Last Updated:
9 year 9 month ago

ދެ ގަޑިއިރަށް މާލެއިން ކަރަންޓާއި ފެން ކެނޑިއްޖެ

  • އެމްޑަބްލިއުއެސްސީގައި "ގޮވުމެއް"
  • މުވާސަލާތީ ހިދުމަތަށް ވަނީ ބުރޫއަރާފައި
  • ކަރަންޓު ކެނޑުނީ ބޮޑު ކޭބަލެއް ހަލާކުވެގެން
ބުލޮގު ޚުލާސާ

އެމްޑަބްލިއުއެސްސީއަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން އަޅާފައިވާ ހައިވޮލްޓޭޖު ކޭބަލަކަށް މައްސަލައެއް ދިމާވެ، މާލެއިން ކަރަންޓާއި ފެން ކެނޑިއްޖެ އެވެ.

މުޅި މާލެއިން ކަރަންޓު ކެނޑުނީ މިއަދު މެންދުރުފަހު 1:00 ހާއިރު އެވެ. ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފައިވިޔަސް ވެސް، މުޅި މާލެއަކަށް އަދި ކަރަންޓެއް ނުލިބެ އެވެ.

ސްޓެލްކޯގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ ނާޒިރު ވިދާޅުވީ މާލެއިން ކަރަންޓު ކެނޑުނީ ހައި ވޮލްޓޭޖުގެ ކޭބަލެއް ހަލާކުވެގެން ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް ނަގާނެ ވަގުތެއް އަދި ނޭނގޭ ކަމަށެވެ.

ކަރަންޓު ކެނޑުމުގެ ކުރިން އެމްޑަބްލިއުއެސްސީގައި "ބާރު އަޑެއް" އިވުނު ކަމަށް އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުންޏެވެ.

އެމްޑަބްލިއުއެސްސީގެ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު އެކެއް ޖަހާ އެހާކަންހާއިރު ބާރު އަޑެއް ގޮވާފައި ވަނީ އެ ކުންފުނީގެ މައި އިމާރާތުގެ އިރުމަތީފަތާތުގައި ހުންނަ ކަރަންޓް ސަބްސްޓޭޝަނަކުން ކަމަށެވެ.

އެ ސްޓޭޝަނުގައި އެ ހާދިސާ ހިނގަންމެދުވެރި ސަބަބެއް އަދި ހޯދިފައެއް ނުވެ އެވެ.

މުޅި މާލެއިން ކަރަންޓު ކެނޑިފައިވުމުން، ދައުލަތުގެ މުއައްސަސާތަކުގެ ހިދުމަތް ވަނީ ހުއްޓިފަ އެވެ. އަދި މުވާސަލާތީ ހިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފަ އެވެ.

އެމްޑަބްލިއުއެސްސީ

މާލެއަށް ފެނުގެ ހިދުމަތް ލިބުނު ނަމަވެސް، ބައެއް ސަރަހައްދުތަކަށް އަދިވެސް ކަރަންޓެއް ނުލިބޭ. އަދި ގޭބީސީތަކަށް ޕްރެޝަރުގައި ފެން ފޯރުކޮށެއް ނުދެވޭ.

ފެނުގެ ޕްރެޝާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކުރިއެކޭ ވެސް އެއްގޮތަށް ލިބިގެންދާނެ

ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުމުން ބައެއް އާންމުން މަގުމައްޗަށް ޖަމާވުމުން، ފުލުހުން އަމަން ބަލަހައްޓަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
16:15

އެމްޑަބްލިއުއެސްސީން މަގުމަތީގައި ބަހައްޓާފައި ހުރި ޓްރާންސްފޯމާއެއް ގޮވައި ސްޓެލްކޯއިން ކަރަންޓު ނެގުމަށް ބޭނުންކުރި ކޭބަލް ހަލާކުވުމުން، އެ މައްސަލަ ހައްލު ކުރުމަށް އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ހަރަކާތްތެރިވަނީ.

އެމްޑަބްލިއުއެސްސީގެ މުވައްޒަފުން މަސައްކަތުގައި-
15:59

އެމްޑަބްލިއުއެސްސީގެ މައި އިމާރާތް ހުންނަ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކަށް ވަނީ ކަރަންޓު ދޭން ފަށާފައި. މައްސަލަ ޖެހުނީ އެމްޑަބްލިއުއެސްސީގެ މައި އިމާރާތުގެ އިރަށް އޮންނަ މަހުގައި ކަރަންޓު ނެގުމަށް ބަހައްޓާފައި ހުންނަ ޓްރާސްފޯމާގައި.

ކަރަންޓު ކެނޑުމާއެކު މުޅި މާލެއިން ފެނުގެ ހިދުމަތް ކެނޑުނު ނަމަވެސް، މިހާރު ވަނީ ފެން ފޯރުކޮށްދޭން ފަށާފަ. ނަމަވެސް ޕްރެޝަރުގައި އަދި ފެން ފޯރުކޮށެއް ނުދެ.

މައްސަލަ ޖެހުނު ޓްރާންސްފޯމާ ހުންނަ ސަރަހައްދުގައި އެމްޑަބްލިއުއެސްސީގެ ބައެއް މުވައްޒަފުން-- ސަން ފޮޓޯ