05 Mar 2017, 12:37
އެސްޓީއޯ ސުޕަމާޓުން ބާއްވަމުން އަންނަ "ކޭކް އެންޑް ވެފާސް ފެސްޓް" މިއަދު ފަށައިފި އެވެ.
މިއަދު ފެށި އެ ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. "ސަން"އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯ ސުޕަމާޓުގެ ބްރޭންޑް މެނޭޖަރު ފާތުމަތު ފަނާޒް ވިދާޅުވީ އެ ޕްރޮމޯޝަނުގައި އެސްޓީއޯގެ 6 ޕާޓްނާ ކުންފުންޏަކުން ބައިވެރިވެ 15 އެއްހާ ބްރޭންޑުގެ ވެފާސް އަދި ކޭކް ދައްކާލާނެ އެވެ.
އޭގެ ތެރޭގައި ޔޫރޯ ސްޓޯރާއި، ލޮޓަސް، ޕިރަމިޑް، އޭޑީކޭ، ފްރީވޭ، ސީއިންކޯ ފަދަ ކުންފުނިތަކުން ބައިވެރިވާ ކަމަށާއި، ޕްރޮމޯޝަނުގެ ފުރަތަމަ ދެ ދުވަހު ކޮންމެ ކުންފުންޏަކަށް ވެސް އެކުންފުނީގެ ވެފާ އަދި ކޭކްތަކުގެ ރަހަ ދައްކާލުމަށް އެއް ގަޑިއިރު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަނާޒް ވިދާޅުވީ އެ ޕްރޮމޯޝަނުގެ ތެރެއިން އެކި ބްރޭންޑުތަކުން ޑިސްކައުންޓުތައް ލިބޭނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަނުގެ ދަށުން ދައްކާލަން ހަމަޖައްސާފައި ވަނީ ހަމަ އެކަނި ވެފާސް އަދި ކޭކުގެ ބާވަތްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.