13 Mar 2017, 11:09
ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭ) ކަޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެފްއޭ ކަޕްގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުންފެށިގެން ހުޅުވާލާކަމަށެވެ.
އެ އިއުލާނުަގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ، އެފްއޭއެމްގެ މެމްބަރު ކުލަބް ޖަމިއްޔާ ޖަމައާތްތަކަށް އެ ފުރުޞަތު ހުޅުވާލާކަމަށާއި މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން މުބާރަތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުުރުމަށްފަހު އެފްއޭއެމްއަށް ހުށަހަޅަންޖެހޭ ކަމަށެވެ.
މުބާރަތުގައި ބައިވެރިވުމަށް ބޭނުންވާ ފޯމް އެފްއޭއެމްގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
ވޭތުވެ ދިޔަ އަހަރުގެ ފުޓްބޯޅަ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންޓީމަކީ ވެލެންސިއާއެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ޓީމަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.