ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލުން ފުލުހުންގެ ޖަލު ހުންނަ ދޫނިދު އަށް ބަދަލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ކަރެކްޝަން ސާވިސްއިންގެ ރަސްމީ ބަހެއް މިހާތަނަށް ލިބޭގޮތެއް ނުވެ އެވެ.

އަދީބު މިހާރު ތަންފީޒު ކުރަމުން ދަނީ 33 އަހަރުގެ ޖަލު ހުކުމް ތަކެކެވެ. އެއީ ތަފާތު ތިން ދައުވާއެއް ސާބިތުވެގެންނެވެ. މިހާރު ވެސް އަދީބުގެ މައްޗަށް ދެ ދައުވާއެއް އުފުލި ޝަރީއަތްތަތަށް ދަނީ ކުރިއަށެވެ.