ގެއްލިގެން ހޯދަމުންދިޔަ "އޮއިވަރު" ނަމަކަށް ކިޔާ ކަންނެލި ދޯނީގެ ހަބަރެއް ވެއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާޒިމް އިބްރާހީމް ވިދާޅުވީ، އެ ދޯންޏާ ގުޅިފައިވަނީ މިއަދު ހެންދުނު 8:07 ހާއިރު އއ. ތޮއްޑޫއާ 12 މޭލެ ބޭރުން ކަމަށެވެ. އަދި އެ ދޯނީގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި، މިއަދު ހަވީރު އެ ދޯނި މާލެއަށް ވަދެވޭނެ ކަމަށް އެ ދޯނިން މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ދޯނި އެ ދޯނި މަސްވެރިކަން ކުރަމުން ދިޔައީ ހދ. މަކުނުދޫއާއި 130 މޭލު ބޭރުންނެވެ.

އެ ދޯނި ގެއްލިގެންފަށާފައިވަނީ މިމަހުގެ ނުވަ ހަ ވަނަ ދުވަހު އެ ދޯންޏާ ގުޅުނު ފަހުން އެ ދޯނީގެ ހަބަރެއް ނުވެގެން ދޯނީގެ ވެރިފަރާތުން އެކަން އިއްޔެ އެމްއެންޑީއެފަށް ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.