13 May 2010, 05:18
10:00
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ދޭ ސަބްސިޑީގެ މަސައްކަތަށް އެހީތެރިވެދެއްވުމަށާއި، ހަލުވިކަމާއެކު އެ މަސައްކަތް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޓާސްކް ފޯހެއް އުފައްދަވައިފި އެވެ.
އެގޮތުން މި ޓާސްކް ފޯސްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބު މުޙަންމަދު ފިރާޤާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓެރީ ޑޮކްޓަރ ޙުސައިން ނިޔާޒާއި،ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓެރީ ޝުޢައިބު ޢަލީ އާއި، ސްޓޭޓް އިލްކެޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޗެއަރމަން ޙަސަން ޒާހިރާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު އާދަމް ޢަބްދުލްޣަފޫރާއި ރ. ކަނދޮޅުދޫ ފިނިފެންމާގޭ ޢަލީ ވަޙީދު އަދި ގ. ޒަމާނީގުލްޝަން މުޙަންމަދު ޢަބްދުﷲ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.