12 May 2010, 13:56
19:00
އައްޑޫ އަތޮޅުން ފުވައްމުލަކަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައިވާ ފިލްމް ހުސްކުރި ދަޅަކާއެކު މީހަކު ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިއްޔެ ހަވީރު ގާތްގަނޑަކަށް ތިނެއް ޖަހާކަންހާއިރު ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވާ ފުވައްމުލަކު، އަލިވާގޭ އުމުރުން 25 އަހަރުގެ މުބީން އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތެކެތި ފެނިފައި ވަނީ އޭނާގެ ހަށިގަނޑުގެ ތެރެއިން ކަމަށެވެ.
މީގެ އިތުރުން އޭނާގެ ދަބަސް ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭ ބައެއް އާލާތް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.