12 Mar 2017, 14:10
ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ ބަދުއަހުލާގީ ވާހަކަތަކާއި މަންޒަރުތައް ހިމެނޭ ލަވަތަކުގެ މައްސަލަ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ފުލުހުން ބަލަން ފަށައިފިއެވެ.
އެކަން ސަމާލުކަމަށް ގެނެސް މިއަދު ސަން އިން ޝާއިއު ކުރިރިޕޯޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފުލުހުންގެ ހެޑް އޮފް ސްޓްޓެޖީ އެންޑް ލީގަލް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ސަން އަށް ވިދާޅުވީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާއި ހިލާފްް އެލަވަތަކުގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ.
"ފުލުހުން އެޓެންޑް ކުރާނެ، އެކަމާ ގުޅޭ މައުލޫމާތު ހޯދަމުންދަނީ، ރެގިއުލޭޓް ބޮޑީ ތަކާއެކު އެކަމާއި ބެހޭ މައުލޫމާތުތައް ސާފްކޮށް ކުރަންޖެހޭ ކަންކަން ކުރަމުންދަނީ،" ޝިފާން ވިދާޅުވިއެވެ.
ކާކުކަން އެނގޭގޮތަށް އެލަވަތަކުގައި ހުތުރުބަހުން މުއާމަލާތްކުރާއިރު ޒުވާން އަންހެންކުދިން ލަށްވައި ބަދުއަހުލާގީ އެކިއެކި ވައްތަރު ދަނީ ޖައްސަމުންނެވެ.
ގާނޫނީ ވަކީލް އަލީ ޝާހް ވިދާޅުވި ގޮތުގައި ބަދުއަހުލާގީ މަންޒަރުތައް ދައްކުވައިގެން ހަދާފައި ހުންނަ އެފަދަ މަންޒަރުތަކާއި ލަވަތަކަކީ އޮރިޔާން ކާޑް އުފެއްދުމެވެ. އަދި އެއީ ގާނޫނީ ގޮތުން ކުށެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު އަމަލުކުރާ ޕީނަލްކޯޑުގެ، އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ ތެރެއިން އޮރިޔާން ކާޑް އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ އަތުގަައި ގެންގުޅުން، ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ރާއްޖެ ގެނައުމަކީ ކުށެކެވެ.
އެކުށަކީ ޖުނަޙްގެ އެއް ވަނަ ދަރަޖައިގެ ކުށަކަށްވާއިރު އެއް އަހަރުގެ ޖަލުހުކުމެއް އަދަބުގެ ގޮތުގައި ކަނޑައެޅެ އެވެ.
އަބުރުގެ ގާނޫނު ބުނާގޮތުން އިސްލާމްދީނާއި ހިލާފް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފް ހިޔާލު ފާޅެއް ނުކުރެވޭނެއެވެ. އަދަބެއްގެ ގޮތުން 25000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާއި ދޭތެރޭ އަދަދަކުން ޖޫރިމަނާވެސް ކުރެވެއެވެ.