14 Mar 2017, 08:58
ކުޅަދާނަ ބަތަލާ ވިދްޔާ ބާލަންގެ ކުރިއަށް އޮތް ފިލްމު 'ބޭގަމް ޖާން'ގެ ޕްރޮމޯޝަން ގައި އުޅެނިކޮށް އޭނާއަށް ވަރަށް ތަފާތު ކަމަކާ މިވަނީ ދިމާވެފައެވެ.
މުމްބާއީގައި ކުރިއަށް ދިޔަ ޕްރޮމޯޝަން އިވެންޓެއްގައި ވިދްޔާއަށް މިވަނީ އޭނާއަށް ސަޕޯޓު ކުރާ 100 އަހަރުގެ ފިރިހެނަކާ ދިމާވެފައެވެ. ޖަޔަންތީ ބާއީ މެހެތާ ނަމަކަށް ކިޔާ އެ މީހާ އާ ދިމާވެ، އެމީހާގެ ހިތުގައި ވިދްޔާއަށް އޮތް ސަޕޯޓު އެނގުމުން ވިދްޔާއަށް ވަނީ އުފަލުން ރޮވިފައެވެ.
ޖަޔަންތީ ބާއި ވަނީ 2005 ވަނަ އަހަރު ނުކުތް ވިދްޔާގެ ފިލްމު 'ޕަރިނީތާ' 100 އަށް ވުރެ ގިނަ ފަހަރު ބަލައިފައެވެ. ޚަބަރުތައް ބުނާ ގޮތުން، ޖަޔަންތީ ބާއި ކޮލަކަތާ އިން މުމްބާއީއަށް ދިޔައީ ވެސް 100 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށެވެ.
ވިދްޔާ ވަނީ ޖަޔަންތީ ބާއި ކަހަލަ 'ތެދުވެރި' ސަޕޯޓަރަކާ ބައްދަލުވުމަކީ ނަސީބެއް ކަމަށް ބުނެފައެވެ.
ވިދްޔާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސްރިޖީތު މުކަރްޖީ ޑައިރެކްޓު ކޮށް، މުކޭޝް ބަޓް ޕްރޮޑިއުސް ކުރާ ފިލްމު 'ބޭގަމް ޖާން' އިންނެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ.