މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނިމާލް އައްޔަނު ކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނިމާލް އެމްއާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރުކަމަށް އައްޔަނުކޮށްފައިވާ ކަމަށެވެ.

ނިމާލް އެ މަގާމަށް އައްޔަނުކުރީ، އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް އަބްދުލްރައްޒާގު ހަލީމް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ކުރުމުންނެވެ.

އެމްޕީއެލްގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނައިދު އެމަގާމުން ރޭ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ނިމާލް އެމްއާރުޑީސީއަށް އައްޔަނުކުރި އިރު، އޭނާ މިހާތަނަށް ހުންނެވީ ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގަ އެވެ.

ނިމާލްއަކީ ފެނަކަ ކޯޕަރޭޝަން އުފެދުނީއްސުރެ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުކަން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ އެ ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.