30 Jun 2011, 11:33
ބާރަ ވަނަ ވަނަ އިންޓަ ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލްގައި ތާޖް ބަލިކޮށް ޗެމްޕިއަންކަން ހޯދައިގެން ވަން އެން އޮންލީ ރީތިރަށް، ރިސޯޓް ވޮލީގެ ތާޖު އަޅައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ރީތިރަށް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ތިން ސެޓް ދެ ސެޓުން ތާޖު ބަލި ކޮށްގެނެވެ.
މެޗްގެ ފުރަތަމަ ދެސެޓް 25-20 އިން ރީތިރަށް ކާމިޔާބުކޮށްފައި ވަނިކޮށް ތިން ވަނަ ސެޓް 25-20ން ހޯދައި ތާޖު އުންމީދު އާކޮށް ހަތަރު ވަނަ ސެޓާއެކު ހަމަޖެހިލި އެވެ. އެ ސެޓް ތާޖުން ގެންދިޔައީ 32-30 ންނެވެ. ނަމަވެސް ޗެމްޕިއަނުންގެ އުފާ ރީތިރަށް ހޯދީ ފަހު ސެޓްގައި 15-10 އިން ތާޖުގެ މައްޗަށް ގަދަވެގެނެވެ.
ރިސޯޓް ވޮލީ މުބާރާތުގެ އެންމެ މޮޅު ހަކުޅުން ތެރިންގެ ތެރޭގައި ރީތި ރަށުގެ އިސާން މުހައްމަދާއި އަޝްފާގް އާދަމް ހިމެނުނު އިރު ބަނޑޮހުގެ އަހުމަދު އަލީ އާއި ތާޖް ރިސޯޓްގެ ސާޖިދާއި އަލީ އާމިރުގެ އިތުރުން ސެރެޓަން މޯލްޑިވްސްގެ ބިދޭސީ ކުޅުންތެރިޔާ ވެސް މޮޅު ކުޅުންތެރިންގެ ތެރޭގައި ލައްވާލި އެވެ.
ފެއާޕްލޭ ޓީމަކީ ބަނޑޮހެވެ. އެންމެ މޮޅު ކޯޗަކީ ރީތި ރަށުގެ މުހައްމަދު ޝާހެވެ. ސަޕޯޓަރުންނަށް އެންމެ ކަމުދާ ޓީމަކަށް ހޮވުނީ ރީތި ރަށެވެ.