01 Mar 2017, 13:27
މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް، ރާއްޖޭގެ މުދަލާއި ތަކެތި އަދި ޚިދުމަތުގެ އަގު 2.9 އިންސައްތައިން މައްޗަށް ގޮސްފިއެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިން އާންމު ކުރި ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން، ނުވަތަ ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގު ވަނީ 2.32 އިންސައްތަ މައްޗަށް ގޮސްފައެވެ.
އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅައިބަލާއިރު އެ އަދަދު ވަނީ 0.20 އިންސައްތަ މައްޗަށް ގޮސްފައެވެ. އެގޮތުން، ޑިސެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓު 0.28 އިންސައްތައިގައި ހުރި އިރު، ޖެނުއަރީ މަހު އެ އަދަދު ވަނީ 0.48 އަށް މަތިވެފައެވެ.
ޖެނުއަރީ މަހު އަގު މައްޗަށް ގޮސްފައިވާ ބައިތައް:
ސާނަވީ ތައުލީމް (6.25 ޕަސެންޓު)
- ކަރަންޓު (2.81 ޕަސެންޓު)
- މަސް (1.27 ޕަސެންޓު)
- ތަރުކާރީ (5.63 ޕަސެންޓު)
- މޭވާ (3.77 ޕަސެންޓު)
- ތެލުގެ ބާވަތްތައް (5.64 ޕަސެންޓު)
- ދަނޑުވެރިކަން (1.37 ޕަސެންޓު)
- ޕާނުގެ ބާވަތްތައް (0.21 ޕަސެންޓު)
- މުނިފޫހިފިލުވުމާއި ކުޅިވަރު (5.94 ޕަސެންޓު)
- ގޭގެ ކުލި (0.06 ޕަސެންޓު)
- އެހެނިހެން ތަކެތި (0.12 ޕަސެންޓު)
އެންބީއެސްގެ މިދިޔަ މަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި ބޭހާއި ކިރާއި ޗީޒް އަދި ބިހުގެ އަގު ވަނީ ދަށްވެފައެވެ. އެގޮތުން ކާބޯތަކެތީގެ ބައިން 1.37 ޕަސެންޓް، ބޭހުގެ ބާވަތްތަކުން 1.01 ޕަސެންޓް އަދި ކިރާއި ޗީޒް އަދި ބިހުން 0.10 ޕަސެންޓް ދަށްވެފައިވެ އެވެ.