އަވައްޓެރި އިންޑިއާގެ ނިކޯބާ އައިލެންޑްސްއަށް މިއަދު ހެނދުނުގެ ވަގުތެއްގައި ބިންހެލުމެއް އަތުވެއްޖެ އެވެ.

އެ ބިންހެލުން އައިސްފައި ވަނީ 6.0 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. ބިންހެލުން އައިސްފައި ވަނީ ރާއްޖެގަޑިން މިއަދު ހެނދުނު 7:51 ހާއިރު އެވެ.

ނިކޯބާ އައިލެންޑްސްއަށް ބިންހެލުން އައިސްފައިވާ ސަރަހައްދަކީ ރާއްޖެއާ 2101 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ އެ ބިންހެލުމުގެ އެއްވެސް ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، ބައެއް ތަންތަނަށް ވަނީ ކުދި ގެއްލުންތައް ވެފައެވެ. ނަމަވެސް ބިންހެލުމުގައި އެއްވެސް މީހަކަށް ހާނީއްކައެއް ވީކަމަކަށް ރިޕޯޓެއް ނުކުރެ އެވެ.