03 Mar 2017, 12:08
ރާއްޖެއާ މެދު އަބަދުވެސް ޝައުގުވެރިވާ ބޭރުގެ ފަރާތްތަށް އުޅޭ ކަމަށާއި އެފަރާތްތަކުން މިއަދު ހަތިޔާރާއި އެކު ހަނގުރާމަ ކުރުމަށް ނައި ނަމަވެސް ފިކުރީ ގޮތުން އަޅުގަނޑުމެންގެ ސިކުޑިތަކާ ކުޅުމަށް މަސަތްކަތްކުރަމުންދާ ކަމަށް ދާހިލީ ވަޒީރު އަހުމަދު އަޒްލީން ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަސް ފާހަގަކުރުމަށް ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ ދިވެހި ގައުމުގެ އަޅުވެތިކުރުމަށް މަސަތްކަތް ކުރަނީ ދިވެހިން ދެކި ލޯބިވާ ބައެއް ނޫން ކަމަށާއި އެއީ އިސްލާމްދީނުގެ ދުޝަމަނުންކަން ދަންނަން ޖެހޭ ކަމަށެވެ.
"އެފަދަ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި މި އޮންނަނީ މި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާތީވެ. އެހެން ކަމުން އޭރުވެސް މިހާރުވެސް އެފަދަ ފަރާތްތަކުގެ ލޯތައް މިގައުމަށް ވަނީ އަމަޒުކުރެވިފައި. އެކަން އަޅުގަނޑުމެނަށް އެގެނީ ޝައްކެއްވެސް ނެތް ގޮތުގައި ލޮންސިއާ ކަނޑި ބަޑިން ހަނގުރާމަކުރަން ބައެކު ފަހަރެއްގަ ނާރަފާނެ އެހެން ނަމަވެސް މި ދެންނެވި ފަދަ ގޮތަކަށް ގައުމާއި ދިމާކޮށް ދިވެހިންގެ ސިކުޑިތަކާ ފިކުރީ ގޮތުން ކުޅުމަށް މަސަތްކަތްކުރަމުންދާ ބައެކު އުޅޭކަން އަޅުގަނޑުމެން އަބަދުވެސް ދަންނަން ޖެހޭނެ،" ދާހިލީ ވަޒީރު ވިދާޅުވިއެވެ.
އަޒްލީން ވިދާޅުވީ އެންމެ ބޮޑަށް ހިތާމަކޮށް ކަންބޮޑުވާ ކަމަކީ ދިވެހިންގެ މިނިވަންކަމާއި އސްތިގްލާލު ނަގާލަން މަސަތްކަތްކުރާ ބޭރުގެ ފަރާތްތަކުގެ އަވާގައި ދިވެހިންގެ ބަޔަކު ޖެހިފައިވުން ކަމަށާއި އެފަދަ ވިސްނުމެއް ގެންގުޅޭ އެއްވެސް ފަރާތަކަށް ފުރުސަތު ނުދިނުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.
" ބޭރުގެ ފިއްތުންތަކާއި އެ އެފަރާތްތަކުގެ ނުފޫޒު ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ވެއްދުމަށްޓަކައި ބައެކު ކުރަމުންދާ މަސަތްކަތްތަކާއި ކުރިމަތިކުރުވަމުން ނުވަތަ އަޅުގަނޑުމެންނަށް އަޅުވެތިކަމާއި ކުރިމަތިކުރުވުމަށް ކުރެވޭ މަސަތްކަތްތަކާއި އަދި މިއަންނަ ގޮންޖެހުންތަކަށް މިއަދުގެ ސަރުކާރު މިއޮތީ ވަރަށް ރަނގަޅަށް ހޭލައި އެކަމަށް ތައްޔާރުވެގެން، އަޒްލީން ވިދާޅުވިިއެވެ.
އޭނާ ވިދާޅުވީ މިވަގުތު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމިނަކީ އެ ފަދަ ކަންކަމަށް ވަރަށް ހުށިޔާރު އެބޭފުޅެއް ކަމަށާއި މިވެރިކަން އޮޮތްހާ ދުވަހަކު އެތެރެއިން ވެސް ބޭރުން ވެސް މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް އަމަލަކަށް ފުރުސަތުއް ނުދޭނެ ކަމަށެވެ.