12 Mar 2017, 13:01
ނާރުގައި ރިއްސުމަކީ ގިނަ މީހުނަށް ކުރިމަތިވާ މައްސަލައެކެވެ. މިކަން ގިނައިން ދިމާވަނީ ހަކުރުބަލި ފަދަ ބަލިތައް ހުންނަ މީހުންނަށް ކަމަށްވެ އެވެ. ބޭހުން ގިނަ ފަހަރަށް މިކަމުގެ ހައްލެއް ނުލިބިދާނެ އެވެ، ނަމަވެސް ދާއިމީކޮށް މިކަމަށް ހައްލެއް ހޯދުމަށް ޓަކައި ރަނގަޅު ކާނާ ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ބޭނުންކުރެވިދާނެ ކާނާތަކުތެރޭގައި؛
ބެލް ޕެޕާ
ބެލް ޕެޕާއަކީ ޑައިޓްގައި ނުހިމަނާ ދޫކޮށްލެވޭވަރު އެއްޗެއް ނޫނެވެ.
އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ ހިމެނިފައިވާ އަދި އޭގެއިން އިންސާނުންގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ނާރުތަކުގެ ތަދު ކަނޑުވައިދިނުމަށް ވަރަށް މުހިންމު ބާވަތެކެވެ. އަދި ހަމަ އެހެންމެ އަވަހަށް މުސްކުޅިވުމުން ސަލާމަތްކޮށްދޭ، ހަށިގަނޑު ދުޅަހެޔޮކަންމަތީ ދަމަހައްޓައިދޭ އެއްޗެކެވެ.
ސެލްމޮން
ކެއުމުގައި ހިމެނެން ޖެހޭ އަނެއްބާވަތަކީ ސެލްމޮން އާއި މަހުގެ ބަވަތްތަކެވެ. ތަފާތު ވައްތަރުގެ ކަނޑުމަސް ކާން މުހިންމުވާ އެއް ސަބަބަކީ، އޭގައި ގިނަ އަދަދަކަށް ސަރުބީ ހިމެނިފައި ވާތީ ހަށިގަނޑުގެ ތަންތަން ދުޅަވެ ފޮއްސިވުމުން ސަލާމަތްކޮށްދޭތީ އެވެ.
ބިސް
ކެއުމުގައި ބިސް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ބިހަކީ އޭގައި ގިނަ އަދަދަކައް ވިޓަމިން ބީ 12 އާއި ޕޮރޮޓީން ހިމެނޭ އެއްޗެކެވެ. ޕޮރޮޓީން އަކީ ހަށިގަނޑު ހަލާކުވެފައިވާ ޓިޝޫތަކަށް ދިރުން ގެނަސްދޭ ބާވަތެކެވެ. އަދި ބަރު އެއްޗެހި އުފުލުމަށް ލިއްބައިދޭ ހަކަތަ ފޯރުކޮށްދީ ނާރުތައް ވަރުގަދަ ކޮށްދިނުމުގައި ވިޓަމިން ބީ12 ވަރަށް މުހިންމު ރޯލެއް އަދާކުރެ އެވެ.
ފެން
ފެނަކީ ޑައިޓްގައި ހިމަނަން ޖެހޭ އެންމެ މުހިންމު އެއް ބާވަތެވެ. ހަށިގަނޑުގެ ބޮޑުބައެއް ފެން ހިއްސާވާ އިރު ހަށިގަންޑުން ބޭރުވާ ދަލާއި ކުޑަކަމުދާ ތަކެތީގެ ގޮތުގައި ބޭރުވެގެންދާ ފެނުގެ ސަބަބުން ހަށިގަނޑު ވަރުބަލިވެ ޑިހައިޑްރޭޓްވެ އެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަކީ ޑައިޓްގައި މުހިންމު ބައެކެވެ. ފެން ބުއިމުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތަށް ބޭރުވެ އެވެ.
ބޮޑު މަސައްކަތެއް ކުރަން ނުޖެހި، މިހާރުގެ ކެއުން ބަދަލުކޮށް، ކެއުމުގައި ފައިދާ ހުރި ކާނާ ބޭނުންކުރުމަކީ އެ ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅެކެވެ.