މުދަލާއި ޚިދުމަތުން ނެގޭ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި ދެލައްކައަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ، ޕިންހޯލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މީރާއަށް ދައްކަންޖެހޭ 202،571 ރުފިޔާ މިދިޔަ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހާ ހަމައަށް ދައްކާފައި ނުވާ ކަން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކުން ސާބިތުވާ ކަމަށެވެ.

އެހެންކަމުން ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އަރަމުންދާ ޖޫރިމަނާއާ އެކު ދެ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ޕިންހޯލް ޕްރައިވެޓް ލިމިޓެޑަށް އެ ހުކުމްގައި އެކުންފުންޏަށް ވަނީ އަންގާފައެވެ.

ސިވިލް ކޯޓުން މިދިޔަ ފެބްރުއަރީ މަހު އެ ހުކުމްކޮށްފައި ވަނީ، ޕިންހޯލް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ހާޒިރުގަ އެވެ.