ވެލިގާ ހާޑްވެއާގައި ސެލީސް ބްރޭންޑުގެ އުފެއްދުންތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވެލިގާ ހާޑްވެއާ އިން ބުނީ، އެ ޕްރޮމޯޝަންގައި ވެލިގާގެ ކޮންމެ ފިހާރައަކުން ގަންނަ ސެލީސްގެ ކޮންމެ އުފެއްދުމަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.

އެގޮތުން ކޫޕަން މެދުވެރިކޮށް، ވެލިގާގެ ކޮންމެ ފިހާރައަކުން ކޮންމެ ދުވަހަކުވެސް ހޮވޭ ނަސީބުވެރި ފަރާތަކަށް 500 ރުފިޔާގެ ވައުޗާއެއް ލިބޭނެ ކަމަށާއި އެ ވައުޗާ ބޭނުންކޮށްގެން ނަސީބުވެރި ފަރާތަކަށް ވެލިގާގެ ކޮންމެ ފިހާރައަކުން ވެސް 500 ރުފިޔާއަށްވާ ވަރަށް ތަކެތި ހިލޭ ލިބޭނެ ކަމަށް ވެލިގާ ހާޑްވެއާއިން މައުލޫމާތުދެ އެވެ.

އޮސްޓްރޭލިއާގެ މަޝްހޫރު ބްރޭންޑެއްކަމުގައިވާ ސެލީސްގެ އުފެއްދުންތަކަކީ އެންމެ ކުދިކުދި ގޭތެރޭ ކަންތައްތަކުން ފެށިގެންގޮސް އިންޑަސްޓްރިއަލް ގްރޭޑުގެ ބޭނުންތަކަށް ބޭނުންކުރާ ތަކެތި އުފައްދާ ބްރޭންޑެކެވެ. އެގޮތުން އެކި ބޭނުންތަކަށް ހާއްސަ ތެރަހާއި ސިލިކޯންގެ ގިނަ އުފެއްދުންތަކެއް އެ ބްރޭންޑްގައި ހިމެނެ އެވެ.

އޭގެ ތެރޭގައި އާދައިގެ ސިލިކޯނާއި މޮހޮރު ސިލިކޯނާއި ބޫޓު ތަތްކުރާ ތެރަހާއި ސުޕާގްލޫ ފަދަ އުފެއްދުންތަކަކީ ގިނަބައެއްގެ އިތުބާރާއި ޔަގީންކަން މިހާރުވެސް ހޯދާފައިވާ އުފެއްދުންތަކެކެވެ.

ވެލިގާ ހާޑްވެއާއިން ފެށި އެ ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހު 15 ގެ ނިޔަލަށެވެ.