10:00


ސްޓުޑަންޓް ލޯނަށް ކޮލިފައިވެފައިވާ 1،600 ދަރިވަރުންގެ ތެރެއިން މިހާތަނަށް 275 ދަރިވަރުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް އިން ބުނެފި އެވެ.


އެ މިނިސްޓްރީން ބުނީ "ނެޝެނަލް ސްޓުޑަންޓް ލޯން 2010" ފުރަތަމަ ބުރަށް ކޮލިފައިވެފައި ވަނީ 1051 ދަރިވަރުން ކަމަށާއި ދެ ވަނަ ބުރަށް ކޮލިފައިވެފައި ވަނީ 549 ދަރިވަރުން ކަމަށެވެ. ފުރަތަމަ ބުރުން ކޮލިފައިވެފައިވާ 945 ދަރިވަރުންގެ މަޢުލޫމާތު ބޭންކު އޮފް މޯލްޑިވްސްއަށް ފޮނުވާފައިވާ ކަމަށާއި ބޭންކަށް މަޢުލޫމާތު ނުފޮނުވާ ދަރިވަރުންނަކީ މަޢުލޫމާތު ނުލިބާވާ ކުދިން ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެ އެވެ.


ޔޫތު މިނިސްޓަރގެ ނައިބު އައިމިނަތު އަލީ ވިދާޅުވީ ދެ ވަނަ ބުރަށް ކޮލިފައިވެފައިވާ ދަރިވަރުން ފޯމު ހުށަހަޅަންޖެހޭ މުއްދަތަކީ މި މަހުގެ 10 ވަނަ ދުވަސް ކަމަށް ވާތީ މިހާރު ދެ ވަނަ ބުރުގެ ލޯނު ޕްރޮސެސް ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.