ފ. ނިލަންދޫގައި ސިނކުނޑި ހަމަނުޖެހޭ އަންހެން ކުއްޖަކު އޭނާގެ ބައްޕަ އަށް ވަޅިން ހަމަލަދީ، ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ރޭގެ ވަގުތެއްގައި، އުމުރުން 25 އަހަރުގެ ކުއްޖަކު އޭނާގެ ބައްޕަ އަށް ތޫނު އެއްޗަކުން ހަމަލާ ދިން ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެއީ ސިކުނޑީގެ އުނިކަމެއް ހުންނަ ކުއްޖެއް ކަމަށާއި އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެފަދަ އެހެން ކަމެއް ހިނގައިފައިނެތީ، އަދި އެއީ ކިހިނެތްވީ ކަމެއްތޯ ބެލުމަށް އެ އަންހެންކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ހަމަލާގައި އެކުއްޖާގެ ބައްޕަ އަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ނިލަންދޫ ކައުންސިލުން ބުނީ، އެ ފިރިހެން މީހާ ރޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ އަންހެން ކުއްޖާގެ ސިކުނޑީގެ އުނިކަމުގެ ސަބަބުން ބައެއް ފަހަރު ރުޅިގަދަވެ، ގޭތެރޭގެ މީހުންނަށް އުނދަގޫކޮށް އުޅެ އެެވެ. ނަމަވެސް، މިއީ ސީރިއަސް ހަމަލައެއް ދިން ފުރަތަމަ ފަހަރު ކަމަށް ވެސް އޭނާ ބުންޏެވެ.