މޯލްޑިވްސް ޕެންޝަން ސްކީމުގެ ކަސްޓޯޑިއަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޕެންޝަން އޮފީހުން އިއުލާންކޮށްފިއެވެ.

އެ އޮފީހުން ކުރި އިއުލާނެއްގައި ބުނެފައިަވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ މަސައްކަތުގެ ތަފްސީލަށް ބަލާއިރު ޕެންޝަން ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާން ކުރާ ކަންކަން ފުރިހަމަ ކުރަން ޖެހެއެވެ. އެ މާއްދާގައި ބަޔާން ކުރާ އުސޫލުގެ މަތިން ޕެންޝަނާ ބެހޭ ލިޔެކިއުންތައް ރައްކާ ކުރުމާއި ބެލެހެއްޓުމުގެ މަސައްކަތުގެ އިތުރުން ޕެންޝަންގެ ކަންކަމާ ގުޅޭ އެކައުންޓްތައް ބެލެހެއްޓުމުގެ މަސައްކަތްތައް ހިމެނެއެވެ.

ޕެންޝަން އޮފީހުން ބުނި ގޮތުގައި ސަރުކާރުގެ ސެކިއުރިޓީސްތަކުގެ ގޮތުގައި މިދިޔަ އަހަރު ފަސް ބިލިއަން ރުފިޔާ ޚަރަދު ވެފައިވެއެވެ. އެ ފައިސާ ދީފައިވަނީ ޕެންޝަން ސްކީމުން ފައިސާ ލިބިދޭ ފަރާތްތަކަށެވެ.