05 Mar 2017, 12:54
އެސްޓީއޯގެ އިޖްތިމާއީ ޒިންމާގެ ދަށުން ހިންގަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން، އއ. ރަސްދު އަށް އެ ކުންފުނީގެ ޓީމެއް ގޮސް، އެ ރަށަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގެ ޓީމެއް މިމަހުގެ ދެ ވަނަ ދުވަހާއި ތިން ވަނަ ދުވަހު އެ ރަށުގައި ވަނީ ހަރަކާތްތެރިވެފަ އެވެ. އެ ޓީމުން ވަނީ ރަށުގެ ޕްރީސްކޫލްގެ ފާރުގައި އަދި ޕާކުގައި ކުލަލުމަށް ބޭނުންވާ ނިޕޯން ޕެއިންޓާއި ޕްރީސްކޫލަށް ހިޓާޗީ ޕްރޮޖެކްޓަރަކާއި ރަށުގެ މިސްކިތައް ވެކިއުމް ކްލީނަރެއް ހަދިޔާކޮށްފަ އެވެ.
މީގެ އިތުރުން އެ ދަތުރުގައި އެސްޓީއޯގެ ޓީމުން ވަނީ އެ ރަށުގެ ޕްރީސްކޫލް ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފަ އެވެ. އަދި އެ ހަވީރުގައި އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އިން ވިއްކާ ބްރޭންޑްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް، އެ ޕްރޮޑަކްޓުތައް ބޭނުންކުރާނެ ގޮތްތައް ވެސް ކިޔައިދީފަ އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި އެ ހަވީރަށް ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއަކީ ހިޓާޗީ، ފިލިޕްސް، މަކިޓާ، ނިޕޯން އަދި ސެމްސަންގް ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.