Last Updated: 9 year 9 month ago

މާލޭ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!
މިއަދު ހަވީރު ކުޅޭ މެޗަށް ދެޓީމު ނުކުންނައިރު:
ނިއު ރޭޑިއަންޓް ވަނީ ކުޅުނު ފުރަތަމަ މެޗުގައި 3-1 ލަނޑުން ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށްފައި.
- ޔޫވީ ކުޅުނު ފުރަތަމަ މެޗުގައި ކްލަބު އީގަލްސް އަތުން 2-0 ލަނޑުން ވަނީ ބަލިވެފައި.
- މި މެޗަކީ މާލޭ ލީގުގައި ދެޓީމު ވެސް ކުޅޭ ދެވަނަ މެޗު.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ނިއު ރޭޑިއަންޓުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، މެޗުގެ 14 ވަނަ މިނެޓުގައި ޔޫވީން ނިއުގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ޔޫވީގެ ކެޕްޓަން ހުސައިން ސިމާޒް (ކޮކީ) ފޮނުވާލި ހަމަލާ ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފައެވެ. ރީބައުންސް ބޯޅައިން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކުދުސް ކެލާނީ ފޮނުވާލި ހަމަލާ، އަހްމަދު އަބްދުﷲ (ލިލީ) ވަނީ ބްލޮކްކޮށްފައެވެ.
ޔޫވީގެ އެ ހަމަލާއަށްފަހު އެޓީމަށް ލަނޑުޖަހާނެ ފުރުސަތެއް ލިބިފައެއް ނުވާއިރު، ނިއުއަށް ފުރަތަމަ ހާފު ނިމެނިކޮށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ނިއުގެ ގަލާޑޯ ވަލްޑޭސް އެޑްރިއަން ފޮނުވާލި އެ ދެ ހަމަލާ ވެސް ޔޫވީގެ ކީޕަރު ރުސްލާން އަމިރޯވް ރުސްލާން ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.