނޭޝަން ހަރަކާތަށް އެހީތެރިވެދިނުމުގެ ގޮތުން .
އެޗްވަންއެޗްވަން އަށް އިތުރު ހަތް މީހަކު ޕޮޒިޓިވްވެއްޖެ
ރާއްޖޭގައި ފެތުރެމުންދާ އިންފުލުއެންޒާ ރޯގާއަށް އިއްޔެ ޓެސްޓު ކުރި މީހުންގެ ތެރެއިން ހަތް މީހަކު އެ ރޯގާ އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އިއްޔެގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ޓެސްޓުކުރި 17 މީހުންގެ ތެރެއިން ހަތް މީހަކު ވަނީ އިންފުލުއެންޒާ ރޯގާ އަށް ޕޮޒިޓިވްވެފަ އެވެ.
އިންފުލުއެންޒާ ރޯގާއާ ގުޅިގެން ސިވިލް ސާވިސްގެ މުއްޒަފުންގެ ތެރެއިން މާބަނޑު މީހުން ވަޒީފާއަށް ނުކުންނަން ނުޖެހޭ ގޮތަށް ދިން ޗުއްޓީ ނިންމާލައިފި އެވެެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނެރެފައިވާ ސާކިއުލާގައި ބުނެފައި ވަނީ، މާބަނޑު މުވައްޒަފުން މަސައްކަތަށް ނުނިކުންނަ ގޮތަށް އެ ކޮމިޝަނުން އަންގާފައިވާ އެންގުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި، އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮފީހަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.
އެމްއެންޔޫގެ ކިޔެވުން އަންނަ ހަފްތާގައި ފަށަނީ
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ(އެމްއެންޔޫ)ގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށުމަށް ނިންމައިފި އެވެ.
މިދިޔަ ހަފްތާގައި ގައުމީ ޔުނިވާސިޓީގެ ކިޔެވުން މެދުކަނޑާލީ ފެތުރެމުންދާ ރޯގާއާ ގުޅިގެންނެވެ. މިހަފްތާއަކީ މިޑްޓާމް ބަންދެވެ.
ގައުމީ ޔުނިވާސިޓީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އަންނަ އާދިއްތަ ދުވަހު އެ ޔުނިވާސިޓީގެ ކިޔަވައިދިނުން ފަށަން ނިންމާފައިވާ ކަމަށެވެ.
އަންނަ ހަފްތާގައި ސްކޫލުތަކުގެ ކިޔެވުމާއި އިސްލާމިކް ޔުނިވާސިޓީގެ ކިޔެވުން ފެށުމާ ގުޅޭ ގޮތުން މިއަދު ގޮތެއް ނިންމުމަށް ވަނީ ނިންމައިފަ އެވެ.
އޭޑީކޭ ފުލޫ ކްލިނިކްގެ ހިދުމަތް ހުއްޓާލައިފި
އިންފުލުއެންޒާ ރޯގާއާ ގުޅިގެން އޭޑީކޭ ފުލޫ ކްލިނިކުން ދެމުން ގެންދިޔަ ހިދުމަތް ހުއްޓާލައިފި އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ވެތުވެދިޔަ ދެ ދުވަހު އޭޑީކޭގެ ފުލޫ ކްލިނިކަށް ދައްކާފައި ވަނީ މަދު ބައެކެވެ.
އޭޑީކޭ އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން ފުލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
އިއްޔެ އޭޑީކޭގެ ފުލޫ ކްލިނިކުން ހިދުމަތް ހޯދާފައި ވަނީ 108 މީހުންނެވެ. އެއީ 51 އަންހެނުންނާއި 57 ފިރިހެނުންނެވެ. އޭގެތެރެއިން އެއްވެސް މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދޭން ނުޖެހޭ ކަމަށް އޭޑީކޭއިން ބުންޏެވެ.
ޑަބްލިޔުއެޗްއޯއިން 10،000 އިންފުލުއެންޒާ ވެކްސިން ހަދިޔާކޮށްފި
ޑަބްލިޔުއެޗްއޯއިން 10،000 އިންފުލުއެންޒާ ވެކްސިން ހަދިޔާކޮށްފި
- ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެޗް1އެން1 އިންފުލުއެންޒާ ރޯގާއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ .
- ވެކްސިންގެ އިިތުރުން ޑަބްލިއުއެޗުއޯއިން ވަނީ 4،000 ވައިރަސް ޓްރާންސްޕޯޓް މީޑިއަމް އިއްޔެ ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފައި.
އަންނަ ހަފްތާގައި ސްކޫލުތައް ފެށުމަށް އަދި ގޮތެއް ނުނިންމަން: އެޑިއުކޭޝަން
އަންނަ ހަފްތާގައި ސުކޫލުތައް ހުޅުވުމާ މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން މިދިޔަ ހަފްތާ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކޮށްފައިވާ އިރު މިހަފްތާއަކީ ސުކޫލުތަކުގެ މިޑްޓާމް ބަންދު ހަފްތާ އެވެ.
އެޗްޕީއޭގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ރޯގާގެ ކަންކަން އޮތް ހާލަތު އެޑިއުކޭޝަންއަށް ހިއްސާކޮށްފައިވާނެ ކަމަށާއި ގޮތެއް ނިންމާނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ.
އެޑްކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދި އެކަމާ ގުޅޭ ގޮތުން ވަކިގޮތެއް ނުނިންމާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިއަދު ވަކިގޮތެއް ނިންމައި އާންމުކުރަން އެޑިއުކޭޝަން އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެޗްވަންއެންވަންއަށް އިތުރު އަށް މީހަކު ޕޮޒިޓިވްވި ވެއްޖެ
އެޗްވަންއެންވަންއަށް އިތުރު އަށް މީހަކު ޕޮޒިޓިވްވެއްޖެ
- ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން އިންފުލުއެންޒާ ރޯގާއަށް .
- ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، އެޗްވަންއެންވަންއަށް ޝައްކު ކުރެވިގެން 26 މީހަކު ވަނީ ޓެސްޓުކޮށްފައި.
- މިއަހަރުގެ މިހާތަނަށް 437 މީހުން އެޗްވަންއެންވަން އަށް ޓެސްޓުކޮށްފައިވާއިރު، 155 މީހަކު ވަނީ ޕޮޒިޓިވް ވެފައި. އޭގެ ތެރެއިން 32 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން.
ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ވެކްސިން ދޭން ފަށައިފި
ވެކްސިން ޖަހަން ނިންމާފައިވާ މީހުން:
މާބަނޑު މީހުން
- ގުނަވަން ބަދަލުކޮށްފައިވާ މީހުން
- ކެންސަރު ބައްޔަށް ފަރުވާ ހޯދާފައިވާ ފަރާތްތައް
- ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުން
- ޑައިލަސިސް ހަދާ މީހުން
- އުމުރުން 65 އަހަރުން މަތީގެ މީހުން
ސިޒޭރިއަން ހެދި އަންހެން މީހާއާއި ދަރިފުޅުގެ ހާލު އަދިވެސް ސީރިއަސް: އައިޖީއެމްއެޗް
ސިޒޭރިއަން ހެދި މީހާއާއި ދަރިފުޅުގެ ހާލު އަދިވެސް ސީރިއަސް
- ގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި
- ހާލު ދެރަވެގެން ހދ. ކުޅުދުއްފުށިން މިދިޔަ ބުދަ ދުވަހު މާލެ ގެނެސް، އައިޖީއެމްއެޗުގައި ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގާފައިވަނީ މާލެ ގެނައި ދުވަހުގެ ރޭ.
- ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގާފައިވަނީ ބަނޑަށް ހަ މަހުގައި
ކުޑަ ކުއްޖާއަށް ފަރުވާ ދެމުން ދަނީ އެންއައިސީޔޫގައި. އަންހެން މީހާ އަށް ފަރުވާދެނީ ވެންޓިލޭޓަރުގައި، އައިސީޔޫގައި،
ސުވައިން ފުލޫ ޖެހިގެން ފަރުވާ ދޭ މީހުންގެ އަދަދު ދެ ގުނަ އިތުރުވެއްޖެ
ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން އިންފުލުއެންޒާ ރޯގާއަށް ޕޮޒިޓިވް ވެގެން އެޑްމިޓްކޮށް ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ދެ ގުނަ އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.
އެޗްވަންއެންވަން އިއްޔެ ޓެސްޓްކުރީ 36 މީހެއް
އެޗްވަންއެންވަންއަށް 24 މީހަކު އިއްޔެ ޕޮޒިޓިވްވި
އެޗްވަންއެންވަން ޖެހިފައިވާ 22 މީހަކަށް ދަނީ ފަރުވާދެމުން
އެޗްވަންއެންވަން ޖެހިގެން ފަރުވާދޭ މީހުންގެ އަދަދު 22 އިތުރުވިއިރު، އެއީ އިއްޔެ ތަފާސްހިސާބާ އަޅާބަލައިރު ދެ ގުނަ އިތުރު އަދަދެކެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެޗްވަންއެންވަން އަށް ޕޮޒިޓިވްވެ ފަރުވާދެމުން ގެންދިޔައީ 11 މީހަކަށް.
ސުވައިން ފުލޫ ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އެޗްވަންއެންވަން ރޯގާ (ސުވައިން ފުލޫ) ޖެހިގެން އިތުރު މީހަކު ރާއްޖެއިން މަރުވެއްޖެ އެވެ.
މަރުވީ ބަންގްލަދޭޝަން މީހެއް
- އިތުރު 24 މީހަކަށް ވަނީ ސުވައިން ފުލޫ ޖެހިފައި
- އެ ބަލި ޖެހުނު 22 މީހަކަށް ދަނީ ފަރުވާ ދެމުން
ބިދޭސީ މީހާ މަރުވީ ވެންޓިލޭޓަރުގެ އެހީގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް.
އޭޑީކޭ ފުލޫ ކްލިނިކަށް ދެއްކި މީހުންގެ އަދަދު ދަށްވެއްޖެ
އޭޑީކޭގައި ގާއިމްކުރި ފްލޫ ކްލިނިކުގައި ދެއްކި މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށްވެއްޖެ
އޭޑީކޭގެ މޯބައިލް ފްލޫ ކްލިނިކަށާއި އެ ހޮސްޕިޓަލުން ސޯސަމަގުގައި ހުންނަ ފެކަލްޓީ އޮފް ސައިންސް ގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ދެއްކި މީހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް 145 މީހުން ވަނީ ފްލޫ ކްލިނިކުން ހިދުމަތް ހޯދާފައި
މިއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު 105 މީހުން މަދު އަދަދެއް. މިދިޔަ ހޮނިހިރު ދުވަހު އެ ކްލިނިކަށް 250 މީހުން ދައްކާފައިވޭ.
ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ރާއްޖެއަށް ނުކުރުމަށް ސައުދީ މީހުންނަށް އިލްތިމާސްކޮށްފި
ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ރާއްޖެއަށް ނުކުރުމަށް ސައުދީ މީހުންނަށް އިލްތިމާސްކޮށްފި
ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗްވަންއެންވަން ވައިރަސް ނުވަތަ ސްވައިން ފްލޫގެ ހާލަތު ރަނގަޅު ނުވަނީސް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް .
އިއްޔެ ޓެސްޓްކުރި 25 މީހުންގެ ތެރެއިން ނުވަ މީހުން އެޗް1އެން1 އަށް ޕޮސިޓިވް ވެއްޖެ
ރާއްޖޭގައި ފެތުރެމުންދާ އެޗް1އެން1 އިންފުލުއެންޒާ ރޯގާއަށް އިއްޔެ ޓެސްޓްކުރި 25 މީހުންގެ ތެރެއިން ނުވަ މީހުން ޕޮސިޓިވް ވެއްޖެ އެވެ.
އެއަދާ އެކު މިހާރު ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 123 އަށް އަރައިފަ އެވެ. އަދި ޖުމްލަ 375 މީހުން ވަނީ އެޗް1އެން1 އަށް ޓެސްޓްކޮށްފަ އެވެ.
ހުކުރު ދުވަހާ އަޅާ ބަލާއިރު އަރިދަފުސް ރޯގާޖެހިގެއް އިއްޔެ ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އަތޮޅުތަކުން ހުކުރު ދުވަހު އަރިދަފުސް ރޯގާޖެހިގެ ޑޮކްޓަރަށް ދައްކާފައި ވަނީ 835 އެވެ. އެހެންނަމަވެސް އިއްޔެ އަތޮޅުތަކުން އެކަނި ވެސް 1179 މީހުން ވަނީ ޑޮކްޓަރަށް ދައްކައިފަ އެވެ.
އަމިއްލައަށް ފުލޫ ވެކްސިން ރާއްޖެ ގެނެސް، ޖެހުން ރައްކާތެރިއެއް ނޫން: ޑރ. އަފީފު
އިންފުލުއެންޒާއަށް ޖަހާ ފުލޫ ވެކްސިން ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރުން ގެނެސްގެން ޖަހަމުންދާ ކަން ފާހަގަކުރެވޭ ކަމަށާއި އެއީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ އަފީފް ވިދާޅުވެއްޖެ އެވެ.
ޑޮކްޓަރު އަފީފް ލަފާ ދެއްވަނީ:
- ފިނިހޫނުމިން 2 އާއި 8 ދެމެދުގެ ޑިގްރީ ސެލްސިއެއްގައި ވެކްސިން ގެންގުޅުމަށް
- ފިނިހޫނުމިނަށް ބަދަލުވެފައިވާ ވެކްސިން ޖަހައިފިނަމަ އެލާޖިކްވުން އެކަށީގެންވޭ
ވެކްސިން ދީގެން އަތުވެދާނެ ސީރިއަސް ރިއެކްޝަނެއް މެނޭޖު ނުކުރެވޭފަދަ ތަނެއް [ގޭގައި / ކްލިނިކް] ގައި ނުދިނުމަކީ ބުއްދިވެރި ކަމެއް،
ރޯގާއާ ގުޅިގެން އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކޮށްފި
ހަލުވިކަމާ އެކު ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗް1އެން1 އިންފުލުއެންޒާ ރޯގާ އާ ގުޅިގެން މީހުން އެއްތަނަކަށް އެއްވުން މަދުކުރުމަށް އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރީ އިންފުލުއެންޒާ ރޯގާއާ ގުޅިގެން މީހުން އެއްތަނަކަށް އެއްވެ އުޅުން ރަނގަޅު ނުވާތީ ކަމަށެވެ.
"ހުމާއި ރޯގާ ފެތުރުން ކުޑަކުރުމަށް ޓަކައި އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން އާންމުންނަށް ޒިޔާރަތް ނުކުރެވޭ ގޮތަށް ބަންދު ކުރެވިފައިވާކަން ދެންނެވިން،" ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ރެހެންދި މައިޒާނާއި ޖަމާލުއްދީން ސްކޫލު ކައިރީގައި މޮބައިލް ފުލޫ ކްލިނިކް
ގައުމީ ދާރުލް އާސަރު ކައިރީގައި ހަދާފައިވާ ރެހެންދި މައިޒާނުގައްޔާއި ޖަމާލުއްދީން ސުކޫލު ކައިރީގައި އޭޑީކޭގެ މޮބައިލް ފުލޫ ކްލިނިކުގެ މިއަދު ހިދުމަތް ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނި.
އޭޑީކޭއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރެހެންދި މައިޒާނުގައި މިއަދު 12 ޖަހަންދެން ފުލޫ ކްލިނިކްގެ ހިދުމަތް ލިބޭނެ ކަމަށާއި، އަދި ހަވީރު ހަތަރަކުން ހަޔަކަށް ޖަމާލުއްދީން ސުކޫލު ކައިރިން މޯބައިލް ފުލޫ ކްލިނިކްގެ ހިދުމަތް ލިބޭނެ ކަަމަށް.
އޭގެ އިތުރުން އޭޑީކޭއިން ސޯސަންގޭގައި ވެސް ވަނީ ފުލޫ ކްލިނިކެއް ހަދާފައި. އަދި އައިޖީއެމްއެޗްގެ ފަރާތުން ތާޖުއްދީނު ސުލޫކުގައިވެސް ދަނީ ފުލޫ ކްލިނިކްގެ ހިދުމަތް ދެމުން
ރާއްޖޭގައި ސްވައިން ފްލޫ ފެތުރޭތީ ލަންކާ އެއާޕޯޓު އެލާޓުގައި
ރާއްޖޭގައި ސްވައިން ފްލޫ ފެތުރެމުންދާތީ، ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެލްތު ސާވޭލަންސްގެ މަސައްކަތް ވަރުގަދަކޮށްފި އެވެ.
ސްރީލަންކާއަކީ ދިވެހީން އެންމެ ގިނައިން ދަތުރުކޮށް ހަދާ ގައުމެވެ. ލަންކާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2016 ވަނަ އަހަރު 95،167 ދިވެހީން ދަތުރުކޮށްފައިވެ އެވެ. އަދި އެގައުމުގައި 12،000 އެއްހާ ދިވެހީން ދިރިއުޅެމުން ދެ އެވެ.
ރާއްޖޭގައި އެޗްވަންއެންވަން ރޯގާ ނުވަތަ ސްވައިން ފްލޫ ފެތުރެމުންދާ މި ދަނޑިވަޅުގައި، ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ކަރަންޓީން ޑިވިޝަނުން މިވަނީ ދިވެހީން ސާވޭލަންސްކުރުމުގެ މަސައްކަތް ފުޅާކޮށްފަ އެވެ.

ރޯގާއާ ގުޅިގެން އެޗްޕީއޭއަށް ބޭނުންވާ ބޭހާއި ވެކްސިން ބަރާބަރަށް އެބަ ފޯރުކޮށްދެން: އެސްޓީއޯ
ރޯގާއާ ގުޅިގެން އެޗްޕީއޭއަށް ބޭނުންވާ ބޭހާއި ވެކްސިން ބަރާބަރަށް އެބަ ފޯރުކޮށްދެން: އެސްޓީއޯ
މިހާރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން ރޯގާއާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ .
މިނިސްޓްރީ އޮފް ހެލްތުގެ އެޗްޕީއޭއަށް ބޭނުންވާ ވެކްސިންއާއި މި ރޯގާއަށް ބޭނުންވާ ޚާއްސަ ބޭސްތައްވެސް އަޅުގަނޑުމެން މިދަނީ އެ ބޭނުންފުޅުވާ ޝެޑިއުލަކަށް ބޭނުން އަދަދަކަށް ބަރާބަރަށް ފޯރުކޮށްދެމުން،
އަތޮޅު ތެރެއަށް ބޭނުންވާ ބޭސް ފޮނުވަން އެސްޓީއޯގެ ޚާއްސަ މަރުކަޒެއް
- ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ރޯގާއާއި ހުމާ ގުޅިގެން އަތޮޅު ތެރެއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމަށްޓަކައި
- މަރުކަޒު ގާއިމް ކުރީ ޣިޔާސުއްދީން ސްކޫލު ހޯލުގައި
- ހުމާ ރޯގާއިން ރައްކާތެރިވުމަށް ބޭނުންވާ ބޭސް، އެމަރުކަޒު މެދުވެރިކޮށް އަތޮޅުތެރޭގައި ހުރި އެސްޓީއޯގެ ފާމަސީތަކަށް މެދުކެނޑުމެއް ނެތި ފޯރުކޮށްދޭނެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ
އާންމު ހުރިހާ ފަރާތްތަކަށް ޔަގީންކޮށް އަރުވަން އެސްޓީއޯގެ އަތޮޅު ތެރޭގަ ހެދިފައިވާ ހުރިހާ ފާމަސީއަކުން ރޯގާއަށް ބޭނުންވާ ހުރިހާ ބޭހެއް ހުސްނުވެ ބަރާބަރަށް ލިބެން ހުންނާނެ. އަދި ރީޖަނަލް ހޮސްޕިޓަލްތަކުގަ އެސްޓީއޯގެ ބޮޑު ސްޓޮކެއް ބެހެއްޓިފައި ހުންނާނެ. ބޭސް ފިހާރަތަކުން ބޭސް މަދުވަމުންދާ ވަރަކަށް މި ސެންޓަރުން އެ ބޭސް ފޮނުވަމުންދާނެ،
އެޗް1އެން1 އާ ގުޅިގެން ރާއްޖެ-ފަލަސްތީން މެޗަށް ވާނީ ކިހިނެއް؟
އެޗް1އެން1 އާ ގުޅިގެން ރާއްޖެ-ފަލަސްތީން މެޗަށް ވާނީ ކިހިނެއް؟
- ކުރީންވެސް ހަމަޖެހިފައި އޮތް ގޮތަށް، 28 މާރިޗްގައި މެޗު ކުޅޭގޮތަށް އޮތީ.
- ހުމާގުޅިގެން މެޗް ފަސްކުރާނީތޯ، ކަމާގުޅޭ ދާއިރާތަކާ ދަނީ މަޝްވަރާ ކުރަމުން.
މެޗު ކުޅެން އަދި ބާކީ ދެ ހަފްތާއެއްހާ ދުވަސް އެބަ އޮތް. މި އައުޓްބްރޭކް ފެށުނީއްސުރެން އަޅުގަނޑުމެން މިދަނީ، ކަމާގުޅޭ ސިއްހީ ދާއިރާތަކުގެ ލަފާ ހޯދަމުން. އެގޮތުން އެޗްޕީއޭއިން މީގެ ކުރީން ލަފާދިނީ، މާލޭ ލީގާއި، އަތޮޅު މުބާރާތް މެދުކަނޑާލަން. އެގޮތަށް އަޅުގަނޑުމެން ނިންމިން. ދެން މިއޮތީ ބައިނަލްއަގްވާމީ މެޗެއް، މިކަމާ ގުޅޭގޮތުންވެސް މިދަނީ މަޝްވަރާ ކުރަމުން،
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް
- ހަލުވިކަމާ އެކު ފެތުރެމުންދާ އެޗް1އެން1 ރޯގާގެ ސަބަބުން ބައެއް ކުޅިވަރު ހަރަކާތްތައް ފަސްކުރި ނަމަވެސް އަންނަ ބުދަ ދުވަހު ފަށާ ކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަން ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުރި އެ އެސޯސިއޭޝަންގެ މާކެޓިންގ އެންޑް ޕްރޮމޯޝަންގެ ޑިރެކްޓަރު މުހައްމަދު ޝާފީ ވިދާޅުވެއްޖެ.
- ޝާފީ ވިދާޅުވީ، މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ބޮޑެތި ޚަރަދުތަކެއް ކޮށް، ވަރަށް ބޮޑަށް ތައްޔާރުވެފައި ވާކަމަށް.
- މި މުބާރާތުގައި ވާދަކުރާ ބޭރުގެ ޓީމުތަކުން ރާއްޖެއަންނަން މިހާރު ވަނީ ޓިކެޓްނަގައި ހުރިހާ ކަމެއް ކޮށް ނިމިފައި.
މިއީ ބައިނަލްއަގުވާމީ މުބާރާތަކަށް ވީމަ ނެތް ފަސްކުރެވޭކަަށް، ފަސްކޮށްފި ނަމަ މުބާރާތުގައި ވާދަކުރާ ހުރިހާ ގައުމެއްގެ އަމިއްލަ އެސޯސިއޭޝަނުން ކުރިއަށް ރޭވިފަ ހުރި މުބާރާތްތަކަށްވެސް އޭގެ އަސަރުކުރާނެ. އަނެއްކާ ހުރިހާ ޓީމަކުންވެސް ވަރަށް ބޮޑަށް ތައްޔާރުވެފަ މިތިބީ، އެހެން ވީމަ މުބާރާތް ފަސްކޮށްފިނަމަ އޭގެ ސަބަބުން މައްސަލަތެކެއް ދިމާވާނެ،
ރެޑް ކްރެސެންޓުން ބިދޭސީންނަށް އެޗްވަންއެންވަންއާ ބެހޭ މައުލޫމާތު ދީފި
ރެޑް ކްރެސެންޓުން ބިދޭސީންނަށް އެޗް1އެން1އާ ބެހޭ މައުލޫމާތު ދީފި
- ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ރެޑްކްްސެންޓުގެ އައްޑޫ ހިތަދޫ ބުރާންޗުން ފޯރުކޮށްދީފި.
- އައްޑޫގައި އުޅޭ ގިނަ ބިދޭސީންނަށް އެޗް1އެން1އާ ގުޅޭ މައުލޫމާތު ދީފައި ނެއްކަން ފާހަގަކުރެވޭ.
- މައުލޫމާތު ފޯރުކޮށްދިން ގިނަ ބިދޭސީންނަށް، މިފަދަ ރޯގާއެއް ފެތުރިގެން އުޅޭކަންވެސް ނޭނގޭ ކަމަށް ރެޑްކްރެސެންޓުން މައުލޫމާތުދޭ.

އައްޑޫ ރެޑްކުރެސެންޓުގެ ފަރާތުން ބިދޭސީންނަށް މައުލޫމާތު ދެނީ.
ރޯގާއަށް ފަރުވާ ހޯދާ މީހުންގެ އަދަދު ދަށްވާން ފަށައިފި
ރޯގާޖެހިގެން ފަރުވާ ހޯދަމުން އަންނަ އަދަދު ދަށްވަމުން އަންނަ ކަމަށް ހެލްތު ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މިދިޔަ އަންގާރަ ދުވަހު ރޯގާޖެހިގެން ރާއްޖެ އިން 2334 މީހަކު ފަރުވާހޯދާފައިވާ އިރު ބުދަ ދުވަހު އެ އަދަދު ވަނީ 1890 އަށް ދަށްވެފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އެއަދަދު 2540 އަށް އެރި ނަމަވެސް އިއްޔެ ވަނީ ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު 1549 އަށް ދަށްވެފަ އެވެ.
އެޗުވަންއެންއަށް ޕޮސިޓިވްވެގެން ހަ މީހަކަށް ދަނީ ފަރުވާދެމުން: އެޗްޕީއޭ
ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ އެންވަންް އެންވަން އިންފުލުއެންޒާ ރޯގާއަށް ޕޮސިޓީވް ވެފައިވާ މީހުންގެ ތެރެއިން ހަ މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.
އިއްޔެ ޑޮކްޓަަރަށް ދެއްކި މީހުންގެ ތެރެއިން އެޗްވަންއެންވަންއަށް ޓެސްޓްކޮށްފައި ވަނީ އަށް މީހެކެވެ. އޭގެތެރެއިން ޕޮސިޓިވްވެފައިވަނީ ހަ މީހެކެވެ.
މިއަދު އެޗްޕީއޭ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެޗްވަންއެންވަންއަށް ޕޮސިޓިވްވި ހަ މީހަކު އެޑްމިޓްކޮށް ދަނީ ފަރުވާ ދެމުންނެވެ. އެމީހުންނަށް ފަރުވާދެމުންދަނީ މާލޭ ހޮސްޕިޓަލުތަކުގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ސްވައިން ފްލޫ ޖެހުނު ދިވެހިންތަކަކަށް ފަރުވާއެއް ނުދެން: ލަންކާ ހޮސްޕިޓަލް
ސްވައިން ފްލޫ ޖެހުނު ދިވެހިންތަކަކަށް ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކެއް އެ ހޮސްޕިޓަލުން ދޮގު ކޮށްފިއެވެ.
އެ ވާހަކަތައް ދޮގުކޮށް ލަންކާ ހޮސްޕިޓަލްގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު (ޖީސީއީއޯ)، ޑރ. ޕުރަސާދް މެޑަވައްތޭ ނެރެފައިވާ ބަޔާނަކާ ބުނެފައި ވަނީ، ސްވައިން ފްލޫ ޖެހުނު އެއްވެސް ދިވެއްސަކަށް އެ ހޮސްޕިޓަލުން އެޑްމިޓްކޮށްގެން ފަރުވާ ނުދޭ ކަމަށެވެ. އަދި އެ ބަލީގައި އެއްވެސް މީހަކު ނިޔާވެފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

މާސްކް އެޅުމުގައި ސަމާލުވާންވީ ކަންކަން
ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާއިން ސަލާމަތް ވުމަށާއި ރޯގާ ފެތުރުން މަދުކުރުމަށް ގިނަ ބަޔަކު ދަނީ މާސްކް ބޭނުންކުރަމުންނެވެ. ނަމަވެސް ބަލިފެތުރުން މަދުކުރުމަށް މާސްކް އަޅާއިރު ގިނަ މީހުންނަށް ނޭނގޭ ގިނަ ކަންތައްތަކެއް ވެސް ހުރެ އެވެ.
ނޭފަތާއި އަނގަ ރީތިކޮށް ނިވާކުރޭ

މާސްކް އަޅާއިރު ނޭފަތާއި އަނގަ ރީތިކޮށް ނިވާކުރޭ ---
މާސްކް އަޅާ އިރު ބައެއް ފަރާތްތަކުން ހަމައެކަނި އަނގަ ނިވާކޮށް ނޭފަތް ނިވާނުކޮށްހުރެ އެވެ. ނަމަވެސް އެއީ ރަނގަޅުގޮތެއް ނޫނެވެ. ބައްޔެއް ފެތުރުން ހުއްޓުވުމަށާއި ބަލިން ރައްކާތެރިވެ ހުރުމުގެ ގޮތުން މާސްކް އަޅާ ނަމަ އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށް ޑރ. އަބްދުﷲ ނިޔާފް ވަނީ އިރުޝާދު ދެއްވައިފަ އެވެ.
"ހަމައެކަނި އަނގަ ނިވާކޮށްފައި ނޭފަތް ނިވާނުކުރާ ނަމަ މާސްކް އެޅުމުގެ ބޭނުމެއް ނެތް. ނޭފަތާއި އަނގަ ނިވާކުރަން ވާނެ މާސްކް އަޅާއިރު،" ޑރ. ނިޔާފް ވިދާޅުވި އެވެ.

ރާއްޖޭގައި ފެތުރޭ ރޯގާއާ ގުޅިގެން ސްރީލަންކަނުން ސަލާމަތީ ފިޔަވަޅުތަކެއް އަޅައިފި
ރާއްޖޭގައި ފެތުރެމުންދާ އިންފުލުއެންޒާ ރޯގާ އާ ގުޅިގެން ރާއްޖެ އަށް އެންމެ ގިނަ ދަތުރުކުރާ ބޭރުގެ އެއާލައިން، ސްރީލަންކަން އެއާލައިންސް އިން ސަލާމަތީ ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.
ސްރީލަންކަން އެއާލައިންސްގެ ކުރޫއާ ހަވާލާދީ ސްރީލަންކާގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ފިޔަވަޅުތައް އަޅަން ނިންމާފައި ވަނީ ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތައް ނުކުރުމަށް ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާތީ ކަމަށެވެ.
ކައުންސިލް އިންތިޚާބު މެއި 6 ވަނަ ދުވަހަށް ފަސްކޮށްފި
ރާއްޖޭގައި މިދުވަސްވަރު ހަލުއިކަމާ އެކު ފެތުރެމުންދާ އިންފުލުއެންޒާ ރޯގާއާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކޮށްފި އެވެ.
އެކަން އިއުލާނުކޮށްފައި ވަނީ ރޭ އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
"ފަނަރަ އޭޕްރީލުގައި އިންތިހާބު ބޭއްވުމަށް ޓަކައި ކުރަން ޖެހޭ ތައްޔާރީތައް ވަމުން މިދަނީ މިހާރު ވެސް. އެހެން ނަމަވެސް ރާއްޖޭގައި މިހާރު ފެތުރެމުންދާ އިންފުލުއެންޒާ ރޯގާ އާ ގުޅިގެން، އަޅުގަނޑުމެން ގައުމީ ލަފާދޭ ކޮމިޓީގައި މަޝްވަރާކޮށްފައި މިރޭ މި ނިންމީ އިންތިހާބު އަޅުގަނޑުމެން އެބަ ޖެހޭ ކަމަށް ތާރީހު ލަސް ކުރަން. އެހެންވީމަ އެގޮތުން އިންތިހާބުގެ ތާރީހަށް މި ބަދަލު ގައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާއާ އެކީގަ މިގެނެވުނީ 6 މެއި ގަ އިންތިހާބު ބާއްވާ ގޮތަށް،" އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ރޭ ވިދާޅުވި އެވެ.

އެޗްވަންއެންވަން އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 108 އަރައިފި ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި
އިއްޔެގެ ނިޔަލަށް އެޗްވަންއެންވަންއަށް ޓެސްޓު ކުރި މީހުންގެ އަދަދަކީ 343
- ރޯގާ ޖެހިގެން އިއްޔެ އަތޮޅުތެރެއިން 1151 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު، އޭގެ ތެރެއިން 34 މީހަކު އެޑްމިޓްކޮށްފައިވޭ
- މާލެއިން ރޯގާޖެހިގެން އިއްޔެ ޑޮކްޓަރަށް ދައްކާފައިވަނީ 1153 މީހުން. އޭގެ ތެރެއިން އެޑްމިޓު ކުރީ 15 މީހުން.
މާޗް 14، 2017: މިދުވަސް ވަރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާގައި ހުން އައިސް ރޯގައި ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ: ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް ހޮސްޕިޓަލްތަކުން އިލްތިމާސްކޮށްފައި --- ފޮޓޯ/ ފަޔާޒު މޫސާ
އެލްޖީއޭގައި މަސައްކަތް ކުރާ މާބަނޑު އަންހެނުންނަށް ވެސް ޗުއްޓީދީފި
އެޗްވަންއެންވަން އާ ގުޅިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގައި މަސައްކަތް ކުރާ މާބަނޑު މުވައްޒަފުންނަށް އެ އޮޓޯރިޓީން ވަކި އެއްޗެއް އަންގަންދެން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފި.
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރައްވައިފި
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މާދަމާ ރާއްޖެ އަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅު، ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ސްވައިން ފުލޫގެ ސަބަބުން ފަސްކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ދާދިދެންމެ އަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ ރަސްގެފާނުގެ ދަތުރުފުޅު ފަސް ކުރެއްވީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމުގެ ރޯގާ އާ ގުޅިގެން ކަމަށެވެ.
"ދިވެހި ރާއްޖޭގައި މިހާރު ފެތުރެމުންދާ ފުލޫގެ ރޯގާއާ ގުޅިގެން ސައުދީ ރަސްގެފާނު ދިވެހި ރާއްޖެ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެވިފައިވާ ވާހަކަ ތިޔަ އެންމެހާ ބޭފުޅުންގެ މައުލުމާތަށް ޓަކައި ދަންނަވަން،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
މުއްދަތެއް ނެތް ގޮތަށް އެޗްޑީސީން ޗުއްޓީ ދިނީ މާބަނޑު މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މުވައްޒަފުންނަށް
އެޗްޑީސީގެ މާބަނޑު މުވައްޒަފުންނާއި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މުވައްޒަފުންނަށް މުސާރަ ހިނގާ ގޮތަށް ޗުއްޓީ ދީފިއެވެ.
އެ ކުންފުނީގެ އެޗްއާރް ޑިރެކްޓަރު އަހުމަދު ފާތިހު "ސަން"އަށް މިރޭ ވިދާޅުވީ އެކުންފުނީގައި މަސައްކަތް ކުރާ، ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ އިތުރުން، ހުޅުމާލޭގައި ސިއްހީ ބަލިމަޑުކަމެއް ފެތުރިދާނެތީ، އެކަމުން ރައްކާތެރި ވުމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
އާސަންދަ އާއި އެޗްޕީއޭއާ ގުޅިގެން ރައްޔިތުން ހޭލުންތެރިކޮށް، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ފޮގް ކުރުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ހުޅުމާލޭގައި ހުރި ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަދިރި އުފެދޭ ގޮތަށް ހުރި 76 ތަނަކަށް އިއްޔެކެމިކަލް ޖަހައި މަދިރި އުފެދޭ ތަންތަން ނައްތާލާފައިވާ ކަމަށްވެސް ފާތިހު ވިދާޅުވި އެވެ.
We are working closely with relevant authorities to educate the public about the influenza outbreak, by distributing awareness materials.pic.twitter.com/fZUf4oJpRM
— HDC (@hdcmaldives)March 16, 2017
އިންފްލުއެންޒާއާ ގުޅިގެން އާންމުކޮށް އެންމެ ބޮޑު ވަރު ވަނީ ސިއްހީ މައްސަލަތައް ހުންނަ ފަރާތްތަކަށް. އެހެންވެ އަޅުގަނޑުމެން ނިންމީ އެފަދަ ބޭފުޅުން މަސައްކަތުގެ މާހައުލަށް ނުގެނެސް ޗުއްޓީ ދިނުމަށް. މީގެ އިތުރުންވެސް ބައެއް ހަރަކާތްތައް އެބަ ކުރިއަށް ގެންދަން ހުޅުމާލޭގައި ބަލި ފެތުރިޔަނުދިނުމަށް
ބަލި ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަމެއް އަދި ނެތް: ޑރ. ނިޔާފު
ޓީވީއެމްގައި ވާހަކަފުޅު ދައްކަވަމުން އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ނިޔާފު ވިދާޅުވީ ރާއްޖޭގައި ކުރިން ނުފެތުރޭ ވަރަށް އެޗްވަންއެންވަން ފެތުރެމުންދާތީ، މި ދަނޑިވަޅަކީ ހާއްސަ ހާލަތެއް ކަމަށް. އަދި އެ ބަލި ފެތުރެމުންދާ ގޮތުން ބަލި ކޮންޓްރޯލު ކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް.
"މި ބައްޔަށް ސުވައިން ފުލޫ ކިޔުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން"
ޑރ. ނިޔާޒު ވިދާޅުވީ ރާއްޖޭގައި މި ދުވަސްކޮޅު ފެތުރެމުންދާ އެޗްވަންއެވަންއަށް "ސުވަން ފުލޫ" ކިޔުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫން ކަމަށް. އޭނާ ވިދާޅުވީ ސުވައިން ފުލޫއަކީ އޫރުގެ ބައްޔެއް ކަމަށާއި އިންސާނުންނަށް އެ ބަލި ޖެހުނީ އޫރުގެ ޒަރިއްޔާއިން ކަމަށް. ދެހާސްނުވަ ވަނަ އަހަރު އެ ބަލި ދުނިޔޭގައި ފެތުރެން ފެށުމުމުން އެ ބައްޔަށް ކިޔަން ފެށީ "ސުވައިން ފުލޫ" ކަމަށް ނިޔާފު ވިދާޅުވި.
ނަމަވެސް މިހާރު އެ ބައްޔަކީ އެކަކު އަނެކެއްގެ ގައިން އިންސާނުންގެ މެދުގައި ފެތުރޭ ބައްޔެއް ކަމަށާއި އެ ބައްޔަކީ "ހިއުމަން ފުލޫ" އެއް ކަމަށް ޑޮކްޓަރު ވިދާޅުވި. އޭނާ ވިދާޅުވީ އެ ބައްޔަށް "ސުވައިން ފުލޫ" ކިޔުން އުވިގެން ނުދާ ކަމަށާއި އަދި އެ ނަން ކިޔުން ވެސް މަނަލެއް ނޫން ކަމަށް.
އެޗްވަން އެންވަން ވައިރަސްއާ ގުޅިގެން މީހުން ހޭލުންތެރިކުރުވުމަށްޓަކައި މޯލްޑިވިއަން ރެޑް ކްރެސެންޓުން ކުރަމުންދާ މަސައްކަތުގައި އެހީތެރިވެދިނުމަށް ވިލިމާލޭގައި 270 އަށް ވުރެ ގިނަ ބިދޭސީން ބައިވެރިވެއްޖެ
އަތޮޅުތަކުގައި ތިބި މާބަނޑު މީހުންނަށް ފުލޫ ވެކްސިން ފޮނުވަނީ
އަތޮޅުތަކުގައި ތިބި މާބަނޑު މީހުންނަށް އިންފުލުއެންޒާ ފުލޫ ވެކްސިން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފި.
މާ ލަސްތަކެއް ނުވެ އަތޮޅުތަކުގެ މާބަނޑު މީހުންނަށް ވެސް ފުލޫ ވެކްސިން ލިބިގެންދާނެ
އުއްމީދަކީ ހަފްތާއެއްގެ ތެރޭގައި ރޯގާ ކޮންޓްރޯލް ކުރުން: މިނިސްޓަރު
ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އިންފުލުއެންޒާ ރޯގާ، އެޗްވަންއެންވަން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިޔަ ނަމަވެސް އުއްމީދަކީ ހަފްތާއެއްގެ ތެރޭގައި ރޯގާ ކޮންޓްރޯލް ކުރެވިގެން ދިއުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ.
އުމްރާއަށް ދާ މީހުން ބޭނުންކުރާ ވެކްސިން. އެއީ ޕްރޮޓެކްޝަނަށް ޖަހާ އެއްޗެއް. ފުލޫ ކްލިނިކްގައި ތިބޭ ބޭފުޅުންނަށް ވެސް މިރޯގާގެ ވެކްސިން ވަނީ ދީފައި. އަދި މިހާރު އަޅުނގަޑުމެން މިގެންދަނީ މާބަނޑު މީހުންނަށް ވެކްސިން ދެމުން. ޓެކްނިކަލް ޓީމުން ސްޓޭޖަކަށްފަހު ސްޓޭޖަކަށް ދަނީ އެޓެންޑްވަމުން،"
އެސްޓީއޯ އާއި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކުގެ މާބަނޑު މުވައްޒަފުންނަށް ވެސް ޗުއްޓީ ދީފި
ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ހުމުގެ ސަބަބުން މާބަނޑު މީހުންނަށް ނުރައްކާ ބޮޑުކަމަށްވާތީ، އެސްޓީއޯ އާއި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކުގެ މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ދީފިއެވެ.
އެ ކުންފުނީގެ ސަބްސިޑަރީ އަށް ކުންފުންޏެއް އޮންނަ އިރު، އޭގެ ތެރެއިން ރާއްޖޭގައި ހިންގާ ހަތް ކުންފުނީގެ މާބަނޑު މުވައްޒަފުންނަށް ވަނީ ޗުއްޓީ ދީފަ އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތައް:
އެލައިޑް އިންޝުރެންސް
- ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)
- މޯލްޑިވް ގޭސް
- މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ
- މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްސް
- ލަފާޖް މޯލްޑިވްސް ސިމެންޓް
- މިފްކޯ
މާލޭގެ އެކި ސަރަހައްދުތަކުގައި ރޯގާއަށް ފަރުވާދޭން އޭޑީކޭން ނުކުމެއްޖެ
މާލޭގެ އެކި ސަރަހައްދުތަކުގައި ރޯގާއަށް ފަރުވާ ދިނުމުގެ ގޮތުން އޭޑީކޭއިން ކުރިއަށް ގެންދާ ހަރަކާތުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި މޮބައިލް ފުލޫ ކުލިނިކެއްގައި ފަރުވާ ދެނީ.
ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ މޮބައިލް ފުލޫ ކްލިނިކުން ފަރުވާ ދިނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00އަށް. އަދި މިރޭ 8:00 އިން 10:00އަށް ލޯކަލް މާރުކޭޓު ސަރަހައްދުގައި ވެސް ރޯގާއަށް ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖައްސާނެ.
ސޯސަންގޭ ފުލޫ ކްލިނިކަށް ވޮލަންޓިއަރުން ހޯދަން އޭޑީކޭއިން އިއުލާންކޮށްފި
އޭޑީކޭއިން ހ. ސޯސަން ގޭގައި ހިންގާ ފްލޫ ކްލިނިކްގައި ވޮލަންޓިއާކޮށް މަސައްކަތް ކޮށްދޭނެ ނަރުހުންނާއި އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް ފޯރުކޮށްދޭނެ ފަރާތްތައް ހޯދަން އިއުލާންކޮށްފި.
ނަރުހުން ކުރަން ޖެހޭ މަސައްކަތަކީ އަންނަ ބަލި މީހުންގެ ވައިޓަލްސް ޗެކް ކުރުމާއި ބަލިމީހުންގެ މެޑިކަލް ހިސްޓްރީ ޗެކް ކުރުން.
އިދާރީ އެހީ ހޯދުމަށް ބޭނުންވާ ވޮލަންޓިއަރުން ކުރަން ޖެހޭ މަސައްކަތަކީ ބަލިމީހުންގެ ލިސްޓު އަޕްޑޭޓުކޮށް ބެލެހެއްޓުން.
މަސައްކަތުގައި އުޅެން ޖެހޭނީ ދުވާލަކު ދެ ގަޑިއިރާއި ހަ ގަޑިއިރާ ދެމެދުގެ މުއްދަތަކަށް ޝިފްޓް ޑިއުޓީ އުސޫލުން. ބޭނުން ގަޑިއެއް ހަމަޖެއްސޭނެ ކަމަށް އޭޑީކޭއިން ބުނޭ.
މުއްދަތެއް ނެތް ގޮތަށް އެމްޕީއެލް މާބަނޑު މުވައްޒަފުންނަށް ޗުއްޓީ
ރާއްޖޭގައި ފެތުރެމުންދާ އިންފުލުއެންޒާ ރޯގާގެ ސަބަބުން އެމްޕީއެލްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުސާރައާއި އިނާޔަތް ލިބޭ ގޮތަށް ވަކި ގޮތެއް އަންގަންދެން ވަޒީފާ އަށް ނުނިކުމެ ގޭގައި ތިބުމަށް އަންގައިފި
އެމްޕީއެލްގެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެގޮތަށް ނިންމީ މިހާރު ފެތުރެމުންދާ ރޯގާގެ ނުރައްކާތެރިކަން އެންމެ ބޮޑު އެއް ކެޓަގަރީގައި މާބަނޑު މީހުން ހިމެނޭތީ ކަމަށް
އަދި ގޭގައި ތިބުމަށް އަންގާފައިވާ މުއްދަތުގެ ތެރޭގައި އޮފީހުގެ މަސައްކަތް ނުކުރި ނަމަވެސް އޮފީހުން އެހީތެރިކަމަށް އެދިއްޖެނަމަ އެކަން ކުރެއްވުމަށް ވެސް ބަޔާނުގައި ބުނެފައިވޭ
ޝަރުއީ ދާއިރާގެ މާބަނޑު މީހުން އޮފީހަށް ނުކުންނަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި
ހަލުއިކަމާއެކު ފެތުރެމުންދާ އެޗްވަންއެންވަން އިންފުލުއެންޒާގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރޭގައި މާބަނޑު މީހުން ހިމެނޭތީ، ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާ މާބަނޑު މުވައްޒަފުން މިއަދުން ފެށިގެން މަސައްކަތަށް ނުކުންނަ ނުޖެހޭ ގޮތަށް އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ނިންމަވައިފި.
ރޯގާ އަށް ފަރުވާދިނުމަށް އޭޑީކޭ އިން މޯބައިލް ކްލިނިކެއް ތައާރަފުކޮށްފި
ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ އިންފުލުއެންޒާ ރޯގާ ފެތުރެމުންދާތީ، މާލޭގެ އެކި ސަރަހައްދުތަކުން ފުލޫ ކުލިނިކުގެ ހިދުމަތް ދިނުމަށް އޭޑީކޭ މޯބައިލް ފުލޫ ކުލިނިކް ތައާރަފްކޮށްފި އެވެ.
މާލޭގައި ހުންނަ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ އިން މިހާރު ވެސް ގެންދަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސް ހިންގާ އިމާރާތުގައި ވެސް ފުލޫ ކުލިނިކެއް ހުޅުވައި ހިދުމަތް ދެމުންނެވެ.
އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނީ، އެ ހޮސްޕިޓަލްގެ މޯބައިލް ފުލޫ ކުލިނިކުގެ ހިދުމަތް މިއަދު ދެ ތަނުން ދޭނެ ކަމަށެވެ.

އެޗްއާރްސީއެމްގެ މާބަނޑު އަންހެނުން އޮފީހަށް ނުނިކުންނަގޮތަށް ހަމަޖައްސައިފި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އެލާޓް އުވާލަންދެން ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގައި މަސައްކަތްކުރާ މާބަނޑު އަންހެނުން އޮފީހަށް ނުނިކުންނަގޮތަށް ހަމަޖައްސައިފި
މިޑްޓާމް ބަންދާއި ދިމާކޮށް ގައުމީ އެއާލައިންް މޯލްޑިވިއަންއިން ނަގާފައި ހުރި ޓިކެޓްތައް ބައެއް ފަރާތްތަކުން ކެންސަލް ކުރަމުން އަންނަ ކަމަށް އެއެއާލައިންއިން ބުނެފިއެވެ.
ހެލްތް ޕުރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިންް ވަނީ މިހާރު ފެތުރޭ ރޯގާ އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އެއްތަނުން އަނެއް ތަނަށް ދަތުރު ނުކުރުމަށާއި ގޭގައި ތިބުމަށް އިލްތިމާސްކޮށްފައެވެ.

މިހާރުއުޅޭ ރޯގާ ޖެހިގެން ފަރުވާއަށް އައިޖީއެމްއެޗުގައި ގިނައިން އެޑްމިޓްކުރީ ކުޑަކުދިން
މާލެއާއި އަތޮޅު ތެރޭގައި މިހާރު ފެތުރެމުންދާ އިންފުލުއެންޒާ ރޯގާއާ ގުޅިގެން އިތުރު ފަރުވާއަށް އައިޖީއެމްއެޗުގައި ގިނައިން އެޑްމިޓް ކޮށްފައި ވަނީ ކުޑަކުދިން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މި ރޯގާގައި މިހާތަނަށް 48 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި 24 ކުޑަކުދިން ހިމެނޭ ކަމަށް އައިޖީއެމްޗުން ބުންޏެވެ.
އެޗްވަންއެންވަން އަށް ޕޮސިޓިވްވި މީހުންގެ އަދަދު 105އަށް
އެޗްވަންއެންވަން އަށް ޕޮސިޓިވްވި މީހުންގެ އަދަދު 105އަށް
- ހަލުވިކަމާއެކު ފެތުރެމުންދާ އިންފުލުއެންޒާ، އަރައިފި.
- ރެއާ ހަމައަށް އެ އަދަދު އުޅެނީ 82ގައި.
- މިހާތަނަށް އިންފުލުއެންޒާއަށް ޓެސްޓްކޮށްފައިވަނީ 335 މީހެއް
ހުމާއި ރޯގާ ޖެހިގެން ދައްކާ އެންމެން އިންފުލުއެންޒާއަށް ޓެސްޓެއް ނުކުރާނެ
ހުމާއި ރޯގާ ޖެހިގެން ދައްކާ އެންމެން އިންފުލުއެންޒާއަށް ޓެސްޓެއް ނުކުރާނެ
- ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ އިންފުލުއެންޒާ ރޯގާގައި ހުމާއި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން.
- އެހެން ނަމަވެސް އެގޮތަށް .
- ނަމަވެސް ޑޮކްޓަރުން އިލްތިމާސްކުރަނީ އިންފުލުއެންޒާގެ އަލާމާތެއް ހުރިނަމަ ޑޮކްޓަރަށް ދެއްކުމަށް.
- ޑޮކްޓަރަށް ދެއްކުމުން ޓެސްޓު ނުހަދާތީ ބައެއް މީހުން ޝަކުވާކުރޭ.
ޑޮކްޓަރުން ގެންގުޅޭނެ ޗެކްލިސްޓެއް. ޗެކްލިސްޓުގައި ހުންނަ ވަކި ކަންކަމެއް ފާހަގަކުރެވުނީ ޓެސްޓް ހަދަން ޑޮކްޓަރުން އިރުޝާދު ދޭނީ،
ގައިދީންނަށްދޭ އާއިލީ އަދި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލައިފި
ގައިދީންނަށްދޭ އާއިލީ އަދި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލައިފި
- ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުރިހާ ޖަލުތަކުގައި ތިބި
- ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ، އެ ސާވިސްގެ ދަށުގައި ހުރި ޖަލުގައި ތިބި ގައިދިންނަށާއި ބަންދު މީހުންނަށް ދެމުންގެންދާ އާއިލީ އަދި އެކަހެރި ބައްދުވުންތައް މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް.
- ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ ޖަލުތަކަކީ މާލޭގައި ހުންނަ މާލޭ ޖަލާއި ކ. މާފުށީގައި ހުންނަ ޖަލުގެ އިތުރުން ހިންމަފުށީގައި ހުންނަ އައްސޭރި ޖަލު.

މާފުށީ ޖަލު ---ސަން ފޮޓޯ// ފަޔާޒު މޫސާ
އެޗްއާރުސީއެމް
ހިއުމަން ރައިޓްސް ކޮމިޝަންގެ މުވައްޒަފަކަށް ނުވަތަ މުވަޒަފުގެ އާއިލާގެ މެންބަރަކަށް، އިންފުލުއެންޒާ ޖެހިއްޖެ ނަމަ، އެ މުވަައްޒަފަކު އޮފީހަށް ނުނިކުންނަ ގޮތަށް އެ ކޮމިޝަނުން ހަމަޖައްސައިފި.
ސިވިލް ސާވިސްގައި މަސައްކަތްރާ މާބަނޑު މީހުން އޮފީހަށް ނާންނަ ގޮތަށް ހަމަޖައްސައިފި
ސިވިލް ސާވިސްގައި މަސައްކަތްރާ މާބަނޑު މީހުން އޮފީހަށް ނާންނަ ގޮތަށް ހަމަޖައްސައިފި
- ހަލުއިކަމާއެކު ފެތުރެމުންދާ އެޗްވަންއެންވަން އިންފުލުއެންޒާގެ ނުރައްކާ އެންމެ ބޮޑު ކެޓަގަރީގެ ތެރޭގައި މާބަނޑު މީހުން ހިމެނޭތީ، .
- މިގޮތަށް ހަމަޖައްސާފައި ވަނީ، ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން.
- އޮފީހަށް ނުނިކުތަސް އެދުވަސްތަކުގެ މުސާރަ މުވައްޒަފުންނަށް ލިބޭނެ.
އޭޑީކޭ ހޮސްޕިޓަލް
- ހަލުވިކަމާއެކު މިހާރުފެތުމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ވައިރަސް ރޯގާއަށް އިއްޔެ އޭޑީކޭއިން 254 މީހުންނަށް ފަރުވާދީފި.
- އޭޑީކޭގެ ފުލޫ ކްލިނިކްގެ އިއްޔެގެ ތެފާސް ހިސާބުތައް ދައްކާގޮތުން 117 އަންހެނުންނާއި 137 ފިރިހެނުން ވަނީ ހުމާ ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައި.
- އޭޑީކޭގެ ފުލޫ ކްލިނިކް ހުންނަނީ އެމްއެންޔޫ ބިސްނަސް ސުކޫލު ސޯސަން މަގުގަ. އެތަނުން ފުލޫ ޖެހިގެން ދާ މީހުންނަށް ހިލޭ ޑޮކްޓަރަށް ދެއްކޭ
ފުލޫއާ ގުޅިގެން އިލެކްޝަންސްގެ ހުރިހާ މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ދީފި
ހަލުވިކަމާ އެކު ރާއްޖޭގައި ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާ އާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރާ މާބަނޑު އަންހެނުންނަށް ޗުއްޓީދީފި އެވެ.
މާބަނޑު މީހުންނަށް ރޯގާ ޖެހިއްޖެ ނަމަ ސީރިއަށް ހާލަތަށް ދިއުމުގެ ނުރައްކާ އޮތް ކަމަށް ޑޮކްޓަރުން ދަނީ ފާހަގަކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އެ ކޮމިޝަނުގައި މަސައްކަތް ކުރާ ޕާޓް ޓައިމް ވިޔަސް ފުލް ޓައިމް މާބަނޑު މީހެއް ނަމަވެސް ޗުއްޓީ ދީފައިވާ ކަމަށެވެ. ނަމަވެސް އެ ކޮމިޝަނުގައި މަސައްކަތް ކުރަނީ ކިތައް މާބަނޑު މީހުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ހުން ޖެހުނު މީހަކު ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ
ހުން ޖެހުނު މީހަކު ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ
- ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ހުން ޖެހުނު .
- އޭދަފުށީ ހޮސްޕިޓަލުގައި މީގެ ތިން ދުވަސް ކުރިން އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ އޭދަފުށީ، ލިލީޕާކު، ފާތިމަތު ނަޖުމާ މޫސާ، 59، އަހަރު.
- އޭދަފުށީ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު ވަހީދު މިއަދު ވިދާޅުވީ، ނިޔާވި މީހާއަކީ ހިތުގެ ބަލި ހުންނަ މީހެއް ކަމަށާއި ދޭތެރެ ދޭތެރެއިން ނޭވާލުމުގެ މައްސަލަ ދިމާވެގެން އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ކަމަށް. އަދި ހުން އައިސްގެން އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރި ނަމަވެސް، މިހާރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން އަށް އޭނާ ޕޮޒިޓިވްވި ކަމެއް ނޭނގެ. އޭދަފުށި ހޮސްޕިޓަލުން އެ ބައްޔަށް ޓެސްޓު ހެދޭކަށް ވެސް ނުހުރޭ.
އަތޮޅުތަކުގައި އެޗްވަންއެންވަން އަށް ސާމްޕަލް ނެގޭނެގޮތް ހަދައިދޭނަން: އެޗްޕީއޭ
އަތޮޅުތަކުގައި ސާމްޕަލް ނެގޭނެގޮތް ހަދައިދޭނަން: އެޗްޕީއޭ
އަތޮޅުތަކުގައި ވެސް އެޗްވަންއެންވަންއަށް ޓެސްޓް ކުރަން ސާމްޕަލް ނަގަން ޖެހިއްޖެ ފަރާތެއްގެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި.
އެޗްވަން އެންވަން އަށް ޕޮސިޓިވްވި 51 އަހަރުގެ އަންހެނަކު ނިޔާވެއްޖެ
އެޗްވަން އެންވަން އަށް ޕޮސިޓިވްވި 51 އަހަރުގެ އަންހެނަކު ނިޔާވެއްޖެ
ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ވައިރަހަށް ޕޮސިޓިވްވި ފ. ނިލަންދޫ 51 އަހަރުގެ އަންހެނަކު ނިޔާވެއްޖެ އެވެ.
އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ ފ. ނިލަންދޫ ބުރުނީގެ، ފާތިމަތު އިސްމާއިލް، 51، ކެވެ.
އެ އަންހެން މީހާ ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެނގިފައިވާ ގޮތުން ފާތިމަތު އައިޖީއެމްއެޗަށް ގެންދިޔައީ ކިޑްނީގެ މައްސަލަތަކެއް ހުރެގެންނެވެ.
ހެލުތުގެ ދާއިރާއިން އޮޅުވާލަން ޖެހޭ އެއްވެސް ކަމެއް ނެތް: މިނިސްޓަރު
ހެލުތުގެ ދާއިރާއިން އޮޅުވާލަން ޖެހޭ އެއްވެސް ކަމެއް ނެތް: މިނިސްޓަރު
ހަލުވި ކަމާއެކު މުޅި ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން ނުވަތަ ސުވައިން ފްލޫއާ ބެހޭ މައުލޫމާތު ސިއްހީ ދާއިރާއިން އޮޅުވާލައި ރައްޔިތުންނަށް ހަގީގަތް ހާމަނުކޮށް ތިބެން ޖެހޭ، އެއްވެސް ސަބަބެއް ނެތް ކަމަށް ހެލްތު މިނިސްޓަރު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
"ޗެނަލް 13"ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ރޭ ވިދާޅުވީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ރޯގާ ހެލްތު މިނިސްޓްރީގެ ސަމާލު ކަމަށް އައި ހިސާބުން ފެށިގެން ކަމާ ބެހޭ ފަރާތްތަކުގެ އެހީގައި ފިޔަވަޅު އަޅަން ފަށާފައިވާނެ ކަމަށާއި އެއްވެސް ކަމެއްގައި އޮޅުވާލާފައި ނުވާނެ ކަމަށެވެ.
"ހެލުތު ދާއިރާއިން ހެލްތުގެ ކަމެއްގައި އޮޅުވާލަން ޖެހޭ އެއްވެސް ކަމެއް ނެތޭ. އަޅުގަނޑުމެންގެ ތަފާސްހިސާބުތައް ބެލެހެއްޓުމާއި ތަފާސްހިސާބު ރައްޔިތުންނަށް އޮޅުން ފިލިވައި ދިނުމުގެ ނިޒާމް އެއަށްވުރެން ހަރުދަނާކޮށް ތަރުތީބު ކުރެވިފައިވޭ. އެހިސާބްތައް ބައްލަވަން ބޭނުންފުޅު ބޭފުޅަށް ލިބޭނެ ގޮތް އަޅުގަނޑުމެންގެ އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
ތިނަދޫއިން މާބަނޑު މީހަކު ސްވައިން ފުލޫއަށް ޝައްކު ކުރެވިގެން، މާލެއަށް
ގދ. ތިނަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ މާބަނޑު އަންހެނަކު ސުވައިން ފުލޫ ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން، މާލެ ގެންނަން ނިންމައިފި.
ސުވައިން ފުލޫއަށް ޝައްކު ކުރެވޭ ހަތަރު މީހަކަށް ތިނަދޫގައި ހުންނަ އައްބުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ދަނީ ފަރުވާދެމުން.
ސުވައިން ފުލޫ ޖެހުނު މީހުންގެ އަދަދު 82 އަށް އަރައިފި
އެ އަދަދަކީ ސްވަން ފުލޫއަށް ޝައްކު ކުރެވިގެން އިއްޔެގެ ނިޔަލަށް ޓެސްޓު ކުރި 279 މީހުންގެ ތެރެއިން ޕޮޒިޓިވްވި އަދަދު.
އެޗްޕީއޭއިން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޓެސްޓު ކުރި މީހުންގެ ތެރެއިން އިއްޔެ އެކަނި ވެސް ސުވައިން ފުލޫ ޖެހުނު މީހުންގެ އަދަދު 31 އަރާ. އަދި ފަރުވާއަށް އެދުނު މީހުންގެ އަދަދު އިއްޔެ އެކަނިވެސް 2314އަށް އަރާފައިވޭ.
ތަފާސްހިސާބުން ދައްކާ ގޮތުން އެންމެ ބޮޑަށް ހުމާއި ރޯގާ ފެތުރޭ އަތޮޅަކީ ރ. އަތޮޅު. ރ. އަތޮޅުން 157 މީހަކު ފަރުވާއަށް އެދިފައިވޭ.
އިއްޔެ ފަރުވާއަށް އެދުނު މީހުންގެ އަދަދު:
މާލެއިން: 898
- އަތޮޅު ތެރެއިން: 1416
އިއްޔެ އެޑްމިޓް ކުރި އަދަދު:
މާލެއިން: 4
- އަތޮޅު ތެރެއިން: 27
އެމްއެންޔޫގެ މާބަނޑު މުވައްޒަފުން ވަޒީފާއަށް ނުކުންނަށް ނުޖެހޭ ގޮތަށް ހަދައިފި
ސުވައިން ފުލޫގެ ނުރައްކާ މާބަނޑު މީހުންނަށް އޮތުމާ ގުޅިގެން، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި މަސައްކަތް ކުރާ މާބަނޑު މުވައްޒަފުން ވަގުތީ ގޮތުން ވަޒީފާއަށް ނުކުންނަށް ނުޖެހޭ ގޮތަށް އަންގައިފި އެވެ.
އެމްއެންޔޫގެ މާބަނޑު މުވައްޒަފުން ވަޒީފާއަށް ނުކުންނަށް ނުޖެހޭ މުއްދަތެއްގެ ވަނީ ކަނޑާއަޅާފަ އެވެ. އެއީ މާދަމާއިން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
އެ ނިންމުން ނިންމީ ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަޔާޒު ޝަރީފު ސޮއި ކުރައްވައި ޔުނިވަސިޓީގެ ހުރިހާ ފެކްޓީތަކަށް މިއަފު ފޮނުއްވެވި މެމޯއެއްގަ އެވެ.
އިންޑިއާގައި ސްވައިން ފްލޫ ފެތުރި، ގިނަ ބަޔަކު ދަނީ މަރުވަމުން
އިންޑިއާގައި ސްވައިން ފްލޫ ފެތުރި، ގިނަ ބަޔަކު ދަނީ މަރުވަމުން
މަހަރަޝްޓްރާ ސްޓޭޓު:މުޅި ސްޓޭޓުން ސްވައިން ފްލޫގެ 100 އަށް ވުރެ ގިނަ ކޭސް ފެނިފައިވޭ. ޖުމްލަ 26 މީހަކު ބަލީގައި މަރުވެފައިވާ އިރު، މާޗު މަހު އެކަނިވެސް 16 މީހަކު މަރުވެފައިވޭ. އެންމެ ގިނައިން މީހުން މަރުވެފައިވަނީ ޕޫނޭ ސިޓީއިން. ނާގްޕޫރު ސިޓީއިން ސްވައިން ފްލޫ ޖެހިގެން 46 އަހަރުގެ މީހަކު މަރުވެފައިވޭ. އަދި މިދިޔަ 10 ދުވަސް ތެރޭގައި ތިން މީހަކު ޕޮޒިޓިވްވި ކަމަށް ދައްކާ.
ރާޖަސްތާން ސްޓޭޓު:މިހާތަނަށް ހަތަރު މަރު. އަށްޑިހަ މީހަކު ޓެސްޓު ކޮށްައިވާ އިރު، 16 މީހަކު ސްވައިން ފްލޫއަށް ޕޮޒިޓިވް ކަމަށް ދައްކާ. އިއްޔެ ޖައިޕޫރު ސިޓީއިން ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައި.
ގުޖުރާތު ސްޓޭޓު:ރާޖުކޮތު ސިޓީއިން މިދިޔަ ދެ ހަފްތާ ތެރޭގައި ދެ މީހަކު ސްވައިން ފްލޫގައި މަރުވި.
ޓެމިލް ނާޑޫ:މިހާތަނަށް 1،000 އާށް ވުރެ ގިނަ މީހުން ސްވައިން ފްލޫއަށް ޕޮޒިޓިވް ކަމަށް ދައްކާފައިވޭ. ފެބްރުއަރީ 17 އާ ހަމައަށް ނުވަ މީހަކު މަރުވި. އިއްޔެ ސޫތުކުޅިން 68 އަހަރުގެ އަންހެނަކު ވަނީ ސްވައިން ފްލޫ ޖެހިގެން މަރުވެފައި.
ތެލަންގަނާ ސްޓޭޓު:މިއަހަރުގެ މިހާތަނަށް 27 މީހަކު ސްވައިން ފްލޫއަށް ޕޮޒިޓިވް ކަމަށް ދައްކާ. މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މިއަދާ ހަމައަށް އެ ސްޓޭޓުން ސްވައިން ފްލޫ ޖެހިގެން 11 މީހަކު މަރުވި.
ކަރުނާޓަކާ ސްޓޭޓު:ސްވައިން ފްލޫގައި މިއަހަރު ކަރުނާޓަކާ ސްޓޭޓުން ހަތް މީހަކު މަރުވެފައިވޭ. އަދި ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މިއަދާ ހަމައަށް 300 އާ ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވޭ.
ނާގްޕުރް ސިޓީ:މިހާތަނަށް މި ސްޓޭޓުން އެކަކު މަރުވެ، ތިން މީހަކު ވަނީ ސްވައިންފްލޫއަށް ޕޮޒިޓިވް ވެފަ. އިތުރު ހަ މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެންނަން ވަނީ ފަށާފައި.

ސުވައިން ފްލޫއާ ގުޅިގެން ސަރުކާރުން ފިޔަވަޅު އަޅާތޯ ބަލައިދިނުމަށް މަޖިލީހުގައި އެދިއްޖެ
ސުވައިން ފްލޫއާ ގުޅިގެން ސަރުކާރުން ފިޔަވަޅު އަޅާތޯ ބަލައިދިނުމަށް މަޖިލީހުގައި އެދިއްޖެ
މިހާރު ހަލުވިކަމާ އެކު ރާއްޖޭގައި ފެތުރެމުން އަންނަ ސުވައިން ފްލޫއާ ގުޅިގެން ސަރުކާރުން ފިޔަވަޅުއަޅާތޯ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ރިޔާޒު ހުށަހެޅުއްވި މައްސަލާގައި ވަނީ ސުވައިން ފްލޫ ޖެހިފައިވާ މީހަކު ދާދިފަހުން މަރުވެފައިވާ އިރު ސުވައިން ފްލޫ ޖެހިގެން މާބަނޑު އަންހެނަކާއި ކުޑަކުއްޖެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ހަލުވިކަމާ އެކު ސުވައިން ފްލޫ ފެތުރެމުންދާ ދިޔުން ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު އަޅާތޯ ބަލައިދިނުމަށް ރިޔާޒު ވަނީ އެ ކޮމެޓީގައި އެދިވަޑައިގެންފަ އެވެ.

މާބަނޑު މީހުންނަށް އިންފްލުއެންޒާ ވެކްސިން އޭޑީކޭ އިން ވެސް ޖަހަން ފަށަނީ
މާބަނޑު މީހުންނަށް އިންފްލުއެންޒާ ވެކްސިން އޭޑީކޭއިން ވެސް ޖަހަން ފަށަނީ އޭޑީކޭއިންވެސް މާބަނޑު މީހުންނަށް އިންފްލުއެންޒާ ވެކްސިން ޖަހަން ފަށަން ނިންމައިފި. އެ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް މިއަދު ވިދާޅުވި ގޮތުން ވެކްސިން ޖެހުމުގެ ކަންކަން މިއަދުން ފެށިގެން އެ ހޮސްޕިޓަލުން ކުރިޔަށް ދާނެ ކަމަށް. ވެކްސިން ދިނުން ކުރިޔަށް ދާނީ އޭޑީކޭ ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާގައި ހުންނަ ވެކްސިނޭޝަން ރޫމުން، ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ މެންދުރު ފަހު ތިނަކުން ހަވީރު ހަޔަކަށް.

ފުރިހަމަ ރައްކަލެއް ނޫން، އެކަމަކު ވެސް ބުއްދިވެރީ މާސްކު އަޅައިގެން އުޅުން
ރާއްޖޭގައި އެޗްވަންއެޗްވަން ވައިރަސް ފެތުރެމުންދާ ހާލަތަށް ބަލާއިރު، ސާޖިކަލް މާސްކަކީ އެ ވައިރަސް ހަށިގަނޑަށް ވާސިލުވުމުން މުޅީން ރައްކާތެރިކޮށްދޭނެ އެއްޗެއް ނޫނެވެ.
ވައިރަހަކީ އޭގެ ޒާތުގައި ވަރަށް ކުޑަ އެއްޗަކަށް ވެފައި، މާސްކުގައި ހުންނަ ލޯވަޅުތަކުގެ އެތެރެއިން ވައިރަހަށް ދަތުރުކުރެވޭނެ އެވެ.
އެހެންކަމުން، ބަލި ނުޖެހޭ މީހަކު މާސްކު އެޅިޔަސް، ވައިރަހަށް މާސްކުގެ ތެރެއަށް ވަނުމުގެ ފުރުސަތު އޮންނާނެ އެވެ.
އެހެން ނަމަވެސް ބަލި ޖެހިފައިވާ މީހަކު އެ މާސްކު އަޅައިގެން ހުރެއްޖެ ނަމަ ބަލި ފެތުރުމަށް ކޮންމެވެސް ވަރެއްގެ ހުރަހަކަށް ވާނެ އެވެ.
"ކިނބިއްސެއް އަޅާ އިރު ނުކުމެގެންދާ ކުޅުތިކިތަކުގެ ސައިޒު، ވައިރަހަށް ވުރެ ބޮޑުވާނެ. އެ މާސްކުގެ ލޯވަޅުތަކުން ދިއުމުގެ ފުރުސަތު ކުޑަވާނެ. ބަލި ޖެހިފައި ހުރި މީހަކު މާސްކު އަޅައިފި ނަމަ އޭނާގެ ފަރާތުން ވައިރަސް ބޭރަށް ފެތުރުމުގެ ފުރުސަތު ދަށްވުމުގެ ޗާންސު އެބަ އޮތް،" އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް "ސަން"އަށް ވިދާޅުވި އެވެ.
އެޗުވަންއެންވަންއަށް ޕޮޒިޓިވް މީހުންގެ އަދަދަށް ވަނީ ބަދަލު އައިސްފައި
އެޗްވަންއެންވަންއަށް ޕޮޒިޓިވް މީހުންގެ އަދަދަށް ބަދަލު އައިސްފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި އާ އަދަދުތައް ހާމަކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ބުނެފި. އެ އޭޖެންސީގެ ޑިރެކްޓަރު މައިމޫނާ އަބޫބަކުރު "ސަން"އަށް ވިދާޅުވީ އަދަދުތަކަށް ބަދަލު އައިސްފައިވާ ކަމަށާއި އެ އަދަދުތައް މިއަދުގެ ވަގުތެއްގައި ނޫސްބަޔާނެއް މެދުވެރިކޮށް ހާމަކުރާނެ ކަމަށް.
އިމާރާތްކުރާ ސައިޓުތަކުގައި ރޯގާއިން ރައްކާތެރިވުމުގެ ފިޔަވަޅު އަޅަން އަންގައިފި
ރާއްޖޭގައި ފެތުރެމުންދާ ހުމާއި ރޯގާ، ބާރު މިނެއްގައި ފެތުރެމުންދާތީ، ކޮންސްޓްރަކްޝަން ސައިޓުތަކުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއް ގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީން އިލްތިމާސްކޮށްފި އެވެ.

މާބަނޑު މީހުންނަށް އިންފުލުއެންޒާ ވެކްސިން ދޭން ފަށައިފި
މާބަނޑު މީހުންނަށް އައިޖީއެމްއެޗްގައި ވެކްސިން ދޭން ފަށައިފި
- މާބަނޑު އަންހެނުންނަށް އައިޖީއެމްއެޗުން އިންފްލުއެންޒާ ވެކްސިން ޖަހަން ފަށައިފި.
- އައިޖީއެމްއެޗުން ބުނާ ގޮތުން، އެ ހޮސްޕިޓަލުގެ ރީޕްރޮޑަކްޓިވް ހެލްތު ކްލިނިކުން ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ވެކްސިން ޖެހުން ކުރިޔަށް ދާނެ.
- ވެކްސިން ޖަހަން އަންނަ އިރު ޕްރެގްނަންސީ ކާޑާއި އައިޑީކާޑު ގެނައުމަށް އައިޖީއެމްއެޗުން އެދޭ.
Influenza vaccination to pregnant ladies will be give from IGMH RHC from 8am to 4pm. Bring id card and pregnancy card along.@HPA_MV
— IGMH (@igmhmv)March 15, 2017
ރޯގާ ޖެހިގެން ވޭތުވެދިޔަ ހަތަރު ދުވަހު އައިޖީއެމްއެޗްއިން 1098 މީހަކު ފަރުވާ ހޯދާފައިވާ ކަމަށް އެހޮސްޕިޓަލްއިން ބުނެފިއެވެ.
ހުމާއި ރޯގާ ފެތުރުން އާންމުވެފައިވާތީ އައިޖީއެމްއެޗްއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު ފުލޫ ކްލިނިކް އެއް ހުޅުވާފައެވެ. އެކުލިނިކް މިހާރު ތާޖުއްދީން ސުކޫލަށް ބަދަލުކޮށް އެތަނުން އެސްޓީއޯ ބޭސް ލިބޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.
ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކުމަށް ގިނަ އަދަދެއްގެ ބަޔަކު ފުލޫ ކުލިނިކަށް(ތާޖުއްދީން ސުކޫލް) އަށް ދަނީ އަންނަމުންނެވެ.
އެސުކޫލުގައި އެސްޓީއޯގެ ބޭސް ފިހާރައެއްވެސް ވަނީ ހުޅުވާފައެވެ.
"އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދައްކަން އެބައާދޭ، ރޯގާއަށް ފަރުވާދޭން ތާޖުއްދީން ސުކޫލުގެ ފުލޫ ކުލުނިކް ހުންނާނީ 24 ގަޑިއިރަށް ހުޅުވާފަ،"
ސްވައިން ފްލޫއަށް ޝައްކު ކުރެވޭ މާބަނޑު މީހާ ސިޒޭރިއަން ހަދައި، ދަރިފުޅު ނަގައިފި
ސަން"އަށް އެނގިފައިވާ ގޮތުގައި، ސިޒޭރިއަން ހަދާފައި ވަނީ އިތުރު ފަރުވާއަށް އިއްޔެ މާލެ ގެނައި މާބަނޑު މީހާއެވެ. އޭނާ ގެނައީ ހދ. ކުޅުދުއްފުށިންނެވެ.
އެނގިފައިވާ ގޮތުގައި، އޭނާ ވިހެއީ ބަނޑަށް ހަ މަހުގައެވެ.
މިސްކިތްތަކުގައި ގުނޫތު ކިޔުމަށް އަންގައިފި
މާލެ އާއި އަތޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ހުމާއި ރޯގާއާ އެކު އެޗްވަންއެންވަން ނުވަތަ ސުވައިން ފުލޫ ވެސް ފެތުރެމުންދާތީ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި 'ގުނޫތު ނާޒިލާ' ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރިން އެންގީ މާދަމާގެ މަޣުރިބު ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ގުނޫތު ކިޔުމަށެވެ.
ތާޖުއްދީން ސްކޫލުގެ ފުލޫ ކްލިނިކުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި
އޭޑީކޭގެ ފުލޫ ކްލިނިކް އެމްއެންޔޫގެ ސޯސަންމަގު އިމާރާތަށް ބަދަލުކޮށްފި
އޭޑީކޭގެ ފުލޫ ކްލިނިކް އެމްއެންޔޫގެ ސޯސަންމަގު އިމާރާތަށް ބަދަލުކޮށްފި
މާދަމާ (15 މާޗް 2017) އިން ފެށިގެން އޭޑީކޭ ހޮސްޕިޓަލްގެ ހުން އަދި ރޯގާ ކްލިނިކުގެ ހިދުމަތްތައް ފެކަލްޓީ އޮފް ސައިންސް، ގައުމީ ޔުނިވާސިޓީ (ސޯސަންމަގު) އިން ހިލޭ ލިބެން ހުންނާނެއެވެ. ކްލިނިކް ހުޅުވިފައި ހުންނާނީ ހެނދުނު 10:00 އިން ރޭގަނޑު 10:00 ށެވެ.
ފްލޫ ކްލިނިކަށް ދާންޖެހޭނީ ރޯގާ އާއި ހުން ހުރިނަމަ
ތާޖުއްދީން ސްކޫލުގައި އައިޖީއެމްއެޗުން ވަގުތީ ގޮތުން ހިންގަމުންދާ ފްލޫ ކްލިނިކުން ޚިދުމަތް ހޯދުމަށް އަންނާނީ އަރިދަފުސް ރޯގާއާ އެކު ހުން ވެސް އައިސްފައިވާ ފަރާތްތައް އެކަނި އެވެ.
އައިޖީއެމްއެޗުން ބުނީ ހަމައެކަނި ރޯގާ ޖެހި، ހުމުގެ އަސަރު ނެތް ނަމަ ފްލޫ ކްލިނިކަށް ދާން ނުޖެހޭނެ ކަމަށެވެ.
ފްލޫ ކްލިނިކުގައި ހަ ސްޓޭޝަނެއް ގާއިމުކޮށްފައިވާ އިރު، އެތަނުން ކުޑަކުދިންގެ ޑޮކްޓަރުންނާއި، އެތެރެހަށީގެ ޑޮކްޓަރުންގެ އިތުރުން މެޑިކަލް އޮފިސަރުން ހަރަކާތްތެރިވެ އެވެ.
ތާޖުއްދީން ސުކޫލު ފުލޫ ކްލިނިކުގައި ހެލްތު މިނިސްޓަރު
އައިޖީއެމްއެޗްގެ ފުލޫ ކްލިނިކްގައި މީހުން ގިނަވެ ބާރު ބޮޑު ވުމުގެ ސަބަބުން ތާޖުއްދީން ސުކޫލުގައި ހިދުމަތް ދޭން ފެށި ފުލޫ ކުލިނިކަށް ހެލްތު މިނިސްޓަރު ނާޒިމް ޒިޔާރަތް ކުރައްވައި، ފަރުވާގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވާލައްވައިފި.
އެމްއާރް ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި
އެމްއާރް ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި
މީސެލްސް އަދި ރުބެއްލާ ރާއްޖެއިން ނައްތާލުމަށް އެމްއާރް ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި. ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން އެގޮތަށް ނިންމީ ރާއްޖޭގައި ފެތުރެމުންދާ ހުމާއި ރޯގާއާއެކު، އެމްއެޗްވަންއެންވަން ނުވަތަ ސުވައިން ފުލޫ ޖެހޭ މީހުން ވެސް އިތުރުވަމުންދާތީ.
މޯލްޑިވިއަން އައިޑޮލްގެ މި ހަފުތާ ދެ ޝޯ ކެންސަލްކޮށްފި
މިދުވަސްކޮޅު ތަފާތު ވައިރަލް ރޯގާތައް ރާއްޖޭގައި ފެތުރެމުންދާތީ، އެކަން ކޮންޓްރޯ ކުރެވުމަށް ރައްޔިތުންނަށް ރައްކާތެރިކަން ހޯއްދަވައި ދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކައްކަތްޕުޅުތަކަށް އެއްބާލުން ދިނުމުގެ ގޮތުން، މޯލްޑިވިއަން އައިޑޮލްގެ މި ހަފްތާ ބަންދުގެ 2 ޝޯވ، އަންނަ ހަފްތާ ބަންދަށް ފަސްކުރެވިފައިވާ ވާހަކަ އައިޑޮލް ޝައުގުވެރިކަމާއެކު ބައްލަވާ އެންމެ ބޭފުޅުންގެ މައުލޫމާތަކަށްޓަކައި ދެންނެވީމެވެ.
ބަލި ނުޖެހޭ މީހުން މާސްކު އެޅުމުގެ ބަދަލުގައި، ޖެހިފައިވާ މީހުން މާކްސް އަޅަން އެދެފި
ފެތުރެމުންދާ ހުމާއި ރޯގާ ނުޖެހޭ މީހުން އަނގަޔާއި ނޭފަތް ނިވާ ކުރަން މާކްސް އެޅުމުގެ ބަދަލުގައި، އެ ބަލީގެ އަލާމާތްތައް ފެންނަ މީހުން މާސްކު އެޅުމަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފި
Evidence does not support the use of masks by healthy ppl 2prevent getting infected by flu.But ppl wit flu symptoms r recommended 2use masks
— HPA Maldives (@HPA_MV)March 14, 2017
މަކީޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަސްކޮށްފި
- މިމަހުގެ 20-23އަށް އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަކީޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަސްކޮށްފި.
- އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، މުބާރާތް ފަސްކުރީ، ރާއްޖޭގައި އެޗް1އެން1 ފެތުރޭތީ، އެޗްޕީއޭއިން ލެވެލް 3ގެ އެލާޓު ނެރެފައިވާތީ ކަމަށް.
- ކާރިސާގެ ހާލަތަށް ބެލުމަށް ފަހު، މުބާރާތް ބާއްވާނޭ ތާރީޚެއް ފަހުން އިއުލާނުކުރާނޭ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނޭ.
އެފްއެސްއެމްގައި މަސައްކަތް ކުރާ މާބަނޑު އަންހެނުންނަށް ސްވައިން ފްލޫއާ ގުޅިގެން ޚާއްސަ ޗުއްޓީއެއް ދިނުމަށް އެ ކުންފުނިން ނިންމައިފި
ސްވައިން ފުލޫއަށް ދޭ ވެކްސިނާއި ބޭސް ބޭނުންވާވަރަށް އެބަހުރިކަމަށާއި ޑޮކްޓަރުންގެ ލަފާގެ މަތިން ވެކްސިންވެސް ދެމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ. ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ސަން އަށް ވިދާޅުވީ ސްވައިން ފުލޫއަށް ޖަހާ ވެކްސިނާއި ބޭސް އެބަހުރި، ކަމަށާއި އިތުރަށް ގެންނަންޖެހޭ ނަމަ ގެނައުމުގެ ތައްޔާރީތައްވެސް ދަނީ ވަމުން ކަމަށެވެ.
"ވެކްސިން އެބަހުރި، ޑޮކްޓަރުންގެ ލަފާގެ މަތިން މިދަނީ ޖަހަމުން، މިސާލަކަށް މާބަނޑު މީހުންފަދަ މީހުންނަށް،"
ދުވާފަރުގައިވެސް ރޯގާ ދަނީ ފެތުރެމުން
މިހާރު ބާރުމިނުގައި ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާ ރ ދުވާފަރުގައިވެސް ފެތުރެމުންދާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފި
ދުވާފަރު ސިއްހީ މަރުކަޒުގެ ޒިންމާދާރު ވެރިޔާ އަލީ ރަޝީދު ވިދާޅުވީ އެރަށުގައި އެޗްވަން އެންވަން އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން ދުވާލެއްގެ މައްޗަށް 20 ނުވަތަ 30 މީހުން ޑޮކްޓަރަށް ދައްކާ ކަމަށް
ރޭވެސް އަށް މީހުން އެޑްމިކޮށްފައި ދޫކޮށްލިން. މިހާރު އެބައޮތް ހުމާއި ރޯގާ ޖެހިގެން ފަސް މީހުން އެޑްމިޓްކޮށްފަ. އަދަދު މިދަނީ އިތުރުވަމުން
ބިއުޓިފުލް އައިސް އާއި ޓައިނީ ހާޓްސް އިން ބާއްވަން އޮތް އިވެންޓް ފަސްކޮށްފި
ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާގެ ސަބަބުން ބިއުޓިފުލް އައިސް އޮފް މޯލްޑިވްސް އާއި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން ބާއްވަން އޮތް އިވެންޓް ކެންސަލް ކޮށްފި އެވެ.
ޑައުން ސިންޑްރޯމް ކުދިންނާ ގުޅޭ ގޮތުން އާމުން ހޭލުންތެރިކުރުވުމުގައި މަސައްކަތްކުރާ ބިއުޓިފުލް އައިސް އޮފް މޯލްޑިވްސްގެ ފައުންޑާ އަހުމަދު އަންސަމް ވިދާޅުވީ، ދުނިޔޭގެ ޑައުންސިންޑުރޯމް ދުވަހާ ގުޅިގެން އެ ޖަމިއްޔާއިން އަންނަ އަންގާރަ ދުވަހު ބާއްވަން އޮތް އިވެންޓް ކެންސަލް ކޮށްފައިވާ ކަމަށެވެ.

ރޯގާއާ ބެހޭ މައުލޫމާތު ވީއެންމެ ބޮޑަކަށް އާންމުކުރުމަށް އެމްޑީޕީން ގޮވާލައިފި
ބައްޔެއް ފެތުރެމުންދާ އިރު އެ ބަލި ފެތުރެމުން އަންނަ ކަމުގެ މައުލޫމާތު ސިއްރުނުކޮށް، ވީ އެންމެ ބޮޑަކަށް މައުލޫމާތު އާންމުކުރުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.
މިއަދު މެންދުރު ފަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ވަނީ، ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ފެތުރެމުން އަންނަކަން އެކި ސިޔާސީ ސަބަބުތަކާ ހުރެ ސަރުކާރުން ސިއްރުކުރި ކަމަށް ބުނެ ތުހުމަތުކޮށްފަ އެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ ޓުވިޓާ
ކުޑަކުދިން ބޭރަށް ނުނެރޭ
މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށާއި ބަލި ޖެހިފައިވާ ފަރާތްތައް އާންމުކޮށް ބޭރަށް ނުކުމެ ނޫޅުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކުރޭ
ޓެކްސީ ޑްރައިވަރުންނާއި، ފާމަސިންސްޓުން މާސްކް ބޭނުން ކުރުން މުހިންމު
ޓެކްސީ ޑްރަވަރުންނާއި ފާމަސިސްޓުން ހިދުމަތުގައި އުޅުއްވާއިރު މާސްކު ބޭނުންކުރުމަށް ސިއްހީ މާހިރުން ލަފާދެއްވާ
ޓެކްސީތަކަށް ބަލި މީހުން އަރާނެ
- ބަލިމީހުން ޓެކްސީގައި އަތްލުމުން ނުވަތަ ކެއްސާ ކިނބިހި އެޅުމުން ބަލި ފެތުރޭލެއް އަވަސް ވާނެ
- ޓެކްސީ ޑްރައިވަރުންވެސް އަވަސް އަވަހަށް އަތްސާފު ކުރުމަށް ސަމާލުވޭ
- ބަލިމީހާ ޑޮކްޓަރަށް ދެއްކުމަށް ފަހު ފާމަސީއަށް އަށް ގެންދާ ބޭސް ސިޓީ އެހާ ސާފު އެއްޗަކަށް ނުވާނެ،
- އަނގަމަތީ އަތްއަޅައި ކެއްސާ ކިނބިހި އެޅުމަށްފަހު ބޭސް ސިޓިގައި އަތްލާނެ
- ފާމަސިސްޓުންވެސް އަތް ސާފު ކުރުމަށް އިސްކަންދީ
ސިއްހީ ލަފާދެއްވާ ފަރާތްތަކުން ވިދާޅުވަނީ ރައްކާތެރިވެ ތިބުމަށް ފާމަސިސްޓުން މާސްކް އަޅައި އަވަސް އަވަހަށް އަތް ސާފު ކުރުން މުހިންމު ކަމަށް
އޭގެ އިތުރުން ބޭކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުންވެސް މާސްކް އެޅުމަށް ސަމާލުކަން ދިނުމަށް ސިއްހީ މާހިރުން ލަފާދެއްވާ
ބޭސްފިހާރަތަކުން ފޭސް މާސްކު ހުސްވެއްޖެ
- ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެޗް1އެން1 ވައިރަސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރުމާ އެކު .
- ބައެއް ބޭސް ފިހާރަތަކުގައި ސެނިޓައިޒާސް އަދި އެބަހުރި، ނަމަވެސް އެވެސް ދެދުވަހެއްގެ ތެރޭގައި ހުސްވެދާނެކަމަށް މައުލޫމާތު ލިބޭ.
ގައުމީ ޔުނިވަރސިޓީގެ ގްރެޖުއޭޝަން ފަސްކުރުން
ފެތުރެމުންދާ ރޯގާގެ ސަބަބުން، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ގުރެޖްއޭޝަން ވަކި މުއްދަތު ނެތް ގޮތަކަށް ފަސްކޮށްފިކަމަށް އެ ޔުނިވަރސިޓީން މައުލޫމާތުދޭ.
ސިފައިންގެ ހެވިކަމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ފަސްކޮށްފި
- މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ފަހުގެ ތާރީޚަކަށް ފަސްކޮށްފި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދޭ.
ހެލްތު މިނިސްޓްރީ
- މާލެއާއި އަޅާބަލާއިރު އަތޮޅުތެރޭގައި ހުމުގެ ކަންކަން އެހާ ސީރިއަސް އެއް ނޫން.
- އަތޮޅުތެރެއަށް ވެސް އަމަލުކުރަންވީ ޕްރޮޓޮކޯލް ދަނީ ކުރިއާލައި އަންގަމުން.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
- މިހާރު ފެތުރެމުން އަންނަ ރޯގާއާ ގުޅިގެން ކްރިކެޓް ބޯޑުން ހިންގާ ހުރިހާ ހަރަކާތެއް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި
- ބޯޑުގެ ހަރަކާތްތައް އަލުން ފަށާނޭ ތާރީޚެއް ވީ އެންމެ އަވަހަކަށް އަންގާނޭ ކަމަށް އެ ބޯޑުން މައުލޫމާތުދޭ.
އައިޖީއެމްޗުގެ ފުލޫ ކްލިނިކުން ތާޖުއްދީން ސުކޫލުގައި ހިދުމަތް ދެނީ
އައިޖީ އެމްއެޗްގެ ފުލޫ ކްލިނިކްގައި މީހުން ގިނަވެ ބާރު ބޮޑު ވުމުގެ ސަބަބުން ތާޖުއްދީން ސުކޫލުގައި ބަލިމީހުންނަށް ފަރުދޭން މަސައްކަތް ފަށައިފި
މިހާރު އައިޖީއެމްއެޗުގެ ފުލޫ ކްލިނިކަށް ތާޖުއްދީން ސުކޫލުގެ ހޯލު ތައްޔާރު ކުރަމުންދާއިރު މައުލޫމާތު ލިބެގޮތުން މިއަދު ދޭއް ޖަހާއިރު އެތަނުން ފަރުވާދޭން ފަށާނެ

އައިޖީއެމްއެޗުގެ ފުލޫ ކްލިނިކަށް ތާޖުއްދީން ސުކޫލު ތައްޔާރު ކުރަނީ ---
ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ރޯގާގެ ސަބަބުން ބައެއް ކޮލެޖްތަކުގެ ކިޔެވުންތައް ވެސް މެދުކަނޑާލައިފި
ވިލާ ކޮލެޖުން ބުނީ، މިއަދުން ފެށިގެން މިހަފްތާގެ ނިޔަލަށް އެ ކޮލެޖުގައި ކިޔަވައިދިނުން ނުބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް
ސައިރިކްސް ކޮލެޖުން ވެސް ބުނީ، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ކޮލެޖުގެ ކުލާސްތައް ވެސް ކެންސަލް ކޮށްފައިވާ ކަމަށް. އަދި ހޮނިހިރު ދުވަހުން ފެށިގެން ކުލާސްތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވޭ.
ކޮލެޖުގެ ކުލާސްތައް ކެންސަލް ކުރި ނަމަވެސް، ބަންދުވެފައި ހުންނަ ދުވަސްތަކުގައި ދަރިވަރުންނަށް ބޭނުންވާ މައުލޫމާތު ހެނދުނު 10:00 އިން ރޭގަނޑު 8:00 އަށް ކޮލެޖުގެ ކެމްޕަސް ތަކުން ލިބޭނެ ކަމަށް ސައިރިކްސް އިން ބުނޭ
އެވިޑް ކޮލެޖުން ވެސް ބުނީ އެ ކޮލެޖުގެ ކިޔެވުން މިއަދުން ފެށިގެން ވަކި ދުވަހެއް އަންގަންދެން ފަސް ކޮށްފައިވާ ކަމަށް
ހުމާ ރޯގާގެ ސަބަބުން އައިޖީއެމްއެޗް ގްރޫޕްސް އޮފް ހޮސްޕިޓަލްގައި ހިމެނޭ އައިޖީއެމްއެޗް އާއި ވިލިމާލެ ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންގެ އަހަރީ ޗުއްޓީ ހިފެހެއްޓުމަށް ނިންމައިފި
އައިޖީއެމްއެޗް ގްރޫޕްސް އޮފް ހޮސްޕިޓަލްގެ ޑިރެކްޓަރު ޒައުފިޝާ އަބްދުﷲ ކަމާލުއްދީން ފޮނުއްވި މެމޯގައި ބުނެފައިވަނީ، އެ ނިންމުމަކީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ސިއްހީ ޚިދުމަތްތަކަށް ބުރޫއެރިއަނުދީ އެ ޚިދުމަތްތައް އެންމެ އެދެވޭގޮތެއްގައި ދިނުމަށް ނިންމި ނިންމުމެއް ކަމަށް
އަދި ޗުއްޓީ ހިފެހެއްޓުމުން ޗުއްޓީ ކެންސަލްވާ މުވައްޒަފުންގެ ޗުއްޓީ ފަހުން ހަމަޖައްސައިދެވޭނެ ކަމަށް ބުނެފައިވޭ
މިދުވަސް ވަރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާގައި ހުން އައިސް ރޯގައި ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން އަންނަނީ ފަރުވާދެމުން: ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް ހޮސްޕިޓަލްތަކުން އިލްތިމާސްކޮށްފައި --- ފޮޓޯ/ ފަޔާޒު މޫސާ
އަލިފުށީގައި ބަލި ދަނީ ފެތުރެމުން
ބާރުމިނުގައި މިހާރު ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާ ރ އަލިފުށީގައިވެސް ބާރު މިނެއްގައި ފެތުރެމުންދާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފި
ދުވާލެއްގެ މައްޗަށް 50 ހާއި 75 ހަކާއި ދެމެދުގެ އަދަދަކަށް ދުވާލަކަށް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ
- އޭގެތެރެއިން 3 ބައިކޮށްފަ ދެބައި މީހުންގެ މިހާރު މިފެތުރޭ ރޯގާގެ އަލާމަތްތައް ހުރޭ
- އެޗްވަން އެންވަން އަށް އަދި އެއްވެސް ފަރާތެއް ޕޮސިޓިވްއެއް ނޫން
އަލިފުށީ ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތް އޮފިސަރު މުހައްމަދު ސުހައިލް ވިދާޅުވީ ބަލިން ރައްކާތެރިވެ ތިބުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ރައްޔިތުންނަށް ދެމުންދާ ކަމަށް .އެގޮތުން ޑޯޓު ޑޯ ގޭގެއަށް ގޮސް މައުލޫމާތު ހިއްސާކުރަމުން ދާ ކަމަށް ވިދާޅުވި
އައިޖީއެމްއެޗްގެ ފުލޫ ކްލިނިކްގައި ބައެއް ބަލިމީހުންނަށް ހިދުމަތް ދެނީ --- ސަންފޮޓޯ// ފަޔާޒު މޫސާ
އިންޓަރ ސްކޫލް ވޮލީބޯލް މުބާރާތް
- މިއަދާއި މިރޭ ކުޅުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅޭނޭކަމަށް ވީއޭއެމްއިން މައުލޫމާތުދޭ.
- ހަލުއިކަމާއެކު ސްވައިން ފްލޫ ފެތުރެމުން ދާތީ،
- މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ވަނީ ފަސްކޮށްފައި. އެ ރަސްމިއްޔާތު ބާއްވާނޭ ތާރީޚެއް ފަހުން ސްކޫލްތަކައް އަންގާނެ.
ގިނަ ޚަރަދުތަކެއް ކޮށްގެން އަތޮޅުތަކުގެ ސްކޫލްތަކުގެ ޓީމުތައް މާލެއައިސް ތިބީ. ފައިނަލްގައި އެކުދީން ކުޅެން ޖެހޭއިރު، ހަމަ އެކަނި ފައިނަލް މެޗް ފަސްކުރުމުން ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވާނެ. އެހެންކަމުން އަޅުގަނޑު އެދެނީ، ފައިނަލް މެޗު ކުޅުނު ކަމުގައިވީ ނަމަވެސް މެޗު ބަލަން އެތަނަށް ސަޕޯޓަރުން ނުދިއުން. މިއީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އަޅުގަނޑު ކުރާ އިލްތިމާސެއް
އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަސްކޮށްފި
- ފަސްކުރީ ސްވައިން ފްލޫއާ ގުޅިގެން.
- އަލުން ފަަށާނޭ ތާރީޚެއް ފަހުން އަންގާނެ
- ހޭންޑްބޯލްގެ ހުރިހާ ހަރަކާތެއް ވަނީ މެދުކަނޑާލާފައި
އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަސްކުރުމާ ގުޅޭގޮތުން، ހޭންޑްބޯލް މޯލްޑިވްސްގެ އެކްސްކޯގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ -- ސަން ފޮޓޯ:
"ފިޝް ކޭމްޕު" ބޭއްވުން ފަސް ކޮށްފި
- މިހާރު ފެތުރެމުންދާ ރޯގާ އާ ގުޅިގެން، ފިޝަރީޒް މިނިސްޓްރީން ސްކޫލް ކުދިންނަށް ބާއްވަމުން ގެންދާ "ފިޝް ކޭމްޕު" ބޭއްވުން ފަސް ކޮށްފި.
- ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހުސެއިން ސިނާން ވިދާޅުވީ، ގއ. ގެމަނަފުށީގައި އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައި އޮތް ފިޝް ކޭމްޕު ފަސް ކުރަން ނިންމީ ހެލްތު މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށް.
- ހާލަތު ރިއާޔަތްކުރުމަށްފަހު ކޭމްޕު ބާއްވާނެ ތާރީހެއް ފަހުން ނިންމާނެ ކަމަށް ސިނާން ވިދާޅުވި.
ހެލްތު މިނިސްޓްރީ
- ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ.
ހުރިހާ މުއައްސަސާތަކުން ގުޅިގެން އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. ޓެކްނިކަލް ޓީމާއެކު ދަނީ މަސައްކަތް ކުރަމުން. ޑަބްލިޔުއެޗްއޯ ފަދަ ޕްރޮފެޝަނަލް ފަރާތްތަކާ ވެސް ގުޅިގެން ކުރިއަށްދަނީ.
އޭޑީކޭ އައިސީޔޫގައިވާ ބަލިމީހުން ކައިރިއަށް ޒިޔާރަތް ކުރުން މެދުކަނޑާލައިފި
އޭޑީކޭ ހޮސްޕިޓަލުން ބުނީ ފެތުރެމުންދާ ހުމާއި ރޯގާއާ ގުޅިގެން އެ ހޮސްޕިޓަލުގެ ތިން ޔުނިޓެއްގައިވާ ބަލިމީހުން ކައިރިއަށް ޒިޔާރަތް ނުކުރެވޭ ގޮތް ހަދާފައިވާ ކަމަށް.
ޒިޔާރަތް ނުކުރެވޭނެ ޔުނިޓުތައް
އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)
- ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ)
- ނިއުނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް(އެންއައިސީޔޫ)
ފުލޫއާ ގުޅިގެން ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން މެދުކަނޑާލުން
- ރޯގާގެ ސަބަބުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ(އެމްއައިޔޫ)ގެ ކިޔެވުން ވަނީ
- އެޑިއުކޭޝަން މިނިސްޓްރީން ވަނީ، މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ބަންދުކުރާން ނިންމާފައި.
އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް:
- ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗުވަންއެންވަން، ނުރައްކާތެރި ދަރަޖައަކަށް ގޮސްފައި ވާތީ، އަންނަ މަހު އެއް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފަސްކުރުމަށް ވިސްނަމުންދާ ކަމަށް ހޭންޑްބޯލް މޯޑިވްސް އިން މައުލޫމާތުދޭ.
- ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހްމަދު އިސްމާއީލް ވިދާޅުވީ، މުބާރާތް ފަސްކުރުމާ މެދު މިއަދުގެ ވަގުތެއްގައި ގޮތެއް ނިންމާފައި އެކަން އަންގަވާނޭ ކަމަށް.
އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް:
- މިހަފްތާ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަސްކޫލް ބޭޑްމިންޓަން މުބާރާތް ފަސްކުރުމާ މެދު ގޮތެއް ނިންމުމަށް، ބެޑްމިންޓަން އެސޯސިއޭޝަންގެ އެކްސްކޯ ބައްދަލުވުމެއް ފެށިގެން ކުރިއަށް ދަނީ.
- މި މުބާރާތުގައި އަތޮޅުތެރޭގެ ގިނަ ޓީމުތަކެއް ވާދަކުރާ އިރު، މިހާރުވެސް ގިނަ ޓީމުތަކެއް ވަނީ މާލެ އައިސްފައި.





