04 Mar 2017, 15:40
މިދިޔަ އަހަރު އެކްސިސް ފެކްޓަރީއަށް ބޮޑުކަންނެލި ކިރުވާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން "އޭ" ގްރޭޑް ފެންވަރުގެ ބޮޑުކަންނެލި ކިރުވި ދޯނި ހޮވައި، އެ ދޯންޏަށް ފައިސާގެ އިނާމު ދީފި އެވެ. އެންމެ ގިނައިން އޭ ގްރޭޑް ފެންވަރުގެ ބޮޑު ކަންނެލި ކިރުވި ދޯންޏަކަށް ހޮވޫނީ އދ. މަހިބަދޫ ގެ "ހެދޭކުރި" ނަމަކަށް ކިޔާ ދޯންޏެކެވެ.
ހުޅުމާލޭގައި ހުންނަ އެންސިސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހެދޭކުރި ދޯނީގެ ކައްޕިއަށް ވަނީ އެކަމުގެ ހަނދާނީ ފިލައަކާއި އިނާމު ހަވާލުކޮށްފަ އެވެ. އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ޗެއާމަން މައިޒާން އަހުމަދު މަނިކު އެވެ.
އެންސިސްގައި ބޭއްވި ރަސްމިއްޔާތުގައި މަސްވެރިއަކަށް އިނާމު ދެނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
މިއަދު ވަނީ އެންމެ ގިނައިން ބޮޑު ކަންނެލިމަސް ކިރުވި ތިން ދޯންޏަކަށް ވެސް އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ. އެ ފަރާތްތަކަށް އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އެކްސިސް ކުންފުނީގެ އިސްވެރިންނެވެ.
އެގޮތުން އެންމެ ގިނައިން ބޮޑުކަންނެލި ކިރުވި ދޯންޏަކަށް ވެސް ހޮވިފައި ވަނީ އދ. މަހިބަދޫ "ހެދޭކުރި 1" ދޯނި އެވެ. ދެވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރުވީ ޅ. ނައިފަރަށް ނިސްބަތްވާ "ޒިކުރާ ދޯނި" އެވެ. އަދި ތިންވަނަ އަށް އެންމެ ގިނައިން ބޮޑު ކަންކެލި ކިރުވީ ދ. މީދޫ އަށް ނިސްބަތްވާ "ހާސްރޯދި" އެވެ.
އެންސިސްގައި ބޭއްވި ރަސްމިއްޔާތުގައި މަސްވެރިއަކަށް އިނާމު ދެނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އެއްވަނައަށް ހޮވުނު ދޯންޏަށް އެންސިސް އިން ދިނީ ހަނދާނީ ފިލަޔަކާއި 20000 ރުފިޔާ އެވެ. ދެވަނަ އަށް ހަނދާނީ ފިލައާއެކު 10000 ރުފިޔާ އަދި ތިން ވަނަ އަށް ހަނދާނީ ފިލަޔަކާއި 7500 ރުފިޔާ އެވެ.
އެންސިސްގައި ބޭއްވި ރަސްމިއްޔާތުގައި މަސްވެރިއަކަށް އިނާމު ދެނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން