ޗައިނާގެ މެޝިނަރީ އިންގިނިއަރިންގް ކޯޕަރޭޝަންގެ ފަރާތުން ގދ. ގައްދޫގައި އިމާރާތް ކޮށްފައިވާ 50 ގޭގެ ސެކިއުރިޓިީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ގައްދޫ ކައުންސިލުން އަނެއްކާވެސް އިއުލާން ކޮއްފިއެވެ.

ގައްދޫ ކަައުންސިލުން ކޮއްފައިވާ އިއުލާނުގައި ވަނީ، އެ ކައުންސިލުން ފޯރުކޮއްދޭ މައުލޫމާތާއި އެއްގޮތަށް 50 ގޭގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ހުސްވިމަހު ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާވަރަށް ފަރާތްތަކުން ކުރިމަތި ލައިފައި ނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނު ކުރީ ކަމަށެވެ.

މި ގެތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 މާރިޗު 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 21 މާރިޗު 2017 އަށް ކައުންސިލްގެ އިދާރާއަށް ބީލަން ހުށަހެޅުމަށް އިއުލާނުގައި އެދިފައި ވެއެވެ.

މީގެ އިތުރުން އަންދާސީ ހިސާބާއެކު، ހުށަހެޅުމަށް އިއުލާންގައި އަންގާފައިވާ ހުރިހާ ލިޔުންތަށް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމައްވެސް ގައްދޫ ކައުންސިލްގެ އިއުލާންގައި ވެއެވެ.

ބީލަމަށް ކުރިމަތިލާ ފަރަތްތަކަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރި ކުރެވިފައިވާ ފާރާތަކަށް ވާން ޖެހޭނެކަމަށްވެސް ގައްދޫ ކައުންސިލް ގެ އިއުލާންގައި ވެއެވެ.

އަދި ގަޑިއަށް މައުލޫމާތު ސާފުކުރުމަށްއ ހާޒިރު ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމާއި މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ނޯންނާނެ ވާހަކަވެސް އިއުލާން ގައި ބަޔާންކޮއްފައި ވެއެވެ.