04 Mar 2017, 09:32
21 އަހަރުން ދަށުގެ އޭޝިޔަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި އަންހެން ނެޓްބޯޅަ ޓީމުގެ ސޮކޮޑު ފައިނަލްކޮށް، ޓީމަށް އޮފިޝަލުން ހަމަޖައްސާފިއެވެ.
ރޭ ޒުވާނުންގެ މަރުކަޒުގައި އޮތް ރަސްމިއްޔާތެއްގައި އެ މުބަރާތައް ދާނެ ފައިނަލް ސްކޮޑް ވަނީ އިއުލާންކޮށްފަ އެވެ.
ޖުމުލަ 23 ކުޅުންތެރިންނާ އެކު މުބާރާތައް ފަރިތަކުރަން ފެށި ނަމަވެސް މިހާރު ވަނީ އެ އަދަދު 16 އަށް ދަށްކޮށްފައެވެ. އަންނަ މެއި މަހުގެ 6 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވާ ދިވެހި ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ތަޖުރިބާކާރު ކޯޗު އައިމިނަތު ހަލީމެވެ. އަދި އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައި ވަނީ އައިޝަތު ލޫނާއެވެ.
ނެޓްބޯޅަ އެސޯސިއޭޝަނުން ބުނީ ފައިނަލް ސްކޮޑް އިއުލާން ކުރި ނަމަވެސް ކުޅުންތެރިންގެ ކުޅުމަށް ބަލާފައި ޓީމަށް އިތުރު ބަދަލުތައް އައުމަކީ އެކަށިގެންވާ ކަމެކެވެ. އަދި ބުނީ މުބާރާތައް ދިއުމާ ހަމައަށް ޓީމުގެ ފަރިތަ ކުރުންތައް ކުރިއަށްދާނެ ކަމަށެވެ.