02 Jul 2011, 13:44
ވޯލްޑް ކަޕް ކޮލިފައިންގައި މި މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ކުޅެންޖެހޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ޓީމް ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ސްކޮޑުގައި ނިއުގެ ތަޖުރިބާކާރު ފޯވަޑް އަހުމަދު ތޯރިގު (ޓޮމް) އާއި އެ ޓީމުގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) އަލުން ހިމަނައި 24 ކުޅުންތެރިންގެ ސްކޮޑް އިއުލާންކޮށްފި އެވެ.
ބަންގްލޭޝްގައި 2009 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕަށް ފަހު ގައުމީ ޓީމްގެ ސްކޮޑުން ޖަމްބޭ އާއި ޓޮމްއަށް ފުރުސަތު ލިބިފައި ނުވާއިރު، މި އަހަރުގެ ޗެލެންޖް ކަޕް ކޮލިފައިން އަށް ނެގި ސްކޮޑުގައި ޖަމީލް ހިމެނި، ފަހުވަގުތު ފައިނަލް ސްކޮޑުން ވަނީ ބާކީވެފަ އެވެ. އަދި މިދިޔަ މަހު ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ނެގި ސްކޮޑުން ވެސް މި ދެ ކުޅުންތެރިންނަށް ޖާގައެއް ލިބޭ ގޮތެއް ނުވި އެވެ.
އާޖެންޓީނާގެ ޑިއޭގޯ ކްރްސިއާނީގެ ބެލުމުގެ ދަށުން މި މަހުގެ 10 ވަނަ ދުވަހު އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ދިވެހި ޓީމު ކުޅޭ މެޗަށް ނެގި 24 ކުޅުންތެރިންގެ ސްކޮޑްގައި އެންމެ ގިނައީ ވީބީގެ ކުޅުންތެރިންނެވެ. އެ ޓީމުގެ ނުވަ ކުޅުންތެރިޔަކު ސްކޮޑްގައި ހިމެނެ އެވެ. ވިކްޓަރީގެެ ފަސް ކުޅުންތެރިޔަކު ސްކޮޑްގައި ހިމަނާފައި ވާއިރު، ދެން އެންމެ ގިނަ ކުޅުންތެރިން ހިމަނާފައި ވަނީ މާޒިޔާ އާއި ނިއު ރޭޑިއަންޓުންނެވެ. އެއީ ކޮންމެ ޓީމަކުން ވެސް ނަގާފައި ވަނީ ހަތަރު ކުޅުންތެރިއެކެވެ. ވެލެންސިޔާއިން ސްކޮޑަށް ނަގާފައިވަނީ ދެ ކުޅުންތެރިންނެވެ.
އިންޑިއާ މެޗަށް ނެގި 24 ކުޅުންތެރިންގެ ސްކޮޑް:
ވީބީ ސްޕޯޓްސް ކްލަބް:
1 - އިމްރާން މުހައްމަދު، ގޯލްކީޕަރު
2 - އަލީ އަޝްފާގު (ދަގަނޑޭ)
3 - ޝަމްވީލް ގާސިމް (ބޮންޑާ)
4 - އަބްދުﷲ ހަނީފް (ބެންޖޯ)
5 - އަސްއަދު އަލީ (އަޑުބަރޭ)
6 - ފައިރޫޒް އާދަމް
7 - އަހުމަދު ސައީދު (އައްމަޓީ)
8 - އިސްމާއިލް މުހައްމަދު (އިއްސޭ)
9 - މުހައްމަދު އާރިފް (ބަކާ)
ވިކްޓަރީ ސްޕޯޓްސް ކްލަބް:
1 - މުހައްމަދު ޝިފާން (ކުޑައްޓޭ)
2 - އިބްރާހިމް ފަޒީލް (އޮއްޕޮ)
3 - މުހައްމަދު ފައިސަލް، ގޯލްކީޕަރު
4 - ޝާފިއު އަހުމަދު (ޝާފީ)
5 - މުހުތާރު ނަސީރު (ޓޫކިލޯ)
ނިއު ރޭޑިއަންޓް:
1 - އަހުމަދު ތޯރިގް (ޓޮމް)
2 - މުހައްމަދު ޖަމީލް (ޖަމްބޭ)
3 - އިބްރާހިމް ޝިޔާމް (ދޮނާ)
4 - އަލީ ފާސިރު (ސެންޓޭ)
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން:
1 - މުހައްމަދު ޔަމާން ، ގޯލްކީޕަރު
2 - މުހައްމަދު އުމެއިރު
3 - އަކުރަމް އަބްދުލް ގަނީ
4 - ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ)
ކްލަބް ވެލެންސިއާ:
1 - އާދަމް ޝާހިރު
2 - އައްސަދު އަބްދުލް ގަނީ