ސ. ފޭދޫގައި 17 އަހަރުގެ އަންހެންކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގައި، އެ މަންޒަރު ރެކޯޑްކޮށް، އެކުއްޖާ ބްލެކް މެއިލް ކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި އެރަށުން 34 އަހަރުގެ ފިރިހެނަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެމީހާ ހައްޔަރުކުރީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެމީހާގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ަސަން އަށް އެނގިފައިވާ ގޮތުގައި، އެކުއްޖާއާ އެކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު އެފިރިހެންމީހާ ރެކޯޑްކުރީ، އެ އަމަލު ހިންގި ކޮޓަރި ތެރޭ ސިއްރު ކެމެރާ ހަރުކޮށްގެންނެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.