02 Mar 2017, 13:18
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރާ ކޮމިޓީން މައްޗަންގޮޅު އުތުރު އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އިސްތިއުފާ ދެއްވައިފި އެވެ.
ގަވާއިދު އިސްލާހު ކުރާ ކޮމިޓީން އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް މާރިޔާ ވިދާޅުވީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކަށް ތިން އަހަރުވެގެން ދާއިރު ވެސް ކުރިއަށް ނުގެންގޮސް ނުނިމި ހުރުން ކަމަށެވެ.
ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދުނުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުއަށް އެކި ގޮތްތޮތަށް ދެންނެވި ކަމަށާއި ނަމަވެސް އެކަމަށް އިޖާބާދީފައި ނުވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.
"މި މުއައްސަސާގެ އަގުވައްޓާލާ ހަރާބުކޮށްލަން ހިންގާ ހުތުރު އަމަލުތަކުގައި އަޅުގަނޑު ބައިވެރިވުމަށް ބޭނުން ނުވާތީ، މަޖިލީހުގެ ގަވާއިދު އިސްލާޙުކުރާ ކޮމިޓީގެ ނަމުގައި ހަދާފައިވާ ކޮމީޓީން އަޅުގަނޑު އިސްތިއުފާ ދީފިން،" މަޖިލީހުގެ ރައީސްއަށް މާރިޔާ ފޮނުވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
މާރިޔާ އިތުރަށް ވިދާޅުވެފައި ވަނީ މިހާރު މަޖިލިސް ހިންގަމުން ދަނީ "މަޖިލީހުގެ ރައީސް ބޭނުންވާ ގޮތަކަށް" ކަމަށެވެ.