ހދ. ކުޅުދުއްފުށި، ދުރުމި، އާދަމް އިބްރާހީމް، 49، ގެ މައްޗަށް ދައުލަތުން ދައުވާކުރި، ކުޑަ ފިރިހެންކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެ، އޭނާ 10 އަހަރަށް ޖަލަށް ލުމަށް ކުޅުދުއްފުށީ ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ކޯޓުން އިއްޔެ ކުރި ހުކުމުގައި، އެ ދައުވާ ސާބިތުވެފައި ވަނީ ދައުލަތުން ހުށަހެޅި ގުޅިފައިވާ ހެކިތަކުންނެވެ.

އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު އެވެ.

އާދަމް އިބްރާހީމްގެ މައްޗަށް ދައުވާކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުންނެވެ.

އޭނާ ޖިންސީގޯނާ ކޮށްފައި ވަނީ 11 އަހަރުގެ އަންހެން ކުއްޖަކަށެވެ. އޭނާ ވަނީ އެ ކުއްޖާއަށް މިދިޔަ އަހަރުގެ މާޗު މަހުގެ އެކި ދުވަސްމަތިން ޖިންސީ ގޯނާކޮށްފަ އެވެ.